ފްރާންސްގެ ވެރިރަށް ޕެރިހުގައި އިއްޔެ ފެށި "އެއާ ޝޯ އެގްޒިބިޝަން" އިން އިޒްރޭލްގެ ވައިގެ އަސްކަރީ ސާމާނު އުފައްދާ ކުންފުނިތައް ބޭރުކޮށްލައިފި އެވެ.
ފްރާންސްގެ ވެރިރަށް ޕެރިހުގައި އިއްޔެ ފެށި "އެއާ ޝޯ އެގްޒިބިޝަން" އިން އިޒްރޭލްގެ ވައިގެ އަސްކަރީ ސާމާނު އުފައްދާ ކުންފުނިތައް ބޭރުކޮށްލައިފި އެވެ.
އެ އެގްޒިބިޝަނުގައި ހުރި އިޒްރޭލްގެ ފަސް ކުންފުންޏެއްގެ ސްޓޯލް ބަންދު ކުރީ ފްރާންސްގެ ސަރުކާރުން އަންގައިގެންނެވެ. އެ ސްޓޯލްތައް މިހާރު ވަނީ ވަށައިގެން ކެންވަސް ޖަހައި ބަންދުކޮށްފަ އެވެ.
ފްރާންސްގެ އެއާ ޝޯ އެގްޒިޝަނުން ބޭރުކޮށްލި އިޒްރޭލުގެ ކުންފުނިތަކަކީ:
1- އެއާރޮސްޕޭސް އިންޑަސްޓްރީޒް
2- ރަފައަލް
3- ޔޫވިޝަން
4- އެލްބިޓް
5- އެއާނޮޓިކްސް
އެއީ ޑްރޯން އާއި ވައިގެ މަގުން ހަމަލާތައް ދޭ ބޮމާއި މިސައިލް އުފައްދާ ކުންފުނިތަކެކެވެ.
ފްރާންސްގެ ސަރުކާރުން ބުނީ އެ ކުންފުނިތަކުގެ ސްޓޯލް ބަންދު ކުރީ އެގްޒިބިޝަންގައި ދައްކަން ނިންމީ ހަމަލާ ދިނުމަށް ބޭނުންކުރާ ހަތިޔާރުތަކަކަށް ވުމުން ކަމަށެވެ.
މީގެ ކުރިން ފްރާންސް ފާހަގަކުރެވިފައި ވަނީ އިޒްރޭލާ ގާތް އެކުވެރި ގުޅުމެއް ބާއްވާ ގައުމެއްގެ ގޮތުގަ އެވެ. ނަމަވެސް މިދިޔަ މަހެއްހާ ދުވަހުގެ ތެރޭ އިޒްރޭލާ މެދު ފްރާންސްގެ ސްޓޭންޑް ބަދަލުވެފައިވާ މަންޒަރު ވަނީ ފެނިފަ އެވެ. ފްރާންސުން މިދިޔަ މަހު ވަނީ ފަލަސްތީނުގެ ދައުލަތް ބަލައިގަންނަށް ތައްޔާރަށް އޮތް ކަމަށް ވެސް ބުނެފަ އެވެ.
އިޒްރޭލްގެ ކުންފުނިތަކުގެ ސްޓޯލްތައް ބަންދު ކުރަން ނިންމި ނިންމުން ފްރާންސްގެ ބޮޑުވަޒީރު ފްރަންސުއާ ބައިރޫ ވަނީ ދިފާއު ކުރައްވައިފަ އެވެ.
"ފްރާންސް ސަރުކާރު ނިންމުން ވަރަށް ސާފު، ހަމަލާ ދޭން ބޭނުން ކުރާ ހަތިޔާރަކަށް ޖާގައެއް ނެތް. އެކަމަކު ހަމަލާއިން ދިފާއުވުމަށް ބޭނުން ކުރާ ހަތިޔާރު ނަމަ އެ ފުރުސަތު ދޭނަން،" އޭނާ ވިދާޅުވި އެވެ.
އިޒްރޭލްގެ ކުންފުނިތައް އެގްޒިބިޝަނުން ބޭރު ކުރި މައްސަލައިގައި އިޒްރޭލްގެ ރައީސް އިސާކް ހާޒޮގް ވަނީ ފްރާންސްގެ ސަރުކާރަށް ފާޑު ކިޔައިފަ އެވެ.
އިޒްރޭލްގެ ޑިފެންސް މިނިސްޓްރީން ވެސް ވަނީ ބަޔާނެއް ނެރެ ފްރާންސްގެ ނިންމުން ކުށްވެރި ކުރާ ކަމަށް ބުނެފަ އެވެ.
އެ ބަޔާނުގައި ބުނީ، އިޒްރޭލްގެ ކުންފުނިތައް އެގްޒިބިޝަނުން ބޭރު ކުރީ ފްރާންސްގެ ޓެކޮނޮލޮޖީއާ ވާދަކުރާނެ ކުންފުނިތަކަކަށް އިޒްރޭލްގެ ކުންފުނިތައް ވާނެކަން އެނގޭތީ ކަމަށެވެ. އިޒްރޭލްގެ ކުންފުނިތަކުގެ ސްޓޯލް ބަންދު ކުރި ނަމަވެސް އިޒްރޭލްގެ ޑިފެންސް މިނިސްޓްރީގެ ސްޓޯލަށް ވަނީ ފުރުސަތު ދީފަ އެވެ.
ފްރާންސްގައި ފަލަސްތީނު ދައުލަތް ހެދިދާނެ: ހަކަބީ
އިޒްރޭލަށް ޔޫކޭ، ކެނެޑާ އަދި ފްރާންސުން އިންޒާރު ދީފި
ފްރާންސުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނަނީ
ހަމާސް ނައްތައިލަށް އިޒްރޭލަށް 10 އަހަރު ބޭނުންވާނެ
ޔަހޫދީން ހިތްހަމަޖައްސައިދޭން މެކްރޯން ވެސް އިޒްރޭލަށް
އިޒްރޭލާއި އީރާން ވަރުގަދަ ބަހުގެ ހަމަލާތަކެއްގައި
ދިރިއުޅެން އެންމެ އަގު ބޮޑު ސިޓީ އަކީ ތެލްއަވީވް
ފަރަންސޭސި ގަރާރު ވީޓޯ ކުރާނަން: އެމެރިކާ
އިޒްރޭލުގެ ވެރިރަށަށް ގުދުސް ހަދައިގެންނުވާނެ: ފްރާންސް
އިޒްރޭލްގެ މިނިސްޓަރުގެ ހެދުމަކީ "ފުރައްސާރައެއް"