29 އޮކްޓޯބަރ 2020
ޕެރިސް (އޮކްޓޯބަރު 29) - ކޮރޯނާވައިރަހަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާން ފެށުމުން ފްރާންސް ދެ ވަނަ ފަހަރަށް ލޮކްޑައުން ކުރާކަން ރައީސް އެމެނުއަލް މެކްރޮން ރޭ އިއުލާން ކުރައްވައިފި އެވެ.
ޕެރިސް (އޮކްޓޯބަރު 29) - ކޮރޯނާވައިރަހަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާން ފެށުމުން ފްރާންސް ދެ ވަނަ ފަހަރަށް ލޮކްޑައުން ކުރާކަން ރައީސް އެމެނުއަލް މެކްރޮން ރޭ އިއުލާން ކުރައްވައިފި އެވެ.
ގައުމީ ޓީވީ މެދުވެރިކޮށް މެކްރޮން ދެއްވި ބަޔާނުގައި ވިދާޅުވީ މިރެއިން ފެށިގެން މީހުންނަށް ބޭރަށް ނުކުމެވޭނީ އަސާސީ ބޭނުމެއްގައި އެކަނި ކަމަށެވެ. އޭގެ ތެރޭގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތަކަށް ދިއުމާއި ބޭހާއި ކާބޯތަކެތި ގަތުން ހިމެނެ އެވެ. މަސައްކަތަށް އޮފީހަށް ދެވޭނީ ގެއިން އެ މަސައްކަތެއް ކުރެވެން ނެތް ނަމަ އެވެ. ރެސްޓޯރެންޓްތަކާއި ބާތައް ބަންދުކުރާނެ އެވެ. އެކަމަކު ސްކޫލްތަކާއި ފެކްޓަރީތައް ހުޅުވާފައި ބެހެއްޓުމަށް ވަނީ ނިންމައިފަ އެވެ. އެއްވެސް ކަމެއްގައި މީހަކު ބޭރަށް ނުކުންނަން ބޭނުން ނަމަ ފޯމެއް ފުރިހަމަ ކުރަން ޖެހެ އެވެ. ހުރިހާ ބާވަތެއްގެ އިޖްތިމާއީ އެއްވުންތައް ވަނީ މަނާކޮށްފަ އެވެ. ނަމަވެސް ކަސްރަތު ކުރުމަށް ކޮންމެ ދުވަހަކު ވެސް އެއްގަޑިއިރަށް ބޭރަށް ނުކުމެވެ އެވެ.
ފްރާންސްގެ ރައީސް މެކްރޮން ރޭ ގައުމާ މުޚާތަބް ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ
ފްރާންސްގައި ވަނީ ރެކޯޑް އަދަދުތަކުން މީހުން ޕޮޒިޓިވްވާން ފަށައިފަ އެވެ. އިއްޔެ އެކަނިވެސް ވަނީ 36,437 މީހުން ޕޮޒިޓިވްވެފަ އެވެ.
މެކްރޮން ވިދާޅުވީ ފްރާންސަށް ކުރިމަތިވި ދެ ވަނަ ރާޅު، ފުރަތަމަ ރާޅަށްވުރެ މާވަރުގަދަ ކަމަށެވެ. އަދި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ބްރޭކް ޖައްސާލަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ފްރާންސް ލޮކްޑައުންކޮށްފައި ވަނީ ޑިސެމްބަރު 1 އާ ހަމައަށެވެ. ކޮންމެ ދެ ހަފުތާއަކުން ފިޔަވަޅުތައް މުރާޖައާ ކުރަމުން ގެންދާނެ އެވެ.
ފްރާންސް އިން މިހާތަނަށް ވަނީ 1,235,132 މީހުން ޕޮޒިޓިވްވެ 35،785 މީހުން މަރުވެފަ އެވެ.
ފްރާންސްގެ ފުރަބަންދަށް ލުއިތަކެއް
ތިންވަނަ ލޮކްޑައުނާ އެކު ފްރާންސްގެ ސްކޫލްތައް ބަންދު
ފްރާންސަށް ތިން ވަނަ ރާޅެއް: ޕެރިސް ލޮކްޑައުނަށް
ފްރާންސުން އެދެނީ ގިނައިން ޗީޒް ކާން
ވިސާ ނެތި ފްރާންސްގެ އާއިލާއެއް ރާއްޖޭގައި 12 އަހަރު
ފްރާންސްގެ ސަރުކާރު ވެއްޓި ދާނެކަމުގެ ބިރު
ދައުވާ އުފުލުމަށްފަހު ޓެލެގްރާމްގެ ސީއީއޯ މިނިވަންކޮށްފި
ޓެލެގްރާމްގެ ސީއީއޯ ފްރާންސުން ހައްޔަރުކޮށްފި
އޮލިމްޕިކްސްގެ ފައިނަލަށް ފްރާންސާއި ސްޕެއިން
ފްރާންސްގެ ހާ ކަތިލުމަށް ފަހު ސްޕެއިން ފައިނަލަށް