Roadha Mihaaru
"ކީޕިން އަޕް ވިތު ކާޑޭޝަންސް" ހުއްޓާލަނީ

"ކީޕިން އަޕް ވިތު ކާޑޭޝަންސް" 14 އަހަރަށް ފަހު ހުއްޓާލަނީ

10 ސެޕްޓެމްބަރ 2020

އެމެރިކާގެ މަޝްހޫރު ސެލެބްރިޓީ ކާޑޭޝަން އާއިލާގެ "ކީޕިން އަޕް ވިތި ކާޑޭޝަންސް" ގެނެސްދޭތާ 14 އަހަރު ފަހުން، މި އަންނަ އަހަރު އެ ޝޯ ހުއްޓާލަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ މަޝްހޫރު ސެލެބްރިޓީ ކާޑޭޝަން އާއިލާގެ "ކީޕިން އަޕް ވިތި ކާޑޭޝަންސް" ގެނެސްދޭތާ 14 އަހަރު ފަހުން، މި އަންނަ އަހަރު އެ ޝޯ ހުއްޓާލަން ނިންމައިފި އެވެ.

މިކަން އިންސްޓަގްރާމްގައި ހާމަކޮށް ކާޑޭޝަން އާއިލާގެ އެންމެ މަޝްހޫރު މެމްބަރު ކިމް ކާޑޭޝަން ބުނީ 14 އަހަރު ފަހުން 20 ސީޒަނަކާ އެކު އެ މީހުންގެ ޝޯ ހުއްޓާލުމަކީ އުނދަގޫ ނިންމުމެއް ކަމަށެވެ. އަދި މިކަމަކީ ފޭނުން ވެސް މާޔޫސްވާނެ ކަމަކަށް ވިޔަސް "ކީޕިން އަޕް ވިތު ދަ ކާޑޭޝަންސް" އަކީ އެ މީހުންގެ އެތައް ހަނދާނަކާ ގުޅިފައިވާ ވަރަށް އުފާވެރި ތަޖުރިބާއެއް ކަމަށް ބުންޏެވެ.

ރިއަލިޓީ ޝޯއެއްގެ ގޮތުގައި "ކީޕިން އަޕް ވިތު ދަ ކާޑޭޝަންސް" ގެނެސްދޭން ފެށީ 2007 ގަ އެވެ. އޭގެ ފަހުން އޭގެ އެތައް ސްޕިން-އޮޮފެއް ވެސް ބެލުންތެރިންނަށް ގެނެސްދީފައިވެ އެވެ.

އީ! ކޭބަލް ނެޓްވޯކްގެ ޝޯގެ 20 ވަނަ ސީނާ އެކު ނިންމައިލަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފަހުކޮޅު އެވެ. "ކީޕިން އަޕް ވިތު ދަ ކާޑޭޝަން" އަކީ ކާޑޭޝަން އާއި ޖެނާގެ މެމްބަރުން އާންމުންގެ ތެރޭގައި މަޝްހޫރުކޮށްލި ޝޯއެކެވެ.

އެއިން ފެންނަ މީހުންގެ ތެރޭގައި ކިމް، ކްލޯއީ ކާޑޭޝަން، ރޮބް ކާޑޭޝަން، ކޯޓްނީ ކާޑޭޝަން، ކްރިސް ޖެނާ، ކައިލީ ޖެނާ، ކެންޑާލް ޖެނާ އަދި ސްކޮޓް ޑިޒިކް ފަދަ މީހުން ހިމެނެ އެވެ.