Roadha Mihaaru
ތިންވަނަ ލޮކްޑައުނާ އެކު ފްރާންސްގެ ސްކޫލްތައް ބަންދު

ތިންވަނަ ލޮކްޑައުނާ އެކު ފްރާންސްގެ ސްކޫލްތައް ބަންދު

01 އެޕްރީލް 2021

ޕެރިސް (އެޕްރީލް 1) - ކޮރޯނާވައިރަހުގެ ކޭސްތައް އިތުރުވާތީ ރައްކާތެރިކަމުގެ ގޮތުން ފްރާންސްގައި ފިޔަވަޅުތައް ހަރުކަށިކޮށް ތިން ވަނަ ލޮކްޑައުންއަކާ އެކު ސްކޫލްތައް މަދުވެގެން ތިން ހަފުތާއަަށް ބަންދުކުރިކަން ރައީސް އެމެނުއެލް މެކްރޮން އިއުލާން ކުރައްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޕެރިސް (އެޕްރީލް 1) - ކޮރޯނާވައިރަހުގެ ކޭސްތައް އިތުރުވާތީ ރައްކާތެރިކަމުގެ ގޮތުން ފްރާންސްގައި ފިޔަވަޅުތައް ހަރުކަށިކޮށް ތިން ވަނަ ލޮކްޑައުންއަކާ އެކު ސްކޫލްތައް މަދުވެގެން ތިން ހަފުތާއަަށް ބަންދުކުރިކަން ރައީސް އެމެނުއެލް މެކްރޮން އިއުލާން ކުރައްވައިފި އެވެ.

މެކްރޮން ވިދާޅުވީ އަންނަ ހަފުތާ އިން ފެށިގެން ސްކޫލްތަކުގައި ކިޔަވައިދޭނީ އޮންލައިންކޮށް ކަމަށެވެ. ގައުމީ ޓީވީގައި ވާހަކަ ދައްކަވަމުން މެކްރޮން ވިދާޅުވީ އެޕްރީލް މަސް ވެގެން ދާނީ ކޮވިޑުގައި ވަރަށް ނާޒުކް ދުވަސްވަރަކަށް ކަމަށާއި މިހާރު ފިޔަވަޅު ނާޅައިފި ނަމަ ކޮންޓްރޯލުން ނެއްޓިގެންދާނެ ކަމަށެވެ.

ފްރާންސްގެ ބައެއް ސަރަހައްދުތަކުގައި މާޗް މަހު އިއުލާންކުރި ލޮކްޑައުން މިހާރު ވަނީ އިތުރު ހިސާބުތަކަށް ފުޅާކޮށްފަ އެވެ. އަސާސީ ތަކެތި ވިއްކާ ފިހާރަތައް ނޫން ތަންތަން ހޮނިހިރު ދުވަހުން ފެށިގެން ބަންދުކޮށް، ގެއިން ފެށިގެން 10 ކިލޯ މީޓަރު (ހަ މޭލު) ދުރަށް ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ.

ފްރާންސްގައި ކޮވިޑުގެ ހާލަތު ގޯސްވެ މިހާރު ވެސް ދަނީ 5،000 މީހުންނަށް އައިސީޔޫގައި ފަރުވާ ދެމުންނެވެ. ބުދަ ދުވަހު ފްރާންސް އިން ވަނީ 59،038 މީހުން ޕޮޒިޓިވްވެފަ އެވެ. އެ ގައުމުން މިހާތަނަށް ވަނީ 4.6 މިލިއަން މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 95،495 މީހުން މަރުވެފަ އެވެ.