05 ޖޫން 2023
އަވީގެ ހަކަތައިން އައިސް އުފައްދާ ޕްލާންޓްތަކެއް ހަތަރު ރަށެއްގައި ހެދުމަށް ޗައިނާގެ ކުންފުންޏަކާ އިއްޔެ ހަވާލުކޮށްފި އެވެ.
އަވީގެ ހަކަތައިން އައިސް އުފައްދާ ޕްލާންޓްތަކެއް ހަތަރު ރަށެއްގައި ހެދުމަށް ޗައިނާގެ ކުންފުންޏަކާ އިއްޔެ ހަވާލުކޮށްފި އެވެ.
އެންވަޔަރުމެންޓް މިނިސްޓްރީން އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ހަވާލުކުރީ، ބީލަން ކާމިޔާބުކުރި ޗައިނާގެ އިންސްޓެކް އިމްޕޯޓް އެންޑް އެކްސްޕޯރޓް ކޮމްޕެނީ ލިމިޓެޑާ އެވެ. އެ މަޝްރޫއުގެ އެއްބަސްވުމުގައި އިއްޔެ ވަނީ ސޮއިކޮށްފަ އެވެ.
މި އައިސް ޕްލާންޓުތައް ހަދަނީ ނ. ލަންދު އާއި ތ. ބުރުންޏާއި ތ. މަޑިފުށްޓާއި އަދި ތ. ވިލުފުށީގަ އެވެ.
އެ ރަސްމިއްޔާތުގައި ތިމާވެއްޓާ ބެހޭ މިނިސްޓަރު އައިމިނަތު ޝައުނާ އާއި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އަދި ހަތަރު ރަށުގެ ކައުންސިލް މެމްބަރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ހަތަރު ރަށެއްގައި އަވީގެ ހަކަތައިން ހިންގާ އައިސް ޕްލާންޓެއް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ
މިނިސްޓްރީން ބުނި ގޮތުގައި، މިއީ 2023 ގެ ކުރިން ރާއްޖެ ނެޓް-ޒީރޯ ގައުމަކަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ހަވާލުކުރި މަޝްރޫއެކެވެ.
• ލަންދު އާއި މަޑިފުށި އަދި ވިލުފުށީގައި 15 ޓަނުގެ އައިސް ޕްލާންޓަކާ އެކު 30 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް.
• ބުރުނީގައި 5 ޓަނުގެ އައިސްޕްލާންޓަކާ އެކު 15 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް.
• މަސައްކަތް ނިންމަން ދިނީ 8 މަސްދުވަހުގެ މުއްދަތެއް.
• މި މަޝްރޫއަށް ދައުލަތުގެ ބަޖެޓުން 27 މިލިއަން ރުފިޔާ ހަރަދުކުރޭ.
މަސްވެރިންނަށް ބޭނުންވާ އައިސް ޕްލާންޓުތަކާއި ކޯލްޑް ސްޓޯރޭޖް އިތުރުކުރުމަށް ސަރުކާރުން މިހާރު ވެސް އަންނަނީ އެކި ކުންފުނިތަކާ ހަވާލުކޮށްގެން ތަފާތު މަޝްރޫއުތައް ހިންގަމުންނެވެ.
މިދިޔަ މަހު ވެސް އެންވަޔަރަމަންޓް މިނިސްޓްރީން ހަތަރު ރަށެއްގެ އަވީގެ ހަކަތައިން އައިސް ޕްލާންޓްތަކެއް ހަދަން ޗައިނާގެ ކުންފުންޏާ ހަވާލުކުރި އެވެ.
"ހައިވޭގައި ސޯލާ ހަރުކުރަން ނިންމީ ކުރީގެ ސަރުކާރުން"
ސޯލާ ޕެނަލްތައް ބަދަލުކުރަން ހަރަދު ދާނެ: މިނިސްޓްރީ
ސޯލާ ޕެނަލްތައް ސްޓެލްކޯގެ ގްރިޑަށް ގުޅުވަނީ
155 މިސްކިތުގައި ސޯލާ ޕެނަލް ހަރުކުރަނީ
ސޯލާ ޕެނަލްތަކުން އަންނަމަހު ކަރަންޓް އުފައްދަނީ
އައްޑޫގެ ކަރަންޓުގެ މައްސަލައަށް ހައްލެއް
އަވިން ހަކަތަ އުފައްދަން ގިނަ މަޝްރޫއުތަކެއް
ށ އަދި ނ. ގައި ކަރަންޓުގެ ބޮޑު މަޝްރޫއެއް
ބޭނުންވަނީ މަސްވެރިންނަށް ބާރު ދޭން: ރައީސް
ފުރާޅުގައި ސޯލާޕެނަލް ހަރުކުރުމުގެ ފުރުސަތު ހުޅުވާލައިފި