Roadha Mihaaru
މީހަކަށް އެހީވާން އެދުމުން ކައިލީ އަށް ފާޑުކިޔަނީ

މީހަކަށް އެހީވާން އެދުމުން ކައިލީ ޖެނާ އަށް ފާޑުކިޔަނީ

23 މާޗް 2021

އެކްސިޑެންޓަަށް ފަހު ސިކުނޑީގެ ސާޖަރީއެއް ހަދަން ޖެހޭ މީހެއްގެ އޮޕަރޭޝަނަށް ބޭނުންވާ ފައިސާ ހޯދަން ގޯފަންޑްމީ ޕޭޖްގައި ހިންގާ ކެމްޕޭނުގައި ވީހާ ވެސް ގިނަ ބަޔަކު އެހިވާން އެދުމުން، މަޝްހޫރު ސެލެބްރިޓީ ކައިލީ އަށް ޖެނާ އަށް ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެކްސިޑެންޓަަށް ފަހު ސިކުނޑީގެ ސާޖަރީއެއް ހަދަން ޖެހޭ މީހެއްގެ އޮޕަރޭޝަނަށް ބޭނުންވާ ފައިސާ ހޯދަން ގޯފަންޑްމީ ޕޭޖްގައި ހިންގާ ކެމްޕޭނުގައި ވީހާ ވެސް ގިނަ ބަޔަކު އެހިވާން އެދުމުން، މަޝްހޫރު ސެލެބްރިޓީ ކައިލީ އަށް ޖެނާ އަށް ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.

ދުނިޔޭގެ އެންމެ ޒުވާން މަހުޖަނުންގެ ތެރޭގައި ހިމެނޭ ކައިލީ އަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ފާޑުކިޔަން ފެށީ އޭނާ އަކީ ފައިސާވެރިޔަކަށް ވެފައި އޭނާ އެހީވިކަން ކަށަވަރު ނުވެ، އެހެން މީހުން އެހީވާން އެދުމުންނެވެ. ސެލެބްރިޓީ މޭކަޕް އާޓިސްޓް ސެމުއެލް ރައުޑާގެ ސާޖަރީ އަށް ބޭނުންވާ ފައިސާ ހޯދަން ފެށި ކެމްޕޭނަށް މިހާތަނަށް ލައްކައެއްހާ ޑޮލަރު ލިބިފައިވާ އިރު "ކައިލީ ޖެނާ" ކިޔާ މީހަކު 5،000 ޑޮލަރު ހަދިޔާކުރި ކަމަށް ގޯފަންޑްމީ ޕޭޖުން ދައްކަ އެވެ.

އެކަމަކު އެއީ އަސްލު ކައިލީކަމެއް ކަށަވަރެއް ނުވެ އެވެ. ނަމަވެސް ކައިލީ އަށް ތާއީދުކޮށް ވާހަކަ ދެއްކި ބައެއް މީހުން ބުނެފައި ވަނީ އެއީ ސީދާ ކައިލީ ދިން އެހީ ކަމަށާއި އެވަރުން ނުފުދިގެން ބައެއް މީހުން ހިތުހުރިހާ އެއްޗެއް ގޮވަނީ ކަމަށެވެ.

ސެމުއެލް އެހީވާން އެދި އޭނާގެ ފޮޓޯއަކާ އެކު އިންސްޓަގްރާމް ސްޓޯރީގައި ކައިލީ ބުނީ ގިނަ ބަޔަކު އެހިވާން އެދޭ ކަމަށާއި އޭރުން ސެމުއަލްގެ ފަރުވާ އަށް ބޭނުންވާ ފައިސާ އެއްކުރެވޭނެ ކަމަށެވެ.

"އެހެންވީމާ ގިނަ ބަޔަކު ސީދާ އޭނާގެ އާއިލާ އަށް ނުވަތަ ގޯފަންޑް މީ އަށް ފައިސާ ހަދިޔާކޮށްދީ. އެއީ ހެޔޮދުއާއަކަށް ވާނެ،" ކައިލީ ބުންޏެވެ.

ކައިލީ، 23، ގެ ފަރާތުން ސެމުއެލް އަށް އެހީއެއް ލިބުނުކަން ކަށަވަރު ނުވެ، އެހެން މީހުން އެހީވާން އެދުމުން ފާޑުކީ ނަމަވެސް ކައިލީ އަކީ މިހާތަނަށް ވަރަށް ގިނަ ކަންކަމާ ގުޅިގެން އެކި ފަރާތްތަކަށް ބޮޑެތި އެހީތައް ދީފައިވާ މީހެކެވެ.

ކައިލީ ސްކިން އާއި ކައިލީ ކޮސްމެޓިކްގެ ވެރިޔާގެ މިލްކިއްޔާތު 700 މިލިއަން ޑޮލަރަށް އަރަ އެވެ. ކައިލީގެ މިލްކިއްޔާތު ބިލިއަނަކަށް ވެސް އެރި ކަމަށް ފޯބްސް އިން 2019 ގައި ބުނެފައިވެ އެވެ.

އެމެރިކާގެ ސެލެބްރިޓީ އާއިލާ ކާޑޭޝަން/ކައިލީ އާއިލާ އަށް ނިސްބަތްވާ ކައިލީ އަކީ މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބުނު ސެލެބްރިޓީ އެވެ. ފޯބްސް އިން ބުނެފައިވާ ގޮތުގައި މިދިޔަ އަހަރު ކައިލީ އަށް 590 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.