06 ޑިސެމްބަރ 2017
ށ. އަތޮޅާއި ނ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއް ހިމެނޭ ގޮތަށް ކަރަންޓުގެ ބޮޑު މަޝްރޫއެއް ހިންގަން ޗައިނާ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.
ށ. އަތޮޅާއި ނ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއް ހިމެނޭ ގޮތަށް ކަރަންޓުގެ ބޮޑު މަޝްރޫއެއް ހިންގަން ޗައިނާ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.
އެންވަޔަރަމަންޓް މިނިސްޓްރީގައި މިއަދު މި މަސައްކަތުގެ އެއްބަސްވުމުގައި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމާއި ޗައިނާގެ ސިނޮމެކް އިންޓަނޭޝަނަލް ސަންގުރޯ ކުންފުނީގެ ވައިސް ޕްރެޒިޑެންޓް ޒިޔާއޯ ޒިއަން ޑޮން ވަނީ ސޮއިކުރައްވައިފަ އެވެ.
މި މަޝްރޫއުގައި 2.86 މެގަވޮޓްގެ ސޯލާ ޕީވީ ސިސްޓަމާއި ޑީސަލުން ކަރަންޓު އުފެއްދުމަށް 29 ޖެނެރޭޓަރާއި 2.86 މެގަވޮޓް އަވާގެ ބެޓެރި އާއި 10 ކިލޯމީޓަރުގެ ކޭބަލާއި 24 އޮޓަމެޓިކް ސިންކްރޮނައިޒިން ޕެނަލްބޯޑް އަދި 62 ޑިސްޓްރިބިއުޝަން ފޮށި ބަހައްޓާނެ އެވެ. އަދި މިސިސްޓަމް ފުރިހަމަ ކުރުމަށްޓަކައި ބޭނުންވާ އެނާޖީ މެނޭޖްމަންޓް ސިސްޓަމްތައް ވެސް އެ ރަށްރަށުގައި ގާއިމުކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ށ. އަދި ނ. އަތޮޅުގައި ކަރަންޓުގެ މަޝްރޫއު ހިންގުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ
ފުރަތަމަ ފިޔަވަހީގެ ދަށުން ފަސް ރަށެއްގައި އަވިން ކަރަންޓް އުފައްދާ، 2.5 މެގަވޮޓްގެ ސިސްޓަމްތައް ގާއިމްކޮށް ހިދުމަތް ދޭން ފަށާފައި ވާއިރު ދެވަނަ ފިޔަވަހީގައި، ހއ. އަދި ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 27 ރަށުގައި އަވިން ކަރަންޓް އުފައްދާ 4.57 މެގަވޮޓްގެ ސިސްޓަމްތައް ގާއިމުކުރުމަށް ވަނީ ހަވާލުކޮށްފަ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި މި ސަރުކާރުގެ ފުރަތަމަ ދައުރު ނިމޭއިރު، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް ދާނެ އެވެ. އަދި މިހާތަނަށް ވަނީ، އެންމެ ދެ މެގަވޮޓްގައި ހުރި އިއާދަކުރަނިވި ހަކަތައިގެ މިންވަރު ހަ މެގަވޮޓަށް އިތުރުކޮށްފައި ކަމަށް ބުންޏެވެ.
ސޯލާ ޕެނަލްތަކުން އަންނަމަހު ކަރަންޓް އުފައްދަނީ
ސޯލާ ޕެނަލްތައް ބަދަލުކުރަން ހަރަދު ދާނެ: މިނިސްޓްރީ
ސޯލާ ޕެނަލްތައް ސްޓެލްކޯގެ ގްރިޑަށް ގުޅުވަނީ
ސޯލާ ހަކަތަ ރައްކާކުރާ ސިސްޓަމް ގާއިމްކުރަން ޗައިނާއަށް
އައްޑޫގެ ކަރަންޓުގެ މައްސަލައަށް ހައްލެއް
ގިނަ ރަށްތަކެއްގައި ސޯލާ ހަކަތައިގެ ނިޒާމު ގާއިމުކުރަނީ
ހަކަތަ މަޝްރޫއުގެ ބީލަމުގެ މުއްދަތު އިތުރުކޮށްފި
އަވިން ހަކަތަ އުފައްދަން ގިނަ މަޝްރޫއުތަކެއް
"އަވިން އުފައްދާ ކަރަންޓުން ފީ ނަގާކަށް ނޫޅެން"
އަވިން ހަކަތަ އުފައްދާ ނިޒާމު ހއ.ގެ ހުރިހާ ރަށަކަށް