29 އޮކްޓޯބަރ 2023
މާލެ-ހުޅުމާލެ ހައިވޭގައި ހުރި ސޯލާ ޕެނަލްތައް އެހެން ތަނަކަށް ބަދަލުކުރާ ނަމަ ދައުލަތަށް މާލީ ގޮތުން ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.
މާލެ-ހުޅުމާލެ ހައިވޭގައި ހުރި ސޯލާ ޕެނަލްތައް އެހެން ތަނަކަށް ބަދަލުކުރާ ނަމަ ދައުލަތަށް މާލީ ގޮތުން ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ހައިވޭގައި ހުރި ސޯލާ ޕެނަލްތައް ނަގައި، އެކަމަށް ހާއްސަ ދެ ރަށަކަށް ބަދަލުކުރައްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިއްޔެ ވިދާޅުވެފަ އެވެ.
އެކަމާ ގުޅިގެން ތިމާވެއްޓާ ބެހޭ މިނިސްޓްގެ އޮފިޝަލަކު ވިދާޅުވީ އެކްސެލެރޭޓިން ސަސްޓެއިންބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަލް އެނާޖީ (އެސްޕަޔާ) މަޝްރޫއުގެ ދަށުން ހުޅުމާލޭ ލިންކް ރޯޑްގައި ގާއިމުކޮށްފައިވާ ސޯލާ ޕީވީ ނިޒާމު އެތަނުން ނަގައި، އެހެން ލޮކޭޝަނަކަށް ބަދަލުކުރުމުގެ ވާހަކައެއް ޓްރާންސިޝަނަލް ކޮމިޓީގައި އިންތިހާބީ ރައީސްގެ ފަރާތުން މިނިސްޓްރީއާ ހިއްސާކޮށްފައި ނުވާ ކަމަށެވެ.
އިންތިހާބީ ރައީސް ޕަބްލިކް އިވެންޓެއްގައި އެ ބަދަލު ގެންނަވަން ބޭނުންވާ ވާހަކަ ވިދާޅުވިޔަސް، އެކަމުގެ ފަންނީ ތަފްސީލެއް މިނިސްޓްރީއާ ހިއްސާކޮށްފައި ނުވާ ކަމަށާއި އެހެންވެ ބެލެވެނީ އެ ބަދަލު ގެންނަވަން ނިންމަވައިފި ނަމަ، އާ ސަރުކާރުން ވެރިކަމާ ހަވާލުވެ މިނިސްޓްރީގެ މި މަޝްރޫއުގެ ފަންނީ ޓީމުތަކާއި އިންވެސްޓަރާ އަދި ވޯލްޑް ބޭންކާ އެކު މަޝްވަރާ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ އެ ޕްރޮޖެކްޓުގެ 95 ޕަސެންޓް މަސައްކަތް ނިމި، މިހާރު ކުރިއަށް ދަނީ ސްޓެލްކޯގެ ގްރީޑަށް ގުޅުމަށް ކުރަންޖެހޭ ކަންކަން ކަމަށެވެ.
އެހެން ކަމުން ލޮކޭޝަން ބަދަލުކުރާ ނަމަ ފައިނޭންޝަލް އިމްޕްލިކޭޝަންސްތަކެއް އަންނާނެ. އަދި އެކަމަށް ހިނގާނެ ހަރަދެއް އަންދާޒާކުރަން އެނގޭނީ ރީލޮކޭޓްކުރަން އާ ސަރުކާރުން ބޭނުންވާ ސަރަހައްދުތަކުގެ ތަފްސީލު ލިބިގެން: ތިމާވެއްޓާ ބެހޭ މިނިސްޓްރީ
"އެހެން ކަމުން ލޮކޭޝަން ބަދަލުކުރާ ނަމަ ފައިނޭންޝަލް އިމްޕްލިކޭޝަންސްތަކެއް އަންނާނެ. އަދި އެކަމަށް ހިނގާނެ ހަރަދެއް އަންދާޒާކުރަން އެނގޭނީ ރީލޮކޭޓްކުރަން އާ ސަރުކާރުން ބޭނުންވާ ސަރަހައްދުތަކުގެ ތަފްސީލު ލިބިގެން،" އޭނާ ވިދާޅުވި އެވެ.
ވޯލްޑް ބޭންކްގެ އެހީގައި ހިންގަމުން އަންނަ އެ މަޝްރޫއުގެ އަގަކީ 11 މިލިއަން ޑޮލަރު (169 މިލިއަން ރުފިޔާ) އެވެ. މިނިސްޓްރީން ބުނި ގޮތުގައި، މި މަޝްރޫއަށް ހަރަދު ކުރަނީ އިންވެސްޓަރު އަމިއްލަ އަށެވެ. ދައުލަތުން މި މަޝްރޫއަށް އެއްވެސް ހަރަދެއް ކުރާކަށް ނުޖެހެ އެވެ. އިންވެސްޓަރުގެ އިންވެސްޓްމަންޓް ރިކަވާ ކުރާނީ ސޯލާ އިން ގްރިޑަށް ކަރަންޓު ވިއްކައިގެންނެވެ. ކަރަންޓު ވިއްކާ ރޭޓަކީ ޔުނިޓަކަށް 10.9 ޔޫއެސް ސެންޓް އެވެ. އެއީ ކިލޯވޯޓަކަށް 0.109 ޑޮލަރެވެ.
އިންތިހާބީ ރައީސް މުއިއްޒު އިއްޔެ ހުޅުމާލެ ފޭސް 1 ގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވިދާޅުވީ ސޯލާ ޕެނަލްތަކާ އެކު ހުޅުމާލެ ހައިވޭ މިހާރު ފެންނަނީ ވަރަށް ހާސްކަން ބޮޑު ތަނެއްގެ ގޮތުގައި ކަމަށެވެ. މާލެ ސަރަހައްދުގައި މޫދު އެންމެ ރީތިކޮށް ފެންނަން އޮންނަ ސަރަހައްދަކީ އެއީ ކަމަށާއި ނަމަވެސް މިހާރު ޖަހާފައިވާ ސޯލާ ޕެނަލްތަކުން އެ ސަރަަހައްދުގެ ރީތިކަން ގެއްލިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އިއާދަކުރަނިވި ހަކަތަ އަކީ މުހިންމު ކަމެއް. އެއީ އަޅުގަނޑުމެން ވެސް އިސްކަމެއް ދޭނެ ކަމެއް. ކްލައިމެޓް ޗޭންޖަކީ، އެންވަޔަރްމެންޓަކީ އަޅުގަނޑުމެން އިސްކަމެއް ދޭނެ ސިޔާސަތެއް. ނަމަވެސް އެކަން ކުރުމަށް އެންމެ ރަނގަޅު ގޮތް އޮންނަ ފަދައިން މިކަން ކުރަން ވެސް ރަނގަޅު ގޮތް އޮންނާނެ،" މުއިއްޒު ވިދާޅުވި އެވެ.
އެހެންވެ، ހައިވޭގައި ޖަހާފައި ހުރި ސޯލާ ޕެނަލްތައް ނަގާނެ ކަމަށާއި އެ ޕަނަލްތައް ކުޑަ ނުވަތަ މެދު ސައިޒުގެ އެއް ރަށް ނުވަތަ ދެ ރަށަށް އެ ޕެނަލްތަކަށް ފަންޑުކުރި ފަރާތާ ވާހަކަ ދައްކައިގެން ބަދަލުކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
ހައިވޭގައި 5.6 މެގަވޮޓްގެ ސޯލާ ހަކަތައިގެ ނިޒާމު ގާއިމުކުރަނީ ތައިލެންޑުގެ އެންސިސް ކޯ ލިމިޓެޑް ކުންފުންޏާ ހަވާލުކޮށްގެންނެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ ނޮވެމްބަރު 2020 ގަ އެވެ. އަދި އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރު ޑިސެމްބަރުގަ އެވެ.
ރާއްޖޭގައި ސޯލާ ހަކަތައިގެ ނިޒާމުގެ މި ވަރުގެ ބޮޑު ޕްރޮޖެކްޓެއް ހިންގާ މިއީ ފުރަތަމަ ފަހަރެވެ. މި ޕްރޮޖެކްޓުގެ ސަބަބުން ސަރުކާރުން ތެލަށް ކުރާ ހަރަދު ބޮޑުތަނުން ކުޑަ ކުރެވޭނެ އެވެ.
އަވިން ހަކަތަ އުފައްދަން ގިނަ މަޝްރޫއުތަކެއް
ށ އަދި ނ. ގައި ކަރަންޓުގެ ބޮޑު މަޝްރޫއެއް
އައްޑޫގައި ފްލޯޓިން ސޯލާޕެނަލް ހަރުކުރާނެ ބަޔަކު ހޯދަނީ
އެސްއީޒެޑްގެ ފުރަތަަމަ ޕްރޮޖެކްޓަށް އިނީޝަލް ޕާމިޓް ދީފި
"ހައިވޭގައި ސޯލާ ހަރުކުރަން ނިންމީ ކުރީގެ ސަރުކާރުން"
ސޯލާ ޕެނަލްތައް ސްޓެލްކޯގެ ގްރިޑަށް ގުޅުވަނީ
ސޯލާ ހަކަތަ ރައްކާކުރާ ސިސްޓަމް ގާއިމްކުރަން ޗައިނާއަށް
155 މިސްކިތުގައި ސޯލާ ޕެނަލް ހަރުކުރަނީ
ސޯލާ ޕެނަލްތަކުން އަންނަމަހު ކަރަންޓް އުފައްދަނީ
އަވީގެ ހަކަތައިން ހިންގާ އައިސް ޕްލާންޓުތައް ހަދަނީ