Roadha Mihaaru
ސިފައިންގެ ޗީފް އަބްދުއްރަހީމް އަންނަ މަހު ރިޓަޔާކުރަނީ

ސިފައިންގެ ޗީފް އަބްދުއްރަހީމް އަންނަ މަހު ރިޓަޔާ ކުރައްވަނީ

14 މާޗް 2024

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފު ސިފައިންގެ ހިދުމަތުން އަންނަ މަހު ރިޓަޔާ ކުރައްވަން ނިންމަވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފު ސިފައިންގެ ހިދުމަތުން އަންނަ މަހު ރިޓަޔާ ކުރައްވަން ނިންމަވައިފި އެވެ.

ސިފައިންގެ ޔުނިފޯމް ބޮޑީގެ އެންމެ އިސްވެރިޔާގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް ސިފައިންގެ ހިދުމަތާ ދުރަށް ވަޑައިގަންނަވަނީ އެނގިފައިވާ ގޮތުގައި އަންނަ މަހުގެ 17 ގައި އޭނާގެ އުމުރުން 60 އަހަރު ވާތީ އެވެ. އެހެންވެ، ޝަރަފުވެރިކަމާ އެކު މަގާމުން ދުރަށް ވަޑައިގަންނަވާނެ ކަން އެ ތަނުގެ އެންމެ އިސްވެރިންނަށް ވަނީ އަންގަވައިފަ އެވެ.

ސިފައިންގެ ގާނޫނު ބުނާގޮތުން، އެ ވަޒީފާގައި ހުރެވޭނެ އެންމެ ދޮށީ އުމުރަކީ 60 އަހަރެވެ. އެ ގާނޫނަށް ބަދަލެއް ނުގެންނަ ނަމަ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި އަބްދުއްރަހީމަށް ދެން ދެމިހުންނެވޭނީ 34 ދުވަސް ވަންދެންނެވެ.

ކުރީގެ ސަރުކާރުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު ފުރުއްވަމުން ގެންދަވަނިކޮށް، ސިފައިންގެ ޗީފަކަށް އޭނާ އައްޔަން ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގެ ހުވާކުރެއްވުމަށް ފަހު، މިދިޔަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހެވެ.

ސިފައިންގެ ހިދުމަތުގައި 37 އަހަރު ހޭދަ ކުރައްވާފައިވާ އަބްދުއްރަހީމް، އާ ސަރުކާރާއެކު ރިޓަޔާކުރައްވަން މީގެ ކުރިން ވެސް ނިންމެވި އެވެ. ނަމަވެސް އުމުރުން 60 އަހަރު ވާން ކުޑަ ދުވަސްކޮޅެއް އޮތުމުން މަގާމުގައި ދެމިހުންނެވީ އެވެ.