Roadha Mihaaru
އާއިލާގެ ކޮންމެ ކުއްޖަކަށް އިލެކްޓްރިކް ކާރެއް

އާއިލާގެ ކޮންމެ ކުއްޖަކަށް ކްރިސް ޖެނާ ހަދިޔާއަކަށް ދިނީ އިލެކްޓްރިކް ކާރެއް

30 ޑިސެމްބަރ 2021

އެމެރިކާގެ މަޝްހޫރު ކާޑޭޝަން/ޖެނާ އާއިލާގެ އެންމެ އިސް މެމްބަރު ކްރިސް ޖެނާ އޭނަގެ ހުރިހާ ދަރިންނަށް ހަދިޔާއެއްގެ ގޮތުގައި ކާރު ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ މަޝްހޫރު ކާޑޭޝަން/ޖެނާ އާއިލާގެ އެންމެ އިސް މެމްބަރު ކްރިސް ޖެނާ އޭނަގެ ހުރިހާ ދަރިންނަށް ހަދިޔާއެއްގެ ގޮތުގައި ކާރު ދީފި އެވެ.

ކިމް ކާޑޭޝަނާއި ކައިލީ ޖެނާ ފަދަ މަޝްހޫރު މެމްބަރުން ތިބި އާއިލާގެ ހަ ކުދިންނަށް މަންމަ ކްރިސް، ކްރިސްމަސް ހަދިޔާއެއްގެ ގޮތުގައި ދިނީ ކަސްޓަމައިޒް ކޮށްފައިވާ އިލެކްޓްރިކް މޯކޭ ކާރެވެ. މީގެ ކާރެއްގެ އަގަކީ 130،000 ޑޮލަރު (2.01 މިލިއަން ޑޮލަރު) އެވެ.

ކޮންމެ ކުއްޖަކަށް ދިނީ ތަފާތު ކުލައެއްގެ އެއްޗެކެވެ. އެގޮތުން ކިމް އަށް ލިބުނު ފިޔާތޮށި ކުލައިގެ ކާރުގެ ފޮޓޯއެއް އޭނަގެ އިންސްޓަގްރާމް ސްޓޯރީގައި ވެސް ޕޯސްޓްކޮށްފައިވެ އެވެ. އަދި ކްރިސްގެ އިންސްޓަގްރާމްގައި ޕޯސްޓްކުރި ކާރުތަކުގެ ވީޑިއޯއެއް މޯކޭގެ އިންސްޓަގްރާމާއި އެތަނުގެ ވެބްސައިޓްގައި ގެނެސްދީފައިވެ އެވެ.

ދަރިންނަށް ކްރިސް ހަދިޔާއަކަށް ކާރު ދިން އިންއިރު، އޭނަގެ ގިނަ ދަރިންނަކީ ބޮޑު އާމްދަނީއެއް ލިބޭ ބައެކެވެ. އެގޮތުން އެންމެ މުއްސަނދީ ކިމް އާއި ކައިލީ ޖެނާ އެވެ.

މަޝްހޫރު ރެޕާ އަދި ބިިލިއަނަރު ކަންޔޭ ވެސްޓް ގާތުން ވަރިވާން ކޯޓަށް ހުށަހަޅާފައިވާ ކިމް، 41، އަކީ ބިލިއަނަރެކެވެ. ދެވަނަ ދަރިއަކަށް ބަލިވެއިން ކައިލީ، 24، ގެ ގެ މިލްކިއްޔާތު 620 މިލިއަނަށް އަރަ އެވެ.

ކްރިސް، 66، ގެ އެހެން ދަރިންނަކީ ކްލޯއީ ކާޑޭޝަން، 37، އާއި ކޯޓްނީ ކާޑޭޝަން، 42، އާއި ކެންޑާލް ޖެނާ، 26، ގެ އިތުރުން ހަމައެކަނި ފިރިހެން ދަރިފުޅު ރޮބް ކާޑޭޝަން، 34، އެވެ.