28 އެޕްރީލް 2021
އެމްއީއެސް ކުރިން ހިންގި އިމާރާތް މަންދު ކޮލެޖަށް ދޫކުރި އެއްބަސްވުން ބާތިލްކޮށް ސަރުކާރުން އެ ތަން އަތުލި މައްސަލާގައި ގެއްލުމުގެ ބަދަލަށް ދޭންޖެހޭނީ 1.5 މިލިއަން ރުފިޔާ ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން ހެދި އެސެސްމަންޓަކުން ދެއްކިޔަސް އެއީ ބާތިލް ރިޕޯޓެއް ކަމަށް އެ ކޮލެޖު ހިންގަމުން އަންނަ މާލޭ ހައި އިން މިއަދު ބުނެފި އެވެ.
އެމްއީއެސް ކުރިން ހިންގި އިމާރާތް މަންދު ކޮލެޖަށް ދޫކުރި އެއްބަސްވުން ބާތިލްކޮށް ސަރުކާރުން އެ ތަން އަތުލި މައްސަލާގައި ގެއްލުމުގެ ބަދަލަށް ދޭންޖެހޭނީ 1.5 މިލިއަން ރުފިޔާ ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން ހެދި އެސެސްމަންޓަކުން ދެއްކިޔަސް އެއީ ބާތިލް ރިޕޯޓެއް ކަމަށް އެ ކޮލެޖު ހިންގަމުން އަންނަ މާލޭ ހައި އިން މިއަދު ބުނެފި އެވެ.
މަންދު ކޮލެޖު ހިންގަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެމްޑީޕީ ސަރުކާރުން ދޫކޮށްފައި ހުރި އިމާރާތުގައި، އެއްބަސްވުމާ އެއްގޮތަށް އިންޓަނޭޝަނަލް ސްކޫލެއް ހިންގާފައި ނުވާ ކަމަށް ބުނެ، ޕީޕީއެމްގެ ވެރިކަމުގައި 2015 ވަނަ އަހަރު ވަނީ އެ ތަން އަތުލައިފަ އެވެ.
ހައި ކޯޓާއި ސުޕްރީމް ކޯޓުން ވަނީ އެ އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަމަށް ހުކުމްކޮށްފަ އެވެ. އޭގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 18 މިލިއަން ރުފިޔާ ހޯދަން މާލޭ ހައި އިން ދައުވާ ކުރުމުން ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ދައުލަތުން ވަނީ 15 މިލިއަން ރުފިޔާ ދޭން އެއްބަސްވެފަ އެވެ. ތިން މިލިއަން ރުފިޔާގެ ގެއްލުމަކާ އެކު ވިޔަސް އެ ގޮތް ގަބޫލުކުރަން ނިންމީ ޝަރީއަތުގެ މަރުހަލާ އިތުރަށް ދިގު ނުކުރުމަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.
މާލޭ ހައިގެ މެނޭޖިން ޑިރެކްޓަރު އަދި އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާއީލް ސޮއިކުރައްވާފައިވާ އެ ކުންފުނީގެ ބަޔާނުގައި ވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި މާލޭ ހައި އަށް ދޭން ޖެހޭނީ ދޮޅު މިލިއަން ރުފިޔާ ކަމަށް ކަނޑައަޅާފައިވާ ރިޕޯޓެއް އޮތް ކަމަށް މީޑިއާ އިން ހަބަރު ލިބޭ ކަމަށެވެ. އެއީ އެޑިއުކޭޝަން މިނިސްޓްރީން އޮގަސްޓް 23، 2020 ގައި ފޮނުވި ސިޓީއަކާ ގުޅިގެން، ގެއްލުމުގެ ބަދަލުގެ މިންވަރު ކަނޑައެޅުމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން ހެދި އެސެސްމަންޓެއްގެ ރިޕޯޓެވެ. އެކަމަކު އެފަދަ ރިޕޯޓެއް އޮޑިޓަ ޖެނެރަލްގެ އޮފީހުން ނެރުނު ކަމެއް، ނުވަތަ އެކުލަވާލި ކަމެއް ވެސް ރަސްމީ ސިފައެއްގައި އެ ކުންފުންޏަށް އެނގިފައި ނުވާ ކަމަށް މާލޭ ހައި އިން ބުންޏެވެ.
ކުންފުނީގެ މުދަލާއި ވިޔާފާރި އަށް ލިބިފައިވާ ގެއްލުން އޮޑިޓަ ޖެނެރަލަށް އަދުލުވެރިކަމާ އެކު ވަޒަންކުރެއްވޭނީ އެ ކުންފުނީގެ ބަހެއް ވެސް ހޯދައިގެން ކަމަށް ދެކޭ ކަމަށް ބަޔާނުގައިވެ އެވެ. ކުންފުނީގެ އެއްވެސް ލިޔެކިޔުމެއް، ރެކޯޑެއް ނުވަތަ މަޝްވަރާއެއް ވެސް ބެއްލެވުމެއް ނެތި އޮޑިޓާ ޖެނެރަލް އެކުލަވާލެއްވި އެ ރިޕޯޓަކީ އޭގައި އެއްވެސް ސައްހަ ކަމެއް، ބުރަދަނެއް ނެތް އަދި ބައިނަލްއަގްވާމީ އޮޑިޓްކުރުމުގެ މިންގަނޑުތަކާ ހިލާފު ބާތިލް ރިޕޯޓެއް ކަަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
އެފަދަ ގޮތަކަށް "ސިއްރިޔާތުގައި" އޮޑިޓާ ޖެނަރަލް ރިޕޯޓެއް ނެރުއްވުމަކީ ޒިންމާދާރުކަން ކުޑަ އަދި އޮޑިޓާ ޖެނެރަލްގެ މަގާމާ އެކަށީގެންނުވާ އަމަލެއް ކަމަށް ވެސް ކުންފުނީގެ ބަޔާނުގައި ބުނެ އެވެ.
އޮޑިޓް އޮފީހުގެ ރިޕޯޓުގައި އޮތީ އެމްއީއެސް ހިންގި ބިމާއި އިމާރާތުގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގުމަށް ހެދި އެއްބަސްވުން އުވާލުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހަޅާފައިވާ ކަންކަމަށް އެންމެ ގިނަވެގެން ދޭންޖެހޭނީ 1.2 މިލިއަނާއި 1.5 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ކަމަށެވެ.
މާލޭ ހައި އިން ބުނީ އޮޑިޓަ ޖެނެރަލްގެ ރިޕޯޓާ އެކު، ކަމުގެ ހަގީގަތް ބެލުމެއް ނެތި ކުންފުނީގެ މުވައްޒަފުން ބަދުނާމުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވާހަކަ ދައްކަމުންދާތީ ކަންބޮޑުވާ ކަމަށެވެ.
"މިކަމުގެ ހަގީގަތް ބެއްލެވުމެއް ނެތި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސޯޝަލް މީޑިއާގައި މި ކުންފުންޏާއި މި ކުންފުނީގެ މުވައްޒަފުން ބަދުނާމްވާނޭ ގޮތަށް ދައްކަވާ ދޮގު ވާހަކަތަކަކީ ރައްޔިތުންގެ ހައްގުތައް ރައްކައުތެރި ކުރެއްވުމަށް އެ ބޭފުޅުން ކުރައްވައިގެން ތިއްބެވި ހުވަޔާ ހިލާފް، އިސްލާމް ދީނާ ހިލާފު އަމަލުތަކެކެވެ،" ބަޔާނުގައިވެ އެވެ.
އެ ކުންފުނިން ވަނީ ވަރަށް އަވަހަށް އެކަމުގެ ހުރިހާ ތަފްސީލެއް އާންމުކުރާނެ ކަމަށް ވެސް ބުނެފަ އެވެ. އަދި އެ މައްސަލައިގައި ނާޖާއިޒު ކަމެއް ކޮށްފައި ނުވާނެ ކަމަށް ވެސް ކުންފުނިން ބުނެ އެވެ.
މަންދަށް 15 މިލިއަން ދިނުމަކީ އެޑިއުކޭޝަން ސްޓޭންޑު
މަންދަށް ދޭން ޖެހޭނީ 1.5 މިލިއަން: އޮޑިޓް އޮފީސް
އޮންލައިން ޓީޗިން ކޯސް ހިންގޭ އަމުރު އިސްތިއުނާފަށް
މަންދުކޮލެޖަށް ބަދަލުގެ ފައިސާ އަދި ނުލިބޭ: އިބްރާ
އޮޑިޓާ ޖެނެރަލްގެ ލަފާ ގާނޫނީ މަފްހޫމާ ޚިލާފު: އޭޖީ
މަންދަށް 15 މިލިއަން ދޭން އެދުނީ އެޑިއުކޭޝަނުން
15 މިލިއަން ދޭން ލަފާ ދިނީ އޭޖީ: އެޑިއުކޭޝަން
މަންދު ކޮލެޖަށް ބަދަލު ދޭތީ އެމްޑީޕީގެ ފާޑުކިޔުން
މަންދު ކޮލެޖާއެކު ހެދި އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް
ބަދަލު ނުލިބޭ ކަމަށް ވިދާޅުވެ އިބްރާގެ ނުރުހުން!