Roadha Mihaaru
ކަންޔޭގެ ޑޮކިއުމަންޓަރީއެއް އަންނަ މަހު

ކަންޔޭގެ ޑޮކިއުމަންޓަރީއެއް އަންނަ މަހު

13 ޖެނުއަރީ 2022

އެމެރިކާގެ މަޝްހޫރު ރެޕާ އަދި ބިލިއަނަރު ކަންޔޭ ވެސްޓާ ބެހޭ ގޮތުން ހަދާފައިވާ ޑޮކިއުމަންޓަރީއެއް އަންނަ މަހު ގެނެސްދޭން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ މަޝްހޫރު ރެޕާ އަދި ބިލިއަނަރު ކަންޔޭ ވެސްޓާ ބެހޭ ގޮތުން ހަދާފައިވާ ޑޮކިއުމަންޓަރީއެއް އަންނަ މަހު ގެނެސްދޭން ނިންމައިފި އެވެ.

ތިން ބަޔަކަށް ގެނެސްދޭން ނިންމާފައިވާ އަދި ނަމަކަށް "ޖީން-ޔޫސް: އަ ކަންޔޭ ޓްރިލޮޖީ" ގެ ނަން ދީފައިވާ މި ޑޮކިއުމަންޓަރީގެ ފުރަތަމަ ބައި ނެޓްފްލިކްސް އަންނަ މަހުގެ 16 ގައި ސްޓްރީމްކުރުމުގެ ކުރިން އަންނަ މަހުގެ 10 ގައި ސިނަމާތަކުގައި އަޅުވަން ވެސް ނިންމާފައިވެ އެވެ.

އުފެއްދުމުގެ މަސައްކަތްކުރާތާ 20 އަހަރުވީ މި ޑޮކިއުމަންޓަރީގައި ކަންޔޭގެ ހަޔާތުގެ އުސްއަލިތައް ގެނެސްދޭނެ އެވެ.

ކްލަރެންސް (ކޫޑީ) ސައިމަންސް އާއި ޗައިކް އޮޒާ ޑައިރެކްޓްކޮށްފައިވާ "ޖީން-ޔޫސް: އަ ކަންޔޭ ޓްރިލޮޖީ" ގެ ޓްރެއިލާ އިން ވެސް ވަނީ މިހާރު އުމުރުން 44 އަހަރުގެ ކަންޔޭގެ ވަރަށް ޒުވާން އުމުރުގެ ދުވަސްތަކެއް ވެސް ދައްކާލައިފަ އެވެ.

އެމެރިކާގައި އެންމެފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރި ކަންޔޭ އަކީ މިއުޒިކާއި އަމިއްލަ ވިޔަފާރިން ވެސް ވަރަށް ކާމިޔާބު ފަންނާނެކެވެ. އޭނާގެ ބްރޭންޑްތަކުގެ ތެރޭގައި ޔީޒީ އާއި ޑޮންޑާ ހިމެނެ އެވެ. ކަންޔާގެ މިލްކިއްޔާތު 1.8 ބިލިއަން ޑޮލަރަށް އަރަ އެވެ.

ޕްރޮފެޝަނަލް ކެރިއަރުގައި ކާމިޔާބަސް ކަންޔޭގެ ޒާތީ ދިރިއުޅުން އެހާ އޮމާނެއް ނޫނެވެ. އޭނާގެ ހަތަރު ދަރިންގެ މަންމަ ކިމް ކަޑޭޝިއަން އޮތީ މިދިިޔަ އަހަރު ކުރީކޮޅު ކަންޔޭ ގާތުން ވަރިވާން ކޯޓަށް ހުށަހަޅައިފަ އެވެ. ކަންޔޭ މިހާރު ރައްޓެހިވެގެން އުޅެނީ ބަތަލާ ޖޫލިއާ ފޮކްސް، 31، އާ އެވެ.