04 ޖުލައި 2023
ގައުމީ ދާރުލްއާސާރުގައި ހުންނަ ގައުމީ ދިދަ ތިރިކުރަން އުޅެނިކޮށް އެތަނުގެ ސެކިއުރިޓީ މުވައްޒަފު ވެއްޓުނީ ދިދަ ތާށިވުމުން އެ ނައްޓަން ގޮނޑިއަކަށް އަރައި ފުންމަނިކޮށް ކަމަށް މަންޒަރު ދުށް މީހަކު ބުނެފި އެވެ.
ގައުމީ ދާރުލްއާސާރުގައި ހުންނަ ގައުމީ ދިދަ ތިރިކުރަން އުޅެނިކޮށް އެތަނުގެ ސެކިއުރިޓީ މުވައްޒަފު ވެއްޓުނީ ދިދަ ތާށިވުމުން އެ ނައްޓަން ގޮނޑިއަކަށް އަރައި ފުންމަނިކޮށް ކަމަށް މަންޒަރު ދުށް މީހަކު ބުނެފި އެވެ.
މަންޒަރު ދުށް މީހާ ބުނި ގޮތުގައި އިރުއޮއްސި 6 ޖެހުމުން ދިދަ ތިރިކުރަނިކޮށް ދިދަ ތާށިވުމުން އެ މީހާ ގޮނޑިއެއް ހިފައިގެން ގޮސް ދިދަ ނަގަން މަސައްކަތްކުރި އެވެ. އެކަމަކު އަތް ނުފޯރުމުން ގޮނޑި މަތީގައި ހުރެގެން އޭނާ މަސައްކަތްކުރީ ފުންމައިގެން ދިދައިގައި ހިފަން ކަމަށް އޭނާ ބުންޏެވެ.
"އޭނާ ގޮނޑިއަށް އަރައިގެން ވެސް ދިދައަށް އަތް ނުފޯރީމާ ގޮނޑިމަތީގައި ހުރެގެން ފުންމީ. އެހެން ފުންމަނިކޮށް ކައްސާލައިގެން ވެއްޓުނީ. ހީވަނީ އޭނާގެ ކަރު ހެރުނީ ދިދައިގެ ވާގަނޑު އައްސާ ދަގަނޑަށްހެން،" އޭނާ ބުންޏެވެ.
ކަރަށް އެ ބައި ހެރުމުން އަމިއްލައަށް ތެދުވެ ނައްޓާލައިގެން ހިނގާފައި ދާން ފެށީ ކަމަށް އެތަން ފެނުނު މީހާ ބުންޏެވެ.
"އޭނާ ތެދުވެ ހިނގާފައި ދަނިކޮށް އަނބުރައިގަނެގެން ވެއްޓުނީ، އިމާރާތުގައި ތިބޭ ފުލުހެއްގެ ކުރިމައްޗަށް،" އޭނާ ބުންޏެވެ.
ވެއްޓި ޒަހަމްވީ ދާރުލްއާސާރުގެ ސެކިއުރިޓީ ބެލެހެއްޓުމަށް އައުޓްސޯސްކޮށްގެން ހަވާލުކޮށްފައިވާ ކުންފުންޏެއްގެ ބިދޭސީ މުވައްޒަފެކެވެ. އޭނާގެ ސާޖަރީއެއް ހެދުމަށް ފަހު މިހާރު ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގެ އައިސީޔޫގަ އެވެ. އޭނާގެ ހާލަތާ ބެހޭ ގޮތުން ހޮސްޕިޓަލުން އަދި މައުލޫމާތެއް ނުލިބެ އެވެ.
ފުލުހުން ބުނީ މި ހާދިސާއާ ގުޅޭ ގޮތުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
އެކްސިޑެންޓުވި މީހާގެ ފައިބިނދި، ސީރިއަސް އަނިޔާތަކެއް
ދެމައިން އެޑްމިޓުކޮށްފައި؛ ފިރިމީހާ އިތުރު ވޭނެއްގައި!
އެކްސިޑެންޓުގައި ޒަހަމްވި ޒުވާނަކު ވެންޓިލޭޓަރުގައި
އެކްސިޑެންޓުގައި އަނިޔާވި މީހާގެ ހާލު ސީރިއަސް: ޕޮލިސް
ދިދަ ތިރިކުރަން އުޅެނިކޮށް ވެއްޓުނު މީހަކު އައިސީޔޫގައި
އެކްސިޑެންޓުގައި އަނިޔާވި މީހާ ވެންޓިލޭޓަރުގައި
"އެކްސިޑެންޓް ވީ ނަޒޫއާ ފޮށޭތީ ފަހަތަށް ބަލައިލުމުން"
ރޭ އެކްސިޑެންޓުވި އަންހެން މީހާ އައިސީޔޫގައި
މާލޭގައި ބޮޑު އެކްސިޑެންޓެއް، އެކަކުގެ ހާލު ސީރިއަަސް
އިމާރާތެއްގެ ދެވަނަ ބުރިން ބިދޭސީއަކު ވެއްޓިއްޖެ