16 ޑިސެމްބަރ 2024
ރާއްޖޭގައި ރުކުމަޑި ކޮންޓްރޯލް ކުރަން ޗައިނާގެ އެހީގައި ހދ. ހަނިމާދޫގައި ލެބޯޓަރީއެއް ހެދުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.
ރާއްޖޭގައި ރުކުމަޑި ކޮންޓްރޯލް ކުރަން ޗައިނާގެ އެހީގައި ހދ. ހަނިމާދޫގައި ލެބޯޓަރީއެއް ހެދުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.
ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން "ސަރުކާރު" ވެބްސައިޓުގައި ބުނީ މި އަހަރު ކުރީކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދުގައި ސޮއިކުރި އެއްބަސްވުންތަކުގެ ތެރެއިން އެއް އެއްބަސްވުމަކީ ރާއްޖޭގެ ރުއްތަކަށް ގެއްލުންދޭ ރުކުމަޑީގެ ބާވަތެއް ކޮންޓްރޯލް ކުރުމަށް ތިމާވެއްޓާ ރައްޓެހި، އަދި ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް އެހީތެރިކަން ދިނުން ކަމަށެވެ.
ރާއްޖޭގެ ރުއްތަކަށް ގެންލުންދޭ ސޫފާސޫފީގެ ތެރެއިން އެންމެ ނުރައްކާތެރި އެއް ސޫތްޕަކީ ކޮކޮނަޓް ހިސްފިޑް ބީޓްލް ނަމަކަށް ކިޔާ ރުކުމަޑީގެ ބާވަތެކެވެ.
ޗައިނާ ސަރުކާރާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ބާވަތުގެ ރުކުމަޑިއަށް ހަމަލާދޭ ޕެރެސިޓޮއިޑް އާލާކޮށް ގިނަކުރުމަށް ހާއްސަ ލެބޯޓަރީއެއް ހަދާނެ އެވެ. އަދި އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކޮށްދިނުމަށް ހާއްސަ މަޝްރޫއެއް ހިންގަން ޗައިނީޒް އެކަޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސަސް (ކަޓާސް)އާ ޗައިނާގެ ސަރުކާރުން މިހާރު ހަވާލުކޮށްފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
Experts from the Chinese Academy of Tropical Agricultural Sciences (CATAS), in collaboration with the Ministry of Agriculture and Animal Welfare (MOAAW), visited HA. Maafahi Island to explore efforts in establishing a biological control program to combat the Coconut Hispid… pic.twitter.com/G2PcrolsZd
— Ministry of Agriculture and Animal Welfare (@MAAWmv) December 14, 2024
މިނިސްޓްރީން ބުނީ އެ އިންސްޓިޓިއުޓްގެ ހަތަރު ޕްރޮފެސަރުން މިދިޔަ ބުދަ ދުވަހު ރާއްޖެ ވަޑައިގެންފައިވާ ކަމަށެވެ.
އެ ދަތުރުގެ މަގުސަދަކީ، މިނިސްޓްރީން ބުނި ގޮތުގައި، ރާއްޖޭގައި ކޮކޮނަޓް ހިސްޕިޑް ބީޓްލް ކޮންޓްރޯލްކުރުމަށް ނެޗުރަލް އެނެމީ ލެބޯޓަރީއެއް ހެދުމުގެ އެންމެ ފަހުގެ ދިރާސާތައްކޮށް، ލެބޯޓަރީ ހަދަން ކަނޑައަޅާ ސަރަހައްދު ބަލައި، އެތަނުގައި ކުރަން ޖެހޭ މަސައްކަތްތައް ދެނެގަނެ އަދި ވީހާ ވެސް އަވަހަކަށް މަސައްކަތް ފެށުމަށް ތައްޔާރުވުމެވެ.
ކަޓާސްގެ ފަންނީ މާހިރުންގެ ޓީމު ހދ. ހަނިމާދޫގައި.-- ފޮޓޯ: ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީ
މި ލެބޯޓަރީ ހަނިމާދޫގައި ހަދަން ނިންމީ އެ ރަށުގައި ހުންނަ އެގްރިކަލްޗަރަލް ސެންޓަރުގައި މި ލެބޯޓަރީ ހަދާނެ ޖާގަ އޮތުމާއި މި ވަގުތު މި މަސައްކަތް އެންމެ އަވަހަށް ފެށޭނީ އެތަނުގައި ކަމަށް ފެންނާތީ ކަމަށް މިނިސްޓްރީން ބުންޏެވެ.
ކަޓާސްގެ ފަންނީ މާހިރުންގެ ޓީމު މިހާރު ތިއްބެވީ ހަނިމާދޫގަ އެވެ.
"މި ޓީމުން ހަނިމާދުއަށް ކުރާ މި ދަތުރުގައި މިއަދު ވަނީ ބަޔޮލޮޖިކަލް ކޮންޓްރޯލް މެނޭޖްމަންޓް ޕްރޮޓޮކޯލްތަކާއި އިންސެކްޓް-ޕެސްޓް އިންޓަރެކްޝަންތަކާ ބެހޭ މުހިންމު ފަންނީ މައުލޫމާތުތަކެއް މިނިސްޓްރީގެ ފަންނީ މުވައްޒަފުންނާއި ހިއްސާކުރައްވައިފަ އެވެ،" މިނިސްޓްރީން ބުންޏެވެ.
ކަޓާސްގެ މާހިރުންނާއި ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީގެ ފަންނީ މުވައްޒަފުން ވަނީ ދަނޑުވެރިކަން ކުރާ ރަށެއް ކަމަށްވާ ހއ. މާފައްސަށް ވެސް ވަޑައިގެންފަ އެވެ. އެއީ، ހިސްޕިޑް ބީޓްލް ކޮންޓްރޯލްކުރުމަށް މާފަހީގައި މިހާރު ފަށާފައިވާ ބަޔޮލޮޖިކަލް ކޮންޓްރޯލް ޕްރޮގްރާމްގެ މަސައްކަތްތައް ކުރިޔަށް ގެންދާ ގޮތް ބަލައި މައުލޫމާތު ބަދަލުކުރުމަށް ކުރި ދަތުރެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
އުތުރު ތިލަފަޅުގައި ދަނޑުވެރިކަން ކުރަން ސޮއިކޮށްފި
ޗައިނާ ކަލްޗަރަލް އެސޯސިއޭޝަންގެ އޮފީހެއް ހަނިމާދޫގައި
ގުޅިފަޅުގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކަށް
ރާއްޖެ-ޗައިނާ އިން އެފްޓީއޭ އަށް އަމަލުކުރަން ފަށައިފި
ރާއްޖެ-ޗައިނާގެ އެފްޓީއޭއަށް ބުދަ ދުވަހު އަމަލުކުރަނީ
"ޗައިނާއަކީ ރާއްޖޭގެ އިތުބާރު އޮތް ރަހުމަތްތެރިއެއް"
ޗައިނާގެ ސަފީރު، ރައީސްއާ ވަދާއީ ސަލާންކުރައްވައިފި
ދަނޑުވެރިކަމުގެ މަޝްރޫއު ފުށިދިއްގަރުފަޅަށް ބަދަލުކޮށްފި
ޗައިނާއިން ސީއެޗްއެސްއީ އަށް އޭސީތަކެއް ހަދިޔާކޮށްފި
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި