Roadha Mihaaru
ކަޑޭޝިއަން/ޖެނާ އާއިލާގެ އާ ޝޯގެ ފަސްޓް ލުކް

ކަޑޭޝިއަން/ޖެނާ އާއިލާގެ އާ ޝޯގެ ފަސްޓް ލުކް

03 ޖެނުއަރީ 2022

އެމެރިކާގެ މަޝްހޫރު ރިއަލިޓީ ސެލެބްރިޓީން ހިމެނޭ ކަޑޭޝިއަން/ކައިލީ އާއިލާ އިން އަލަށް ގެނެސްދޭން ހަމަޖެހިފައިވާ ޝޯގެ ޓީޒާއެއް ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ މަޝްހޫރު ރިއަލިޓީ ސެލެބްރިޓީން ހިމެނޭ ކަޑޭޝިއަން/ކައިލީ އާއިލާ އިން އަލަށް ގެނެސްދޭން ހަމަޖެހިފައިވާ ޝޯގެ ޓީޒާއެއް ދައްކާލައިފި އެވެ.

ހުލޫ އިން ގެނެސްދޭން ހަމަޖެހިފައިވާ ޝޯގެ ނަމަކީ "ދަ ކަޑޭޝިއަންސް" އެވެ. މިއީ ކުރިން ވެސް މި އާއިލާގެ މެމްބަރުންގެ ދިރިއުޅުން ފެނުނު "ކީޕިން އަޕް ވިތު ދަ ކަޑޭޝިއަންސް" ކަހަލަ ޝައުގުވެރި ޝޯއަކަށް ވާނެ އެވެ. އެ ޝޯގެ 20 ވަނަ ސީޒަނާ އެކު، އެއްކޮށް ނިންމައިލީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ. އޭގެ ޖުމްލަ 285 އެޕިސޯޑް ގެނެސްދިނެވެ.

އެންމެ ފިރިހެނަކާ އެކު ޖުމްލަ ހަ މެމްބަރުން ހިމެނޭ މަޝްހޫރު އަދި އެހާމެ ތަނަވަސް "ޕޮޝް" ލައިފްސްޓައިލެއް ގެންގުޅޭ މި އާއިލާގެ އާ ޝޯއެއް ހުލޫ އިން ގެނެސްދޭން ނިންމައި، ދެ ފަރާތުން މިކަމުގައި މަލްޓި-އިޔާ އެއްބަސްވުމެއް ހެދީ ޑިސެމްބަރު 2020 ގަ އެވެ.

ހުލޫ އިން ގެނެސްދޭން ތައްޔާރުވަމުން އަންނަ "ދަ ކަޑޭޝިއަންސް" ގެ ޓީޒާއެއް ދައްކައިލިޔަސް އެ ސްޓްރީމް ކުރާނެ އިރެއް އަދި އިއުލާނެއް ކުރެ އެވެ.

ކަޑޭޝިއަން/ޖެނާ އާއިލާގެ ހަ މެމްބަރުންނަކީ ކިމް ކަޑޭޝިއަން 41، ދެވަނަ ދަރިއަކަށް ބަލިވެއިން ކައިލީ ޖެނާ، 24، ގެ އިތުރުން ކްލޯއީ ކަޑޭޝިއަން، 37، އާއި ކޯޓްނީ ކަޑޭޝިއަން، 42، އާއި ކެންޑަލް ޖެނާ، 26، އަދި ހަމައެކަނި ފިރިހެން ދަރިފުޅު ރޮބް ކަޑޭޝިއަން، 34، އެވެ.

މި އާއިލާގެ އިސް މީހަކީ މަންމަ ކްރިސް ޖެނާ، 66، އެވެ.