19 މާޗް 2021
އުތުރު ތިލަފަޅު ތަރައްގީކުރަން އިންޑި އާއެކު ވެފައިވާ އެއްބަސްވުމުގެ ތެރެއަށް ސިފައިން ވެއްދުމަކީ ސަރުކާރުން ހެދި ގޯހެއް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ރޭ ވިދާޅުވެއްޖެ އެވެ.
އުތުރު ތިލަފަޅު ތަރައްގީކުރަން އިންޑި އާއެކު ވެފައިވާ އެއްބަސްވުމުގެ ތެރެއަށް ސިފައިން ވެއްދުމަކީ ސަރުކާރުން ހެދި ގޯހެއް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ރޭ ވިދާޅުވެއްޖެ އެވެ.
ތިން އަހަރުގެ ތެރޭގައި ކޯސްޓްގާޑު ބަނދަރެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި މިދިޔަ މަހުގެ 21 ގައި ސޮއިކުރެއްވީ އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ސުބްރަމަންޔަން ޖައިޝަންކަރާއި ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.
އެގްރިމެންޓާ ގުޅޭ އިތުރު ތަފްސީލު ހާމަނުކޮށް އުޅެނިކޮށް، އޭގެ ޑްރާފްޓް ކޮޕީއެއް ކަމަށް ވިދާޅުވެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ މިދިޔަ ހޯމަ ދުވަހު ލިޔުންތަކެއް އާންމުކުރައްވައިފަ އެވެ. މައްސަލަ ގޯސްވީ އެ ހިސާބުންނެވެ.
އެއްބަސްވުމުގައި ގައުމީ ސަލާމަތަށް ނުރައްކާވާ އެތައް ކަމެއް އެބަހުރި ކަމަށް ބުނަމުން ދާއިރު އެ ހުރިހާ ކަމެއް ދޮގުކޮށް، ދިވެހި ސިފައިންގެ އެންމެ ޖެނެރަލަކު ފިޔަވައި، އެހެން ހުރިހާ ޖެނެރަލުންނާ އެކު މިދިޔަ އަންގާރަ ދުވަހު ވަނީ ނިއުސް ކޮންފަރެންސެއް ބާއްވައި އަސްކަރިއްޔާގެ ދިފާއުގައި ވާހަކަ ދައްކަވައިފަ އެވެ.
ނަމަވެސް އެ ނިއުސް ކޮންފަރެންސްގައި، އެއްބަސްވުމުގައި ސޮއިކުރެއްވި ޑިފެންސް މިނިސްޓަރު މާރިޔާ ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި އާދަމް ޝަރީފް އެކަމާ ގުޅިގެން ވިދާޅުވީ އެމްއެންޑީއެފްގެ އަގުވެއްޓޭ ގޮތަށް ކޮރަޕްޝަންގެ އިނގިލި ދިއްކުރުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
"ޔޫޓީއެފް އެގްރިމެންޓްގެ މައްސަލައިގެ ތެރެއަށް އެމްއެންޑީއެފް ވެއްދުމަކީ ސަރުކާރުން ހެދި ގޯހެއް. މި ފަދަ ކަންކަމުން އަސްކަރިއްޔާއަށް ކުރާ އިތުބާރާއި އިހުތިރާމާއި ގަދަރު ކުޑަވާނެ. އެކަން މި ދަނީ ފެންނަމުން،" މަޑުއްވަރީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އާދަމް ޝަރީފް ވިދާޅުވި އެވެ.
އިދިކޮޅު ކޯލިޝަނުން ވަނީ ޔޫޓީއެފް އެގްރިމެންޓް ހިމެނޭހެން، ރާއްޖޭގެ މިނިވަންކަން ގެއްލޭ އެއްބަސްވުންތައް ބާތިލްކުރަން ސުޕްރީމް ކޯޓަށް ދާން ވެސް ނިންމައިފަ އެވެ.
ޔާމީންގެ ވެރިކަމުގައި ވެސް ޔޫޓީއެފް ތަރައްގީކުރުމުގެ މަޝްވަރާތައް އިންޑިއާއާ އެކު ކުރިއަށް ގެންދިޔަ އެވެ. އެކަމަކު އާދަމް ޝަރީފް ވިދާޅުވީ ބޭރު ބަޔަކު ލައްވައި އެ ބަނދަރު ތަރައްގީކުރަން ޔާމީން ބޭނުންފުޅު ނުވީ ގައުމުގެ ސަލާމަތަށް ނުރައްކާ ވެދާނެތީ ކަމަށެވެ. ބަންޑާރަކޮށީގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ ޔޫޓީއެފް އެގްރިމެންޓުގައި ކަންބޮޑުވާން ޖެހޭ ކަމެއް ނެތް ކަމަށެވެ. އެ ބަނދަރުގެ ސަބަބުން ކޯސްޓް ގާޑުގެ ހިދުމަތްތައް ރަނގަޅުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ދިފާއީ ބާރުގެ ވެރިންގެ އިތުބާރާ މެދު ސުވާލު އުފެދިދާނެ
ޔޫޓީއެފް މައްސަލާގައި ޑިފެންސުން ޔާމީނަށް ރައްދު ދީފި
ހާލަތަށް ބަލައި ސިފައިން ނިންމާނީ ރަނގަޅަށް: އާދަމް
ކަންބޮޑުވާންޖެހޭ ކަމެއް އެއްބަސްވުމަކު ނެތް: ޝަމާލް
ކުރީ ސަރުކާރުން ތިލަފަޅު ހަދަން ބޭނުންވީ އަމިއްލައަށް
ސަލާމަތީ ޚިދުމަތްތަކުގެ އެއްބާރުލުން ލިބޭނެ: މާރިޔާ
ކުރީގެ ޑިފެންސް ޗީފް ޝަމާލް ރިޓަޔާ ކުރައްވައިފި
އުތުރުތިލަފަޅުގައި ބޭރުގެ ސިފައިންނެއް ނުތިބޭނެ:ޑިފެންސް
ޑިފެންސް ޗީފް ޝަމާލަށް ލެފްޓިނެންޓް ޖެނެރަލްގެ ރޭންކް
"މަޖިލިސް މެމްބަރުން ފާރުމަތިން އުކުން މާޒީވެއްޖެ"