10 އޯގަސްޓް 2022
އެމެރިކާގެ ނޭޝަނަލް ޑިފެންސް ޔުނިވާސިޓީގެ މަތީ ޝަރަފު، ރާއްޖޭގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލަށް އިއްޔެ އަރުވައިފި އެވެ.
އެމެރިކާގެ ނޭޝަނަލް ޑިފެންސް ޔުނިވާސިޓީގެ މަތީ ޝަރަފު، ރާއްޖޭގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލަށް އިއްޔެ އަރުވައިފި އެވެ.
ސިޑްނީގައި ބޭއްވި ހަފުލާއެއްގައި "އިންޓަނޭޝަނަލް ފެލޯސް ހޯލް އޮފް ފޭމް" ގައި ހިމެނުމުގެ ޝަރަފު ލިބިވަޑައިގެންނެވިކަމުގެ ލިޔުން ޝަމާލަށް ދެއްވީ އެ ޔުނިވާސިޓީގެ ރައީސް ލެފްޓިނެންޓް ޖެނެރަލް މައިކް ޕްލެއިން އެވެ.
އެއީ ޑިފެންސް ޔުނިވާސިޓީން ރަންވަނަތަކާއި މަތީ ފެންވަރުގައި ދަސްވެނިވުމަށް ފަހު، އަސްކަރިއްޔާތަކުގެ ޗީފުންގެ މަގާމަށް އައްޔަންކުރާ ބޭފުޅުންނާއި ސަރުކާރުގެ އިސް މަގާމުތައް އަދި ބައިނަލްއަގްވާމީ ޖަމިއްޔާތަކުގައި އިސް މަގާމުތައް އަދާކުރައްވާ ބޭފުޅުންގެ ތެރެއިން، ދުނިޔޭގެ ހަމަޖެހުމާއި ސުލްހަ އަށް ފާހަގަކުރެވޭ ފަދަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅުންނަށް އަރުވާ އެންމެ މަތީ ޝަރަފެވެ.
ޝަމާލަކީ ޑިފެންސް ޔުނިވާސިޓީން ދަސްވެނިވެފައިވާ ދިވެހިންގެ ތެރެއިން އެ ޝަރަފު އެރުވި އެންމެ ފުރަތަމަ ބޭފުޅާ އެވެ.
އޭނާ ވަނީ ދިފާއި ދާއިރާއާ ގުޅޭ ދާއިރާތަކުން ތިން މާސްޓާސް ޑިގްރީއެއް ހާސިލް ކުރައްވައިފަ އެވެ.
ޑިފެންސް ޔުނިވާސިޓީން 2012 ގައި އޭނާ ފުރިހަމަކުރެއްވީ މާސްޓާސް އޮފް އާޓްސް އިން ސްޓްރެޓީޖިކް ސެކިއުރިޓީ ސްޓަޑީސް އެވެ. އެ ކޯހުގެ ހުރިހާ މާއްދާއަކުން "އޭ ޕްލަސް" ހޯއްދަވައި 4.0 ގެ ގްރޭޑް ޕޮއިންޓް އެވްރެޖް ހޯއްދަވައިފަ އެވެ. އަދި އެ ކޯހުގެ "ޑިސްޓިންގިޝްޑް އޮނަ ގްރެޖުއޭޓްގެ" މަގާމު ހާސިލް ކުރެއްވުމުގެ އިތުރުން "އޮނާޑް ތީސަސް" ގެ ގޮތުގައި ޝަމާލް ހުށެހެޅުއްވި ތީސިސް ވަނީ ހޮވިފަ އެވެ.
އިނގިރޭސި ވިލާތުން ޑިފެންސް އެންޑް ސެކިއުރިޓީ އެނަލިސިސް މާސްޓާސް އަދި އިންޑިއާ އިން ޑިފެންސް އެންޑް ސްޓްރެޓީޖިކް ކޯހުގެ މާސްޓާ އޮފް ސައިންސް ޕްރޮގްރާމް ވެސް ޝަމާލް ނިންމެވި އެވެ.
ޝަމާލުގެ އިތުރުން ހަތަރު ގައުމަކުން ހަތަރު ބޭފުޅަކަށް އެމެރިކާގެ ނޭޝަނަލް ޑިފެންސް ޔުނިވާސިޓީގެ މަތީ ޝަރަފު އެރުވި އެވެ.
ކުރީގެ ޑިފެންސް ޗީފް ޝަމާލް ރިޓަޔާ ކުރައްވައިފި
ޑިފެންސް ޗީފް ޝަމާލަށް ލެފްޓިނެންޓް ޖެނެރަލްގެ ރޭންކް
ސަލާމަތީ ކަންކަން އެކަންޏެއް ނުބެލެހެއްޓޭނެ: ޝަމާލް
ދިފާއީ ބާރުގެ ވެރިންގެ އިތުބާރާ މެދު ސުވާލު އުފެދިދާނެ
ބިދޭސީންގެ އަމަލުތައް ގައުމު ހިފުމެކޭ އެއްފަދަ: ޝަމާލް
ސިފައިންގެ ސެންޓްރަލް އޭރިއާއަށް އާ ކޮމާންޑަރެއް
މިނިވަންކަން ދިފާއުކުރަން ފުރާނަ ދޭން ފަހަތަށް ނުޖެހޭނެ
ވަފާތެރި ލަޝްކަރެއް އޮތްކަން ދައްކަންވީ ވަގުތު ޖެހިއްޖެ
ނަތީޖާ ދަށް ދަރިވަރުން ޕޮލިހާއި ސިފައިންގެއަށް ވައްދަނީ
ޑޯނިއާ ދުއްވަން ނުދޭ ސަބަބު ހާމަނުކުރަން ކޯޓަށް