Roadha Mihaaru
ޑިފެންސް ޗީފް ޝަމާލަށް ލެފްޓިނެންޓް ޖެނެރަލްގެ ރޭންކް

ލެފްޓިނެންޓް ޖެނެރަލްގެ ރޭންކް ލިބިވަޑައިގަތް ދެވަނަ ބޭފުޅަށް ޑިފެންސް ޗީފް ޝަމާލް

25 ޖުލައި 2023

ސިފައިންގެ އިސް ހަތަރު ޖެނެރަލުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު މަގާމުގެ ކުރިއެރުން ދެއްވުމާ އެކު، ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލަށް ލެފްޓިނެންޓް ޖެނެރަލްގެ ރޭންކް މިއަދު ލިބިވަޑައިގެންފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސިފައިންގެ އިސް ހަތަރު ޖެނެރަލުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު މަގާމުގެ ކުރިއެރުން ދެއްވުމާ އެކު، ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލަށް ލެފްޓިނެންޓް ޖެނެރަލްގެ ރޭންކް މިއަދު ލިބިވަޑައިގެންފި އެވެ.

ލެފްޓިނެންޓް ޖެނެރަލަކީ ސިފައިން ރޭންކްތަކުގެ ތެރެއިން ދެވަނަ އަށް އެންމެ އިސް ރޭންކެވެ. ސިފައިންގެ ތާރީހުގައި އެ ރޭންކް މީގެ ކުރިން އޮތް ހަމައެކަނި ބޭފުޅަކީ ރިޓަޔާޑް ލެފްޓިނެންޓް ޖެނެރަލް އަންބަރީ އަބްދުއްސައްތާރެވެ.

އެމްއެންޑީއެފްއިން ބުނީ ކުރިން މޭޖާ ޖެނެރަލެއްގެ ރޭންކްގައި ހުންނެވި ޗީފް އޮފް ޑިފެންސް ފޯސް ޝަމާލަށް ލެފްޓިނެންޓް ޖެނެރަލްގެ ރޭންކް ދެއްވީ ބަންޑާރަ ކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އަދި ސިފައިންގެ އެންމެ މަތީވެރިޔާ އިބްރާހިމް މުހައްމަދު ސޯލިހް ކަމަށެވެ. ޝަމާލްގެ އިތުރުން ކުރިން ބްރިގޭޑިއާ ޖެނެރަލްގެ ރޭންކުގައި ހުންނެވި ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް އަބްދުއްލަތީފް މޭޖާ ޖެނެރަލެއްގެ ރޭންކަށް ވެސް ވަނީ ޕްރޮމޯޓް ކޮށްފަ އެވެ.

މިއަދު މަގާމުގެ ކުރިން އެރުން ދެއްވި ސިފައިންގެ އެންމެ އިސް ހަތަރު އޮފިސަރުންނާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ފޮޓޯފުޅެއް ނަންގަވަނީ.---ފޮޓޯ: އެމްއެންޑީއެފް

އެ ދެ ބޭފުޅުންގެ އިތުރުން ސިފައިންގެ މެރިން ކޯގެ ކޮމަޑަންޓް ވައިސް ވަހީދާއި ސާވިސްގެ ކޯގެ ކޮމަންޑަންޓް ހާމިދު ޝަފީގަށް މޭޖާ ޖެނެރަލްގެ ރޭންކް ވެސް ރައީސް މިއަދު ވަނީ ދެއްވައިފަ އެވެ. އެ ބޭފުޅުންނަށް މަގާމުގެ ލިޔުން ހަވާލުކޮށް ދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.

ސިފައިންގެ ރޭންކްތަކުގެ ތެރެއިން އެންމެ މަތީ ރޭންކަކީ ޖެނެރަލްގެ ރޭންކެވެ. ނަމަވެސް މަގާމުގެ ގޮތުން ސިފައިންގެ އެންމެ މަތީވެރިޔާ (ކޮމާންޑާ އިން ޗީފް) އަކީ ރައީސުލް ޖުމްހޫރިއްޔާ އެވެ.