Roadha Mihaaru
އަލަނާސިއާ ހެދި ޓައިވާނާއި ޗައިނާ ކޯޅެނީ

އަލަނާސިއާ ހެދި ޓައިވާނާއި ޗައިނާ ކޯޅެނީ

21 މާޗް 2021

ޓައިވާންގެ "އަލަނާސި އަކީ ގައުމަށް އޮތް ނުރައްކަލެއް" ކަމަށް ބުނެ ޓައިވާނުން އަލަނާސި އެތެރެކުރުން މިދިޔަ މަހު މަނާކުރުމާ ގުޅިގެން ދެ ގައުމުގެ މެދުގައި ކޯޅުންގަނޑެއް ފެށިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޓައިވާންގެ "އަލަނާސި އަކީ ގައުމަށް އޮތް ނުރައްކަލެއް" ކަމަށް ބުނެ ޓައިވާނުން އަލަނާސި އެތެރެކުރުން މިދިޔަ މަހު މަނާކުރުމާ ގުޅިގެން ދެ ގައުމުގެ މެދުގައި ކޯޅުންގަނޑެއް ފެށިއްޖެ އެވެ.

ޗައިނާ އިން ބުނެފައިވާ ގޮތުގައި ޓައިވާނުން ގިނަ އަދަދަކަށް އަލަނާސި އެތެރެކުރާ ނަމަ އެ ގައުމުގައި އަލަނާސި ހައްދާ ދަނޑުވެރިންގެ މަސައްކަތް ހަލާކުވެ، އެތައް ބަޔަކަށް މާލީ ގެއްލުންވާނެ އެވެ. އަދި ޓައިވާނުން ޗައިނާ އަށް އަލަނާސި އެތެރެކުރާ ނަމަ އޭގެ ސަބަބުން ގަސްގަހަށް ބަލި ޖެހި ނުރައްކާ ބޮޑުވެ، އެކަމުގެ ސަބަބުން ވެސް ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް މި މައްސަލާގައި ޓައިވާނުން ބުނީ ޗައިނާ އިން ދައްކަނީ ތާކުންތާކު ޖެހޭ ބަހަނާއެއް ނޫން ކަމަށާއި މަގުސަދަކީ ސިޔާސީ ގޮތުން އެ ގައުމަށް ފިއްތުން ކަމަށެވެ. އެކަމަކު ޓައިވާނުގެ އަލަނާސި އަކީ ރަހައިގެ ގޮތުން އެއް ވަނައިގެ މޭވާއެއް ކަމަށާއި އެ ގައުމުގެ އަލަނާސި ޗައިނާ އަށް ވައްޓައި ނުލެވޭނެ ކަމަށް ބުންޏެވެ.

މިކަމާ ގުޅޮގެން ޓައިވާނުގެ ނައިބު ރައީސް ލައި ޗިންގް-ޓީ ވަނީ ސޯޝަލް މީޑިއާގައި ކެމްޕޭނެއް ވެސް ފަށައިފަ އެވެ. ޓްވިޓާގައި އޭނާ ވިދާޅުވީ "ޓައިވާނުގެ އަލަނާސި އަކީ ފައިޓަ ޖެޓަށް ވުރެ ވަރުގަދަ އެއްޗެއް" ކަމަށާއި "ޖިއޯޕޮލިޓިކަލް ފިއްތުންތަކާ ހެދި އެ ގައުމުގެ އަލަނާސީގެ ފޮނި ރަހަ ކަނޑުވައިނުލެވޭ" ކަމަށެވެ.

އަލަނާސީގެ މައްސަލާގައި ޗައިނާއާ ދެކޮޅަށް ނައިބްް ރައީސް ކެމްޕޭން ފެއްޓެވުމުން ވަރަށް ގިނަ ބަޔަކު މިހާރު އަންނަނީ ޓްވިޓާގެ ކެޕްމޭނުގައި ބައިވެރިވަމުންނެވެ. އެގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުން އަންނަނީ ޓައިވާނުގެ އަލަނާސީގެ ފޮޓޯތަކާ އެކު އޭގެ ރަހަ އަށް ތައުރީފު ކުރަމުންނެވެ. ނައިބް ރައީސް ވަނީ ވީހާ ވެސް ގިނަ ބަޔަކު އެ ގައުމުގެ އަލަސާނި ކައި "ޗައިނާ ދަހިކުރަން" ވެސް އެދިވަޑައިގެންފަ އެވެ. ހާއްސަކޮށް ޓައިވާނުގެ "ނަސީބު ގަދަ" ރައްޔިތުންވެ.

ޓައިވާންގެ އެގްރިކަލްޗަ ކައުންސިލްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެ ގައުމުގައި އަހަރަކު 420،000 ޓަނުގެ އަލަނާސި ހައްދަ އެވެ. އަދި މިދިޔަ އަހަރު ޗައިނާ އަށް ބޭރުކޮށްފައި ވަނީ އެންމެ 10 ޕަސެންޓް އަލަނާސި އެވެ.