16 އެޕްރީލް 2021
ރާއްޖޭގައި އިންޓަނެޓް އަގަށް އެކަށީގެންވާ ހައްލެއް ގެނެވިފައި ނުވާ ކަމަށް ޓެކްނޮލޮޖީ މިނިސްޓްރީ އާ މިހާރު ހަވާލުވެވަޑައިގެން ހުންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި އިންޓަނެޓް އަގަށް އެކަށީގެންވާ ހައްލެއް ގެނެވިފައި ނުވާ ކަމަށް ޓެކްނޮލޮޖީ މިނިސްޓްރީ އާ މިހާރު ހަވާލުވެވަޑައިގެން ހުންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.
ފައްޔާޒް މިހެން ވިދާޅުވީ އިންޓަނެޓް އަގު ހެޔޮ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދު ސަރުކާރުން ފުއްދާފައިވާ ކަމަށް ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހް ވިދާޅުވެފައި ވަނިކޮށެވެ.
އަލީ ސޯލިހު ރޭ ވިދާޅުވެފައިވާ ގޮތުގައި އިންޓަނެޓް އަގު ވަނީ ރައްޔިތުން އަތް ފޯރާ ފަށަށް ތިރި ކުރެވިފަ އެވެ. އަދި މިހާރު އެއް ޖީބީ ޑޭޓާ ފަސް ރުފިޔާ އަށް ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމާ ގުޅިގެން އޭނާ އަށާއި ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، ފައްޔާޒް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަރުކާރުގެ ބައިވެރިވުމަކާ ނުލައި އިންޓަނެޓްގެ އަގުތަކަށް ކޮންމެވެސް ވަރަކަށް ދަށްވެފައިވީ ނަމަވެސް އެދެވޭ ބަދަލެއް އައިސްފައި ނުވާ ކަމަށެވެ.
އިންޓަނެޓްގެ އަގު ހެޔޮ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ކުރިއަށް އޮތްތަނުގައި ބަދަލުތައް ފެންނާނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
އިންޓަނެޓް އަގު ހެޔޮ ކުރުމަށް ރައީސް ވެ ވަޑައިގެންފައިވާ ވައުދުތައް ނުފުއްދާތީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެ އެވެ.
އެކަމާ ގުޅިގެން ސަރުކާރުން އެންމެ ފަހުން ދިން ޖަވާބަކީ ތުރޮޓަލް ނުވަތަ ކަނޑައަޅާފައިވާ ޑޭޓާ ހަމަވުމުން އިންޓަނެޓްގެ ސްޕީޑް ދަށްނުކޮށް، ރަނގަޅު ސްޕީޑެއްގައި އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތް އަދިވެސް ކުރިއަށް ގެންދާ ކަމަށާއި އެ މައްސަލަ މި އަހަރު ނިމުމުގެ ކުރިން ހައްލު ކުރާނެ ކަމަށެވެ.
އިންޓަނެޓްގެ އަގު ހެޔޮކުރުމުގެ ނިޔަތެއް ނެތް: މަލީހް
ރައްކާތެެރި އިންޓަނެޓް ޕްރޮމޯޓްކުރަން ދަރިވަރުންތަކެއް
އިތުރު ސަބްމެރިން ކޭބަލް ގެންނަން މަސައްކަތްކުރަނީ
ޑިޖިޓަލް އިކޮނޮމީއެއްގެ މުހިއްމުކަން އިހްސާސްވޭ: މަލީހް
އޮންލައިންކޮށް ހިދުމަތް ދޭން ގޮންޖެހުން ހުރި: މަލީހު
ކެބިނެޓަށް ފުރިހަމަ އިތުބާރު އެބައޮތް: ޖޭޕީ
އިންޓަނެޓު ލިބޭ ވަސީލަތް ދޭއިރު ސަމާލުވާން އެދިއްޖެ
އިންޓަނެޓް އަސާސީ ޚިދުމަތަކަށް ހަދަންޖެހޭ: މަލީހް
މަލީހު ބައިވެރިވި ކޮމެޓީގައި ވެސް އިންޓަނެޓްގެ ހުރަސް!
ބިލް ނުދެއްކުނަސް ހިދުމަތް ދިނުމަކީ އެދުމެއް: ފައްޔާޒް