14 ނޮވެމްބަރ 2016
އަވިން ކަރަންޓު އުފެއްދުމަށް ކ. ދިއްފުށީގައި ގާއިމްކޮށްފައިވާ ސޯލާ ޕެނަލް ސްޓެލްކޯއާ މިއަދު ހަވާލުކޮށްފި އެވެ.
އަވިން ކަރަންޓު އުފެއްދުމަށް ކ. ދިއްފުށީގައި ގާއިމްކޮށްފައިވާ ސޯލާ ޕެނަލް ސްޓެލްކޯއާ މިއަދު ހަވާލުކޮށްފި އެވެ.
އެންވަޔަރްމަންޓް މިނިސްޓްރީ އާއި ޖަޕާނު ސަރުކާރާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ އެހީގެ ދަށުން ގާއިމްކުރި މި ނިޒާމުން 40 ކިލޯވޮޓްގެ ކަރަންޓު އުފެއްދޭނެ އެވެ. އެ ނިޒާމް ސްޓެލްކޯއާ ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖއަށް ކަނޑައަޅާފައި ހުންނަވާ އެމްބެސެޑަރު ކަޒުމީ އެންޑޯ އެވެ. ސްޓެލްކޯއިން ހަވާލުވެވަޑައިގަތީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޝުކޫރެވެ.
އެ ނިޒާމުން ދުވާލެއްގެ މައްޗަށް 190 ޔުނިޓްގެ ކަރަންޓު އުފައްދާނެ އެވެ. އެއީ ދުވާލުގަޑީގައި އެ ރަށުގައި ބޭނުންކުރާ ކަރަންޓުގެ އެންމެ މަތީ ލޯޑުގެ 12 ޕަސެންޓާ އެއްވަރުގެ އަދަދެއް ކަމަށް އެންވަޔަރްމަންޓް މިނިސްޓްރީން ބުންޏެެވެ.
ކ. ދިއްފުށީގައި ގާއިމްކޮށްފައިވާ ސޯލާ ޕެނަލް ނިޒާމް ސްޓެލްކޯއާ ހަވާލުކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް ބޭފުޅުން.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
އަވިން ކަރަންޓު އުފައްދާ ސިސްޓަމް ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރްމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ މަތީން ވިދާޅުވީ މިއީ ކާމިޔާބު މަޝްރޫއެއް ކަމަށެވެ. މިކަމުގެ ސަބަބުން ތިމާވެއްޓާ ރައްޓެހި ޓެކްނޮލޮޖީއަށް މީހުން ކުރަމުން އަންނަ އިތުބާރު ބޮޑުވެ، އެފަދަ މަސައްކަތްތަކަށް އިންވެސްޓުކުރާނެ ފަރާތްތައް ވެސް ލިބިގެންދާނެ ކަމަށް މަތީން ވިދާޅުވި އެވެ.
ގުރުދަތީ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފައްދާ ނަމަ ތެލަށް ސަރުކާރުން ކުރަމުން ދާ ބޮޑު ހޭދައަށް ލުއިތަކެއް ލިބިގެންދާނެ ކަމަށް ވެސް މަތީން ވިދާޅުވި އެވެ.
ކ. ދިއްފުށީގައި ގާއިމްކޮށްފައިވާ ސޯލާ ޕެނަލް ނިޒާމް ސްޓެލްކޯއާ ހަވާލުކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރްމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ މަތީން ވާހަކަދައްކަވަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
މަތީން ވިދާޅުވީ ދުވާލު ގަޑީގައި ބޭނުންކުރާ ކަރަންޓުގެ 30 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ކަރަންޓަށް ހެދުމަކީ 2018 ވަނަ އަހަރުގެ ކުރިން މި ސަރުކާރުން ކުރަން ނިންމާފައިވާ ކަމެއް ކަމަށެވެ.
ދިއްފުށީގައި ގާއިމްކޮށްފައިވާ ނިޒާމަކީ ރާއްޖެއިން ލިބެން ހުރި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކުރުން އިތުރުކުރުމުގެ ތެރޭގައި ސަރުކާރުން ހިންގި މަޝްރޫއެކެވެ. އެ ނިޒާމު ގާއިމްކުރުމުގެ އެއްބަސްވުމުގައި 2014 ވަނަ އަހަރު ސޮއިކޮށްފަައިވާއިރު އެ މަޝްރޫއު ނިންމާލާފައި ވަނީ މިއަހަރުގެ ކުރީކޮޅު އެވެ.
މި ޕްރޮޖެކްޓުގެ ދަށުން ދިއްފުށީގައި ގާއިމްކުރި އައިސް އުފައްދާ މެޝިންގެ ހިންގުން ވެސް ވަނީ އެ ރަށުގެ ކައުންސިލާ ހަވާލުކޮށްފަ އެވެ.
އައްޑޫގައި ފްލޯޓިން ސޯލާޕެނަލް ހަރުކުރާނެ ބަޔަކު ހޯދަނީ
ސޯލާ ޕެނަލްތައް ބަދަލުކުރަން ހަރަދު ދާނެ: މިނިސްޓްރީ
ހައިވޭގައި ސޯލާ ޕެނަލް ހަރުކުރަން ފަށައިފި
ތެލުގެ ހޭދައިން 225 މިލިއަން ކުޑަކުރެވޭނެ: ޝައުނާ
ގިނަ ރަށްތަކެއްގައި ސޯލާ ހަކަތައިގެ ނިޒާމު ގާއިމުކުރަނީ
ހަކަތަ މަޝްރޫއުގެ ބީލަމުގެ މުއްދަތު އިތުރުކޮށްފި
މޫދުގެ އެންމެ ބޮޑު ސޯލާ ޕީވީ ސިސްޓަމް އައްޑޫގައި
އަވިން ހަކަތަ އުފައްދަން ގިނަ މަޝްރޫއުތަކެއް
ރާއްޖޭގެ ހަކަތައާ ބެހޭ މައުލޫމާތު ފޮތެއް ނެރެފި
ށ އަދި ނ. ގައި ކަރަންޓުގެ ބޮޑު މަޝްރޫއެއް