Roadha Mihaaru
ޖިންސީ ތުހުމަތުކުރެވޭ ސާޖިދު ފިލްމީ މަސައްކަތަށް

ޖިންސީ ގޯނާގެ ގިނަ ތުހުމަތުތަކެއްކުރެވޭ ސާޖިދު ޚާން އަލުން ފިލްމީ މަސައްކަތަށް!

13 އެޕްރީލް 2021

ޖިންސީ ގޯނާގެ ގިނަ ތުހުމަތުތަކާ ގުޅިގެން މީގެ ތިން އަހަރު ކުރިން ބޮލީވުޑްގެ ފިލްމީ މަސައްކަތްތަކުން އެކަހެރިވެފައިވާ ޑައިރެކްޓަރު ސާޖިދު ޚާން އަލުން ފިލްމީ މަސައްކަތްތަކަށް ނުކުންނަން އުޅޭކަމުގެ އިޝާރާތެއް ޕްރޮޑިއުސަރު ފީރޯޒް ނަދިއަދުވާލާ ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޖިންސީ ގޯނާގެ ގިނަ ތުހުމަތުތަކާ ގުޅިގެން މީގެ ތިން އަހަރު ކުރިން ބޮލީވުޑްގެ ފިލްމީ މަސައްކަތްތަކުން އެކަހެރިވެފައިވާ ޑައިރެކްޓަރު ސާޖިދު ޚާން އަލުން ފިލްމީ މަސައްކަތްތަކަށް ނުކުންނަން އުޅޭކަމުގެ އިޝާރާތެއް ޕްރޮޑިއުސަރު ފީރޯޒް ނަދިއަދުވާލާ ދީފި އެވެ.

ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ސާޖިދާ އެކު ފިލްމެއްގެ ހެދުމުގެ ވާހަކަތައް ދެކެވެމުން އަންނަ ކަމަށެވެ. އަދި އެ ފިލްމަކީ 2002 ގައި ވިކްރަމް ބަޓް ޑައިރެކްޓްކުރި "އާވާރާ ޕާގަލް ދީވާނާ" ގެ ސީކްއެލްތޯ އެހުމުން ފީރޯޒް ވަނީ އެ ފިލްމު ސާޖިދު ޑައިރެޓްކޮށްފާނެކަމުގެ އިޝާރާތެއް ވެސް ދީފަ އެވެ.

"އޭނަ އަކީ އަހަރެން ކޮއްކޮއެއްގެ ގޮތަށް ދެކޭ މީހެއް. އަދި ޑައިރެކްޓަރެއްގެ ގޮތުގައި ވެސް އަހަންނަށް ވަރަށް ކަމުދާ މީހެއް. ޕްރޮޖެކްޓަކާ ގުޅޭ ގޮތުން މަސައްކަތްތަކެއް އެބަކުރިއަށް ދޭ،" ފީރޯޒް ބުންޏެވެ. "ހަމަ ޔަގީނުން ވެސް އާވާރާ ޕާގަލް ދީވާނާގެ ސީކްއެލްއެއް ގެނެސްދޭނަން."

އެ ފިލްމަކީ އަކްޝޭ ކުމާރާއި ސުނިލް ޝެޓީ އާއި އަފްތާބް ޝިވްދަސާނީ އާއި ރިމީ ސެން އާއި އަމްރިތާ އަރޯރާ އަދި ޕްރިތީ ޖާންގިއާނީ ލީޑް ރޯލު ކުޅުނު ފިލްމެކެވެ.

މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ފަރާ ޚާންގެ ކޮއްކޮ ސާޖިދަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއް 2018 ގައި ކުރެވުނު ފަހުން 2019 ގައި ވެސް ދިން އިންޓަވިއުއެއްގައި ފީރޯޒް ސާޖިދުގެ ދިފާއުގައި ވާހަކަ ދައްކައި، އޭނާއާ އެކު މަސައްކަތްކުރާނެ ކަމަށް ބުނެފައިވެ އެވެ.

ސާޖިދަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވުނީ 2019 ގައި ރިލީޒްކުރި ފިލްމު "ހައުސްފުލް 4" ގެ މަސައްކަތްކުރަމުން ދަނިކޮށް 2018 ގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. އެކަމާ ހެދި އޭނާ ފިލްމުގެ ޑައިރެކްޝަނުން ވަކިކޮށް ފިލްމު ގެނެސްދިނުމުގެ ޒިންމާ ހަވާލުކުރީ ޑައިރެކްޓަރު ފަރުހާދު ސަމްޖީއާ އެވެ.

ސާޖިދު ޑައިރެކްޓްކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި "ހައުސްފުލް" ސީރީޒްގެ ފުރަތަމަ ދެ ފިލްމާއި "ހޭ ބޭބީ" އާއި "ހިންމަތުވާލާ" އަދި "ހަމްޝަކަލްސް" ހިމެނެ އެވެ.

އޭނާގެ މައްޗަށް ކުރެވުނު ޖިންސީ ގޯނާގެ ގިނަ ތުހުމަތުތަކާ ގުޅިގެން ބޮލީވުޑްގެ ބައެއް ތަރިން ސާޖިދާ އެކު ދެން މަސައްކަތްނުކުރާނެ ކަމަށް ބުނެފައިވެ އެވެ.