Roadha Mihaaru
ހޮންކޮންގުގެ އެކްޓިވިސްޓް، ބިލިއަނަރު 14މަހަށް ޖަލަށް

ހޮންކޮންގުގެ އެކްޓިވިސްޓް، ބިލިއަނަރު 14 މަހަށް ޖަލަށް

16 އެޕްރީލް 2021

ހޮން ކޮން (އެޕްރީލް 16) - ހޮން ކޮންގުގެ ޑިމޮކްރެސީ އެކްޓިވިސްޓް އަދި މީޑިއާ ވިޔަފާރީގެ ބިލިއަނަރު ޖިމީ ލައި 14 މަހަށް ޖަލަށްލައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ހޮން ކޮން (އެޕްރީލް 16) - ހޮން ކޮންގުގެ ޑިމޮކްރެސީ އެކްޓިވިސްޓް އަދި މީޑިއާ ވިޔަފާރީގެ ބިލިއަނަރު ޖިމީ ލައި 14 މަހަށް ޖަލަށްލައިފި އެވެ.

އޭނާގެ މައްޗަށް ސާބިތުކޮށްފައި ވަނީ 2019 ވަނަ އަހަރު ހޮން ކޮންގުގައި ބޭއްވި ޑިމޮކްރެސީ އެއްވުންތައް ބޭއްވިކަމުގެ ކުށެވެ. އުމުރުން 73 އަހަރުގެ އެޕަލް ޑެއިލީގެ ފައުންޑަރަކީ ޗައިނާ އަށް ފާޅުގައި ފާޑުވިދާޅުވާ ބޭފުޅެކެވެ. އޮގަސްޓް 18 އަދި އޮގަސްޓް 31، 2019 ގައި ބޭއްވި އެއްވުންތަކުގައި ބައިވެރިވި އެހެން އެކްޓިވިސްޓުންތަކެއްގެ މައްޗަށް ވެސް މިއަދު ވަނީ ޖަލަށް ހުކުމްކޮށްފަ އެވެ. އޭގެ ތެރޭގައި އެކްޓިވިސްޓް މާޓިން ލީ، 82، އަދި ގާނޫނީ ވަކީލް މާގަރެޓް 73، ހިމެނެ އެވެ.

އޮގަސްޓް 18 ގެ މުޒާހަރާއާ ގުޅިގެން 12 މަހަށް އަދި އޮގަސްޓް 31 ގެ މުޒާހަރާއާ ގުޅިގެން އަށް މަހަށް ލައި އަށް ވަނީ ހުކުމްކޮށްފަ އެވެ. އެކަމަކު ފަނޑިޔާރު ނިންމާފައި ވަނީ، އެ ހުކުމް ދެ މަސް ފިޔަވައި، އެކުއެކީގައި ތަންފީޒްވާ ގޮތަށެވެ.

ޖިމީ ލައި އަކީ ކާކު؟

ވިޔަފާރިވެރިއެއް ކަމަށްވާ ލައިގެ މިލްކިއްޔާތުގައި އެއް ބިލިއަން ޑޮލަރު ހުރި ކަމަށްވެ އެވެ. އަންނައުނުގެ ވިޔަފާރިން މުއްސަނދިކަން ހޯދުމަށް ފަހު، ފަހުން ވަނީ މީޑިއާގެ ވިޔަފާރީގައި ހަރަކާތްތެރިވާން ފަށައިފަ އެވެ. ނެކްސްޓް ޑިޖިޓަލް އުފެއްދުމަށް ފަހު އެޕަލް ޑެއިލީ ނެރެން ފެށި އެވެ. އޭނާގެ އެޕަލް ޑެއިލީ ނޫހުން ވަނީ ހޮން ކޮންގާއި ޗައިނާގެ ލީޑަޝިޕަށް ވަރަށް ގިނަ ފަހަރު ފާޑުކިޔައިފަ އެވެ. ހޮން ކޮންގަށް ޗައިނާގެ ބާރު ފޯރުވުމާ ދެކޮޅަށް ލައި ގެންދިޔައީ އަބަދުވެސް އަޑު އުފުލަމުންނެވެ. ހޮން ކޮންގުގެ ގިނަ މީހުންގެ ނަޒަރުގައި ލައި އަކީ ބަތަލެކެވެ.

ޗައިނާގެ ރަސްމީ މީޑިއާ އިން ލައި ސިފަކޮށްފައި ވަނީ ހޮން ކޮންގުގެ މުޒާހަރާތަކުގެ "މާސްޓަމައިންޑް"ގެ ގޮތުގަ އެވެ.