Roadha Mihaaru
ޒިކުރާ މިސްކިތް ބިމުގައި މިސްކިތް އެޅުން ހުއްޓުވައިފި

ޒިކުރާ މިސްކިތުގެ ބިމުން އާސާރީތަކެތި ފެނުމުން މަސައްކަތް ހުުއްޓުވައިފި

07 އެޕްރީލް 2021

ޒިކުރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް އިމާރާތް ކުރަން ކޮންނަމުން ދަނިކޮށް އާސާރީތަކެތި ފެނުމުން އެތަނުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓުވައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ޒިކުރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް އިމާރާތް ކުރަން ކޮންނަމުން ދަނިކޮށް އާސާރީތަކެތި ފެނުމުން އެތަނުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓުވައިފި އެވެ.

ނޭޝަނަލް ސެންޓާ ފޯ ކަލްޗަރަލް ހެރިޓޭޖުން މިއަދު ކުރި ޓްވީޓެއްގައި ބުނީ، އެ ބިމުން އާސާރީތަކެތި ފެނިފައިވާތީ ރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނުގައިވާ ގޮތުގެ މަތިން ވަގުތީ ގޮތުން މަސައްކަތް ހުއްޓުވައިފައިވާ ކަމަށެވެ. އެ ތަކެތި ރައްކާތެރިކުރުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެ ސެންޓަރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.

އެ ބިން އިއްޔެ ކޮންނަމުންދަނިކޮށް މިނިކަށިތަކެއް ފެނިފައިވެ އެވެ. މިނިކަށިތަކެއް ފެނުނަސް އިސްލާމިކް މިނިސްޓްރީން ވަނީ ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް މިސްކިތް އެޅުމުގެ މަސައްކަތްކުރަމުންދާނެ ކަމަށް ވެސް ބުނެފަ އެވެ.

ޒިކުރާ މިސްކިތް ހުރި ބިން ކޮންނަމުންދަނިކޮށް އާސާރީތަކެތި ފެނުން--

އެކަމަކު، އާސާރީ ބައެއް ސާމާނު ފެނިގެން މިސްކިތް އެޅުމުގެ މަސައްކަތް ވަގުތީގޮތުން ހުއްޓާލައިފައިވާއިރު، އެތަނުން ފެނުނު ސާމާނުގެ ތެރޭގައި މަހާނަ ގާ ފަދަ ތަކެތި ހިމެނެ އެވެ.

މީގެ ކުރިން ވެސް މިގޮތަށް ތަންތަން އިމާރާތްކުރުމުގެ މަސައްކަތް ކުރުމަށް ކޮންނަމުންދަނިކޮށް އާސާރީ ތަކެތި ފެނިފައި އެބަހުއްޓެވެ.