Roadha Mihaaru

އެޕަލްގެ އެންމެ ފަހުގެ އުފެއްދުންތައް އުރީދޫން ޕްރީއޯޑަރަށް ހުޅުވާލައިފި

އެޕަލް އިން އެންމެ ފަހުން ނެރުނު އައިޕެޑް ޕްރޯ އާއި މެކްބުކް އެއާ އަދި މެކްބުކް ޕްރޯ ޕްރީއޯޑަރަށް އުރީދޫން މިއަދު ހުޅުވާލައިފި އެވެ.

އެޕަލްގެ އުފައްދުންތައް އުރީދޫން ޕްރީއޯޑަރަށް
އިދުހާމް ނައީމް
އިދުހާމް ނައީމް

04 އެޕްރީލް 2021

އެޕަލް އިން އެންމެ ފަހުން ނެރުނު އައިޕެޑް ޕްރޯ އާއި މެކްބުކް އެއާ އަދި މެކްބުކް ޕްރޯ ޕްރީއޯޑަރަށް އުރީދޫން މިއަދު ހުޅުވާލައިފި އެވެ.

އެ ކުންފުނީގެ އީ ކޮމާސް ޕްލެޓްފޯމް "މޫލީ" މެދުވެރިކޮށް މި ތަކެތި ޕްރީއޯޑަރަށް ހުޅުވާލިއިރު މި ތަކެތި ގަތުމަށް އެ ޕްލެޓްފޯމް މެދުވެރިކޮށް ރައްކާތެރިކަމާއެކު ޕޭމަންޓު ހެދޭނެ ކަމަށް ވެސް އުރީދޫން ބުންޏެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް އޯޑަރު ކުރާ ތަކެތި ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް ހިލޭ ޑެލިވަރީ ކޮށްދޭނެ އެވެ.

އުރީދޫން ބުނީ މޫލީ މެދުވެރިކޮށް މިތަކެއްޗަށް ޕްރީއޯޑާ ކުރާ ކަސްޓަމަރުންނަށް މި މަހުގެ މެދު ތެރޭގައި އެ ތަކެތި ލިބޭނެ ކަމަށެވެ.

މޫލީން އެޕަލްގެ އުފެއްދުންތައް ޕްރީއޯޑާ ކުރެވޭ އަގުތައް

- އައިޕެޑް ޕްރޯ (26ޖީބީ): 22،299ރ.

- މެކްބުކް އެއާ (512ޖީބީ): 22،599ރ.

- މެކްބުކް ޕްރޯ (512ޖީބީ) 32،199ރ.

މޫލީ މެދުވެރިކޮށް ވިޔަފާރި ކުރަން ބޭނުންވާ މީހުންނަށް އުރީދޫ މޯބައިލް އެޕްލިކޭޝަން ބޭނުންކޮށްގެން ވިޔަފާރި ކުރެވޭނެ އެވެ.