Roadha Mihaaru
މޫދުގެ އެންމެ ބޮޑު ސޯލާ ޕީވީ ސިސްޓަމް އައްޑޫގައި

އައްޑޫގައި ދުނިޔޭގެ އެންމެ ބޮޑު މޫދު ފްލޯޓިން ސޯލާ ޕީވީ ސިސްޓަމް

01 މާޗް 2020

މޫދުގައި ގާއިމްކުރާ ދުނިޔޭގެ އެންމެ ބޮޑު ފްލޯޓިން ސޯލާ ޕީވީ ސިސްޓަމް، އައްޑޫ ސިޓީގައި ބަހައްޓަން ނިންމައި އެކަން ބީލަމަށް ލައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މޫދުގައި ގާއިމްކުރާ ދުނިޔޭގެ އެންމެ ބޮޑު ފްލޯޓިން ސޯލާ ޕީވީ ސިސްޓަމް، އައްޑޫ ސިޓީގައި ބަހައްޓަން ނިންމައި އެކަން ބީލަމަށް ލައިފި އެވެ.

ވޯލްޑް ބޭންކާއި އެންވަޔަރަންމަންޓް މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ އެރައިސް ޕްރޮޖެކްޓްގެ ދަށުން ހަ ރަށެއްގައި ސޯލާ ޕީވީ ސިސްޓަމް ބަހައްޓަ އެވެ. އޭގެ ތެރެއިން އައްޑޫގައި 10 މެގަވޮޓްގެ ކަރަންޓް އުފެއްދޭ ވަރުގެ ސޯލާ ޕެނެލް، މޫދުގައި ބަހައްޓަ އެވެ. މިއީ މިހާތަނަށް މޫދުގައި ބަހައްޓާ އެންމެ ބޮޑު ސޯލާ ޕީވީ ސިސްޓަމެވެ.

އޭގެ ތެރެއިން ނުވަ މެގަވޮޓް އުފެއްދޭ ސޯލާ ޕީވީ ސިސްޓަމް ބަހައްޓަނީ ހިތަދޫ ބަނދަރާއި އެ ރަށުގައި ހަދާފައިވާ ވިޔަފާރި ބަނދަރު ސަރަހައްދުގަ އެވެ. ހުޅުމީދޫ ފަޅުތެރޭގައި އެއް މެގަވޮޓްގެ ސޯލާ ޕީވީ ސިސްޓަމް ބަހައްޓަ އެވެ.

Avin karantu ufadhdhah gina mashroou thakeh

Avin karantu ufadhdhah gina mashroou thakeh

The most trusted news source in the Maldives

Mihaaru

އަވިން ހަކަތަ އުފައްދަން ގިނަ މަޝްރޫތަކެއް ހިންގަން ނިންމުން---

އައްޑޫގެ އިތުރުން މި މަޝްރޫގެ ދަށުން ފަސް ރަށެއްގެ އެއްގަމުގައި 11 މެގަ ވޮޓްގެ ސޯލާ ޕީވީ ސިސްޓަމް ގާއިމްކުރެ އެވެ.

މި މަޝްރޫއަށް ހިނގާނެ ހަރަދު އެނގޭނީ އޮގަސްޓްމަހު ކަމަށް، އެންވަޔަރަމަންޓް މިނިސްޓްރީން ބުނެ އެވެ.

އެއްގަމުގައިި ބަހައްޓާ ސޯލާ ޕީވީ ސިސްޓަމްތައް

- އައްޑޫ، ހިތަދޫގައި 1 މެގަ ވޯޓް

- އައްޑޫ، ފޭދޫގައި 1 މެގަ ވޯޓް

- އައްޑޫ، ހުޅުމީދޫގައި 1 މެގަ ވޯޓް

- މުވައްމުލަކުގައި 2 މެގަ ވޯޓް

- ގދ. ތިނަދޫގައި 2 މެގަ ވޯޓް

- ބ. އޭދަފުށީގައި 1 މެގަ ވޯޓް

- ޅ. ހިންނަވަރުގައި 1 މެގަ ވޯޓް

- ކުޅުދުއްފުށި ސިޓީގައި 2 މެގަ ވޯޓް

އެންވަޔަރަންމަންޓް މިނިސްޓްރީގެ ރިނިއުބަލް އެނާޖީ އެވެއާނެސް އޮފިސަރު، އިފާދު ވަހީދު ވިދާޅުވީ އެ ސޯލާ ނިޒާމުތަކުން އެ ރަށްރަށަށް ދުވާލު ބޭނުންވާ ހަކަތައިގެ 70 ޕަސެންޓް އަވިން އުފެއްދޭނެ ކަމަށެވެ. އަދި ދައުލަތުން ތެލަށް ކުރަން ޖެހޭ ހަރަދުން އަހަރެއްގެ މައްޗަށް 70 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އައްޑޫ ސިޓީގެ މޫދުގައި ސޯލާ ޕީވީ ސިސްޓަމް ބަހައްޓަން ނިންމާފައިވާ ގޮތުގެ ކުރެހުމެއް: މިއީ ދުނިޔޭގެ ވެސް މީގެ އެންމެ ބޮޑު ނިޒާމް -- ފޮޓޯ: އެންވަޔަރަންމަންޓް މިނިސްޓްރީ

އައްޑޫ ސިޓީގެ މޫދުގައި ސޯލާ ޕީވީ ސިސްޓަމް ބަހައްޓަން ނިންމާފައިވާ ގޮތުގެ ކުރެހުމެއް: މިއީ ދުނިޔޭގެ ވެސް މީގެ އެންމެ ބޮޑު ނިޒާމް -- ފޮޓޯ: އެންވަޔަރަންމަންޓް މިނިސްޓްރީ

އެރައިސް ޕްރޮޖެކްޓުން އަވިން ހަކަތަ އުފެއްދުމުގެ ދާއިރާއަށް އިންވެސްޓް ކުރާ އަމިއްލަ ފަރާތްތަކަށް މާލީ ރައްކާތެރިކަން ދިނުމަށް 36 މިލިއަން ޑޮލަރު ވަނީ ކަނޑައަޅައިފަ އެވެ. އެގޮތުން 36 މެގަވޮޓްގެ ސޯލާ ޕީވީ އިންވެސްޓްމަންޓްތައް ރާއްޖެ ގެންނަން ވަނީ ނިންމައިފަ އެވެ.

އަވިން ހަކަތަ އުފެއްދުމުގެ އެހެން މަޝްރޫއެއް، "އެސްޕަޔާ ޕްރޮޖެކްޓް"ގެ ނަމުގައި އެންވަޔަރަމަންޓް މިނިސްޓްރީން ކުރިއަށް ގެންދެ އެވެ. އެއީ ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް އަމިއްލަ އިންވެސްޓްމަންޓް ގެނައުމުގެ ފެށުމެވެ. އެ ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭގެ 1000 ހައުސިން ޔުނިޓްގައި 1.5 މެގަވޮޓް ސޯލާ ޕީވީ ހަރުކުރި އެވެ. އަދި މި އަހަރުގެ ތެރޭގައި ސިނަމާލެ ބްރިޖާއި ހުޅުމާލެ ގުޅުވައިދޭ ލިންކް ރޯޑުގައި ފަސް މެގަވޮޓްގެ ސޯލާ ޕީވީ ނިޒާމެއް ވެސް އެ މަޝްރޫއުގެ ދަށުން ގާއިމްކުރެ އެވެ.