18 ނޮވެމްބަރ 2023
ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް އަބްދުﷲ ޝަމާލް ސިފައިންގެ ވަޒީފާއިން ޝަރަފުވެރިކަމާ އެކު ރިޓަޔާ ކުރައްވައިފި އެވެ.
ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް އަބްދުﷲ ޝަމާލް ސިފައިންގެ ވަޒީފާއިން ޝަރަފުވެރިކަމާ އެކު ރިޓަޔާ ކުރައްވައިފި އެވެ.
އިއްޔެ ދައުރު ހަމަކުރި ރައީސް ޢިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ޑިސެމްބަރު، 2018 ގައި ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އައްޔަން ކުރެއްވި ޝަމާލް ސިފައިންގެ ހިދުމަތުން ރިޓަޔާވެ ވަޑައިގަތީ އިއްޔެ އެވެ.
އިއްޔެ އިން ފެށިގެން ވެރިކަމާ ހަވާލުވި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އާ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ހަމަޖެއްސީ ކުރީގެ ސަރުކާރުގެ ވައިސް ޗީފަކަށް ހުންނެވި މޭޖާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފެވެ.
އެމްއެންޑީއެފުން މިރޭ ބުނިގޮތުގައި ސިފައިންގެ ހިދުމަތުން ޝަމާލް ރިޓަޔާވެ ވަޑައިގަތީ 35 އަހަރުގެ ހިދުމަތަށް ފަހު އެވެ. އޭނާއަކީ ސިފައިންގެ ދެވަނައަށް އެންމެ އިސް ރޭންކް ކަމަށްވާ ލެފްޓިނެންޓް ޖެނެރަލްގެ ރޭންކް ސިފައިންގެ ތާރީހުގައި ވެސް ލިބިވަޑައިގަތް ދެވަނަ ބޭފުޅާ އެވެ.
ޝަމާލަށް ލެފްޓިނެންޓް ޖެނެރަލްގެ ރޭންކް ލިބިވަޑައިގަތީ މި އަހަރުގެ ތެރޭގަ އެވެ. އޭގެކުރިން އެ ރޭންކް އޮތް ހަމައެކަނި ބޭފުޅަކީ ރިޓަޔާޑް ލެފްޓިނެންޓް ޖެނެރަލް އަންބަރީ އަބްދުއްސައްތާރެވެ.
ޗީފް އޮފް ޑިފެންސް ފޯސްއަކީ އެމްއެންޑީއެފް ދުވަހުން ދުވަހަށް ހިންގުމުގެ އެންމެ އިސް ފަރާތެވެ. އެ މަގާމަށް ބޭފުޅުން އައްޔަންކޮށް ވަކި ކުރައްވާނީ ރައީސެވެ.
ޝަމާލް ރިޓަޔާ ކުރެއްވިއިރު ކުރީގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ދާދިފަހުން ވަނީ ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރައްވައިފަ އެވެ.
ސިފައިންގެ ޗީފް އަބްދުއްރަހީމް އަންނަ މަހު ރިޓަޔާކުރަނީ
ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ހިލްމީ
ޑިފެންސް ޗީފް ޝަމާލަށް ލެފްޓިނެންޓް ޖެނެރަލްގެ ރޭންކް
ބްރިގޭޑިއާ މަތީން ސިފައިންގެއިން ރިޓަޔާކުރައްވައިފި
ސަލާމަތީ ކަންކަން އެކަންޏެއް ނުބެލެހެއްޓޭނެ: ޝަމާލް
ޝަމާލަށް ޑިފެންސް ޔުނިވާސިޓީގެ އެންމެ މަތީ ޝަރަފު
ދިފާއީ ބާރުގެ ވެރިންގެ އިތުބާރާ މެދު ސުވާލު އުފެދިދާނެ
ބިދޭސީންގެ އަމަލުތައް ގައުމު ހިފުމެކޭ އެއްފަދަ: ޝަމާލް
ސިފައިންގެ ސެންޓްރަލް އޭރިއާއަށް އާ ކޮމާންޑަރެއް
މިނިވަންކަން ދިފާއުކުރަން ފުރާނަ ދޭން ފަހަތަށް ނުޖެހޭނެ