Roadha Mihaaru
ހޮން ކޮންގެ ގާނޫނަށް ގެންނަ ބަދަލު ޗައިނާ ދިފާއުކޮށްފި

ހޮން ކޮންގުގެ އިންތިޚާބީ ގާނޫނަށް ގެންނަ ބަދަލު ޗައިނާ އިން ދިފާއުކޮށްފި

07 މާޗް 2021

ބެއިޖިން (މާޗް 7) - ހޮން ކޮންގުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބަށް ގެންނަ ބަދަލުގެ ދިފާއުގައި ޗައިނާ އިން ވާހަކަ ދައްކައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބެއިޖިން (މާޗް 7) - ހޮން ކޮންގުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބަށް ގެންނަ ބަދަލުގެ ދިފާއުގައި ޗައިނާ އިން ވާހަކަ ދައްކައިފި އެވެ.

ހޮން ކޮންގުގެ ގާނޫނު ހަދާ މަޖިލީހަށް ކުރިމަތިލާ ކެންޑިޑޭޓުން ޗައިނާގެ ބާރު އޮންނަ ކޮމިޓީއަކުން ފާސްކުރާ ގޮތަށް ގެނައި ބަދަލަށް އެތައް ބައެއްގެ ފާޑު ކިޔުން އަމާޒުވެފައި ވަނިކޮށް އެ ބަދަލުގެ ދިފާއުގައި ޗައިނާގެ ފޮރިން މިނިސްޓަރު ވަން ޔި ވިދާޅުވީ އެއީ ހޮން ކޮންގުގެ ހަމަޖެހުން ގާއިމްކުރުމަށްޓަކައި މުހިންމު ބަދަލެއް ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރު ހުށަހަޅާފައިވާ ބަދަލުގެ ސަބަބުން ހޮން ކޮންގުގެ އިންތިޚާބުތައް ގަޑުބޮޑުވުމުން ސަލާމަތްވެ ހިންގުމުގެ ރަނގަޅު ނިޒާމަކަށް ބަދަލުވާނެ ކަމަށެވެ.

ހުކުރު ދުވަހު ފެށި ޗައިނާގެ ނޭޝަނަލް ކޮންގްރެސް (އެންޕީސީ) އަށް ހުށަހެޅި އިސްލާހުގައިވާ ގޮތުން ކޮން ކޮންގުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާ އެންޑިޑޭޓުން ޚާއްސަ ކޮމިޓީއަކުން ފާސްކުރަން ޖެހެ އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާން ނެޑް ޕްރައިސް ވިދާޅުވީ އެއީ ހޮން ކޮންގުގެ ޑިމޮކްރެސީ އަށް ޗައިނާ އިން ދިން ހަމަލާއެއް ކަމަށެވެ.