19 އެޕްރީލް 2021
މަރުކަޒީ ބޭންކް އެމްއެމްއޭ އިން ފައިސާ ޗާޕުކުރުމަށް ނުވަތަ ޕަބްލިކް އެކައުންޓް އޯވަޑްރޯ ކުރުމަކީ ވަކި ހާއްސަ ހާލަތެއްގައި ވަކި ޝަރުތުތަކަކާ އެކުގައި ނޫނީ ނުކުރެވޭ ގޮތަށް ގާނޫނުގައި އޮތް މާއްދާތައް ސަސްޕެންޑް ކޮށްފައި އޮތް އޮތުން ދިގުދަންމައިލަން ސަރުކާރުން އަނެއްކާ ވެސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
މަރުކަޒީ ބޭންކް އެމްއެމްއޭ އިން ފައިސާ ޗާޕުކުރުމަށް ނުވަތަ ޕަބްލިކް އެކައުންޓް އޯވަޑްރޯ ކުރުމަކީ ވަކި ހާއްސަ ހާލަތެއްގައި ވަކި ޝަރުތުތަކަކާ އެކުގައި ނޫނީ ނުކުރެވޭ ގޮތަށް ގާނޫނުގައި އޮތް މާއްދާތައް ސަސްޕެންޑް ކޮށްފައި އޮތް އޮތުން ދިގުދަންމައިލަން ސަރުކާރުން އަނެއްކާ ވެސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ހައްދެއް ނެތި ދަރަރި ނެގުމާއި ހައްދެއް ނެތި، އެމްއެމްއޭއިން އޯވަޑްރޯ ކުުރުން މަނާކޮށްފައި އޮތީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ) އަދި (ބ) އިންނެވެ. ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވުމުން ސަރުކާރުން މިދިޔަ އަހަރު ހުށަހެޅީ އެ މާއްދާތައް ސަސްޕެންޑްކޮށް، ހަތަރު ބިލިއަން ރުފިޔާ ޗާޕްކުރަން ހުއްދަ ހޯދުމަށެވެ. އެ ހުއްދަ މަޖިލީހުން އޭރު ދިނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ.
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ އެ މާއްދާތަކަށް އަމަލުނުކުުރުމުގެ ހުއްދަ އެއް އަހަރުދު ދުވަހަށް ދީފައި އޮތުމުން މިދިޔަ އަަހަހަރު ދައުލަތުގެ ހިންގުމަަށް ބުރޫ ނާރުވައި ކުރިއަށް ގެންދެވުނު ކަމަށެވެ. ބަލިމަޑުކަމުގައި ފަރުދުންނާއި ވިޔަފާރިތަކަށް ކުރިމަތިވި ގެއްލުންތަކުގައި އެހީ ވެވުނީ ވެސް އެ ހުއްދައިގެ ސަބަބުން ކަަމަށް އަމީރު ވިދާޅުވި އެވެ. ކޮވިޑް-19 އާ ހެދި ސިއްހީ ކަންކަމަށާއި ރައްކާތެރިކަމަށް ކުރަން ޖެހުނު ހަރަދުތައް ވެސް ކުރެވުނީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.
މަޖިލީހުން އޭރު ދިން އިސްތިސްނާގެ މުއްދަތު ހަމަވާ އިރު އަދި ވެސް އިގުތިސާދީ ވަޅުގަނޑުން އަރައިގަނެވިފައި ނުވާ ކަމަށާއި ރާއްޖޭގެ އިގުތިސާދީ އަދި މާލީ ހާލަތަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ.
"...މިގޮތުން 2020 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓާގައި ވެސް ރާއްޖޭގެ ރާއްޖޭގެ އިގުތިސާދީ ކުރިއެރުން ވަނީ އޭގެ ކުރީ އަަހަރުތަކުގެ އެ ކުއާޓާތަކާ އަޅައި ބަލާއިރު ދަށްވެފަ އެވެ. އަދި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވެސް އަަންދާޒާ ކުރެވެނީ ދަށްވާނެ ކަަމަށެވެ،" މިނިސްޓަރު އަމީރުގެ ސިޓީގައި ވެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރުގެ ސިޓީ އިއްވައި ނިމުމުން ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުން މިދިޔަ އަހަރު ސަރުކާރަށް ހަތަރު ބިލިއަން ރުފިޔާގެ އޯވަޑްރާފްޓެއް ދީފައި ކަމަށާއި އޯވަ ޑްރާފްޓަށް މުއްދަތު އިތުރުކުރުމާ މެދު ގޮތެއް ނިންމެވުމުގައި ރަނގަޅަށް ދިރާސާ ކުރައްވަން އެދިވަޑައިގަންނަވާ ކަމަށެވެ. ފުރަތަަމަ އެ ހުއްދަ ދިން އިރު ބަހުސް ކުރިއަށް ގެންދިޔައީ ބަޖެޓް ބަހުސެއްގެ ގޮތުގައި ކަަމަށާއި މި ފަހަރު ވެސް އެގޮތަށް ކުރިއަށް ގެންދަން އެދިިވަޑައިގަންނަވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ކޮވިޑް ނައި ނަމަ 20 ބިލިއަންގެ ދަރަނި ނުނަގާނެ"
ޓެކްސް ބޮޑުކުރުން: ޓެކްސް ފައިސާ އިން މިކުރަނީ ކީއް؟
މިދިޔަ ތިން އަހަރު ސަބްސިޑީއަށް 4.1 ބިލިއަން ރުފިޔާ
ދަރަނި އަދާކުރަން އެއްވެސް ދަތިކަމެއް ނެތް: އަމީރު
ފައިސާ ޗާޕްކުރުމުގެ މުއްދަތު އިތުރު ކޮށްދޭން އެދިއްޖެ
3.8 ބިލިއަން ރުފިޔާ އިތުރަށް ޗާޕްކުރި
އާޒިމް ވިދާޅުވަނީ މައްސަލައަކީ ބައެއް ވަޒީރުން ކަމަށް
ލޯނާއި އެހީގެ ގޮތުގައި 520 މިލިއަން ޑޮލަރު ލިބޭނެ
ކުޑަކުރި މުސާރަތައް އިޔާދަކުރަން ނިންމައިފި
ތިން ފިނޭންސް މިނިސްޓަރުގެ ނުރުހުން ވެސް މަޖިލީހަށް