29 ޑިސެމްބަރ 2021
ހޮން ކޮންގް (ޑިސެމްބަރު 29) - ހޮން ކޮންގުގެ އެންމެ ފަހު މިނިވަން ނޫސް ކަމަށްވާ ސްޓޭންޑް ނިއުސްގެ އޮފީހަށް ފުލުހުން ވަދެ ނޫސްވެރިން ހައްޔަރު ކުރަން ފެށުމާ އެކު އެ ނޫސް ނެރުން ހުއްޓާލަން ނިންމައިފި އެވެ.
ހޮން ކޮންގް (ޑިސެމްބަރު 29) - ހޮން ކޮންގުގެ އެންމެ ފަހު މިނިވަން ނޫސް ކަމަށްވާ ސްޓޭންޑް ނިއުސްގެ އޮފީހަށް ފުލުހުން ވަދެ ނޫސްވެރިން ހައްޔަރު ކުރަން ފެށުމާ އެކު އެ ނޫސް ނެރުން ހުއްޓާލަން ނިންމައިފި އެވެ.
ސަރުކާރާ ދެކޮޅަށް އާއްމުން ތެދުވުމަށް ހިތްވަރުދޭ ލިޔުންތައް ލިޔާ ކަމަށް ބުނެ ފުލުހުން ވަނީ ސްޓޭންޑް ނިއުސްގެ އެހާރާއި މިހާރުގެ ހަތް ނޫސްވެރިން ހައްޔަރުކޮށްފަ އެވެ.
"މި ހާލަތުގެ ގޮތުން ސްޓޭންޑް ނިއުސްގެ އޮޕަރޭޝަންތައް ވަގުތުން ހުއްޓާލަން ވަނީ ނިންމާފައި،" ނިއުސް އޮގަނައިޒޭޝަނުން ފޭސްބުކުގައި އާއްމުކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.
ނޫހުގެ އޮފީހަށް ވަނީ 200 އަށް ވުރެ ގިނަ ފުލުހުން ފޮނުވައިފަ އެވެ.
ފުލުހުން ބުނީ އެ ނޫހުގެ އިދާރާގައި ހުރި ނޫސްވެރިކަމާ ގުޅޭ މެޓީރިއަލްތައް ބަލާ ފާސްކުރުމަށް އަންގާފައިވާ ކަމަށެވެ.
ސްޓޭންޑް ނިއުސްގެ ޗީފް އެޑިޓަރު ޕެޓްރިކް ލަމް (ކ) ބިޑިއަޅުވާފައި. --ފޮޓޯ:އޭއެފްޕީ
ފޭސްބުކުގައި ސްޓޭންޑް ނިއުސް އިން ބުނެފައި ވަނީ އެ ނޫހުގެ ވެބްސައިޓް އަޕްޑޭޓް ނުކުރާނެ ކަމަށާއި އެއް ދުވަސްތެރޭ ސޯޝަލް މީޑިއާ ކޮންޓެންޓް ވެސް ނަގާނެ ކަމަށެވެ.
ނޫހުގެ އޮފީހުގައި ހުރި ކޮމްޕިއުޓަރުތަކާއި ލިޔުންތައް ފުލުހުން ވަނީ ނަގައިފަ އެވެ. އަދި ފުލުހުންގެ ތަހުގީގަށް އެހީވުމަށް ބައެއް ސްޓާފުން ވަނީ ގެންގޮސްފަ އެވެ.
ހޮން ކޮންގުގެ ފުލުހުންގެ ޗީފް ސެކްރެޓަރީ ޖޯން ލީ ވިދާޅުވީ ގައުމީ ސަލާމަތަށް ނުރައްކާވާ ކަންކަމުގައި ފުލުހުން ގެންގުޅޭނީ "ޒީރޯ ޓޮލެރެންސް" ކަމަށެވެ.
ހޮން ކޮންގުގެ ނޫހުގެ އޮފީހަށް ފުލުހުން ވަދެ ނޫސްވެރިން ހައްޔަރުކުރި މައްސަލަ ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް އިން ވަނީ ކުށްވެރިކޮށްފަ އެވެ. އަދި އެއީ މިނިވަން ނޫސްވެރިކަމަށް ދިން ހަމަލާއެއް ކަމަށް ވަނީ ބުނެފަ އެވެ.
މީޑިއާ މިނިވަންކަން ނެތި ޑިމޮކްރަސީއެއް ނޯންނާނެ: އިބޫ
ވިސްނާ! ނޫސްވެރިން ބަސްއަހާނެ ކަމެއް ނެތް!
"މީޑިއާ ކޮންޓްރޯލްކުރާ ބިލް މަޖިލީހުން ބޭރުކުރާނެ"
މީޑިއާ ކޮމިޝަންގެ ބިލް އަނބުރާ ގެންދަން ގޮވާލައިފި
އެމްއެމްސީ އާއި ބްރޯޑްކޮމް އެއްކޮށްލާ ބިލް މަޖިލީހަށް
ފޮރުވިގެން ހިންގާ ވެބްސައިޓުތަކަށް ހަލީލްގެ ފާޑުކިޔުން!
"މީޑިއާތަކަށް އިނާޔަތެއް ދިނުން ހަގީގަތަކަށް ހަދާނަން"
ދެ މީޑިއާއަކަށް އިންޒާރު ދިނުން ކުށްވެރިކޮށްފި
ނޫސްވެރިންނާ ގުޅޭ ވާހަކައަށް އަމްރު މާފަށް އެދިއްޖެ
އިމެއް ނެތި ލިޔެވުނަސް ހުރަސްތައް ނައްތައެއް ނުލެވޭ