11 ޑިސެމްބަރ 2023
ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި މޭޖާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް، ލެފްޓިނެންޓް ޖެނެރަލް ރޭންކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ޕްރޮމޯޓް ކުރައްވައިފި އެވެ.
ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި މޭޖާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް، ލެފްޓިނެންޓް ޖެނެރަލް ރޭންކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ޕްރޮމޯޓް ކުރައްވައިފި އެވެ.
ބަންޑާރަކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ރައީސް ޑރ. މުއިއްޒު، އަބްދުއްރަހީމަށް ލެފްޓިނެންޓް ޖެނެރަލްގެ ރޭންކު ހަވާލުކޮށްދެއްވިއިރު، މަގާމުގެ ކުރިއެރުން ދެއްވިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނެވެ.
ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމަށް މަގާމުގެ ކުރިއެރުން ދިން ކަމުގެ ލިޔުން ޑިފެންސް މިނިސްޓަރު ޣައްސާން މިއަދު ހަވާލު ކޮށްދެއްވަނީ.---ފޮޓޯ: އެމްއެންޑީއެފް
މިއީ މި އަހަރު އަބްދުއްރަހީމަށް ޕްރޮމޯޝަން ލިބިވަޑައިގެންނެވި ދެ ވަނަ ފަހަރެވެ. މޭޖާ ޖެނެރަލެއްގެ ރޭންކަށް އޭނާ ޕްރޮމޯޓުކުރީ ކުރީގެ ސަރުކާރުގައި މިދިޔަ ޖުލައި 25 ގަ އެވެ. އޭގެ ފަހުން ރައީސް ޑރ. މުއިއްޒު މިދިޔަ މަހުގެ 17 ގައި ވެރިކަމުގެ ހުވާކުރެއްވުމަށް ފަހު ހަމަ އެ ރޭ އަބްދުއްރަހީމަށް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު ދެއްވި އެވެ.
މިއަދު މަގާމުގެ ކުރިއެރުން ލިބިވަޑައިގަތް ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމަކީ ދިވެހި އަސްކަރިއްޔާގެ ތާރީހުގައި، ލެފްޓިނެންޓް ޖެނެރަލްގެ ރޭންކާ ހަމައަަށް ވަޑައިގެންނެވި ތިންވަނަ އޮފިސަރެވެ. ލެފްޓިނެންޓް ޖެނެރަލަކީ ސިފައިން ރޭންކްތަކުގެ ތެރެއިން ދެވަނަ އަށް އެންމެ އިސް ރޭންކެވެ. އެންމެ އިސް ރޭންކަކީ ޖެނެރަލް އެވެ.
ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމަށް ޕްރޮމޯޝަން ދިނުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ސިފައިންގެ އެންމެ މަތީވެރިޔާ ރައީސް ޑރ. މުއިއްޒާއި ޑިފެންސް މިނިސްޓަރު ޣައްސާން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: އެމްއެންޑީއެފް
މީގެ ކުރިން ލެފްޓިނެންޓް ޖެނެރަލް ރޭންކް ލިބިވަޑައިގަތް ބޭފުޅުންނަކީ ލެފްޓިނެންޓް ޖެނެރަލް (ރިޓަޔާޑް) އަންބަރީ އަބްދުއްސައްތާރާއި ލެފްޓިނެންޓް ޖެނެރަލް (ރިޓަޔާޑް) އަބްދުﷲ ޝަމާލް އެވެ.
"އެއާ ކޯއަކީ އަމިއްލަ މިނިވަންކަން ދެމެހެއްޓޭނެ ހެއްކެއް"
ސިފައިންގެ ޗީފް އަބްދުއްރަހީމް އަންނަ މަހު ރިޓަޔާކުރަނީ
ބިރުދެއްކުމާ ކުރިމަތިލާނީ އިހުތިރާމާއެކު ވަރުގަދައަށް
ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ހިލްމީ
ޑިފެންސް ޗީފަކަށް މޭޖާ އަބްދުއްރަހީމް އައްޔަންކޮށްފި
ޝަހީދުންގެ އާއިލާތަކަށް އެލަވަންސާއި ބޯހިޔާވަހިކަން
ނަތީޖާ ދަށް ދަރިވަރުން ޕޮލިހާއި ސިފައިންގެއަށް ވައްދަނީ
ދިވެހި ސިފައިން ޑޯނިއާ ނުދުއްވާ ސަބަބު ހާމަކުރަނީ
ސިފައިންގެ އާ ޗީފަކަށް ހިލްމީ، ވައިސް އަކަށް ގިޔާސް
ގިނައީ ތުރުކީން ހިލޭ ހަދިޔާކުރި އާލަތްތައް: ރައީސް