ދިވެހި ވަތަނީ ހިދުމަތަކީ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށްޓަކައި މުޅިން އަލަށް ފަށާ ކަމަށް ވާތީ، ވިސްނުންތެރިކަމާއި މަސައްކަތްކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފި އެވެ.
ދިވެހި ވަތަނީ ހިދުމަތަކީ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށްޓަކައި މުޅިން އަލަށް ފަށާ ކަމަށް ވާތީ، ވިސްނުންތެރިކަމާއި މަސައްކަތްކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފި އެވެ.
ސިފައިންގެ މައިމަރުކަޒު، ބަންޑާރަކޮށީގައި ދިވެހި ވަތަނީ ހިދުމަތުގެ މުދައްރިބުންނާ މިއަދު ބައްދަލު ކުރައްވައި، ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނުގެ ވާހަކަފުޅުގައި ދިވެހި ވަތަނީ ހިދުމަތުގައި ބައިވެރިވާ ޒުވާނުންނަކީ އިސްލާމް ދީނަށް ލޯބިކުރާ ދީނީ ކަންކަމަށް ފަރުވާތެރި އަދި ގައުމިއްޔަތުގެ ވިސްނުން ހުރި ރީތި އަހުލާގާއި ސުލޫކުގެ ވެރި ބައެއްގެ ގޮތުގައި ތަމްރީނުކޮށް ދިނުމަށް އެދިވަޑައިގަތެވެ.
އެއްވެސް އިޝްތިހާރުކުރުމެއް ނެތި ވެސް، އެ ޕްރޮގްރާމަށް މިހާތަނަށް 900 އާ ގާތްކުރާ އަދަދަކަށް ޒުވާނުން ކުރިމަތިލާފައި ވާއިރު، އެއީ އެފަދަ ޕްރޮގްރާމަކަށް ބެލެނިވެރިން ބޭނުންވެފައިވާ މިންވަރާއި ޒުވާނުންގެ މެދުގައި ޕްރޮގްރާމަށް އޮތް ތާއީދު ހާމަވާ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ދިވެހި ވަތަނީ ހިދުމަތަކީ ދިވެހީން ބަލައިގަންނަ، ނަމޫނާ ހަރަކާތެއްގެ ގޮތުގައި ތަރައްގީ ކުރެވިގެންދިއުމަށް ބޭނުންފުޅުވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ޕްރޮގްރާމްގެ ބައިވެރިންނާއި ބެލެނިވެރިން އެ ޕްރޮގްރާމަށް ކުރާ އުންމީދު ހާސިލުވާނެހެން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ރައީސް އެދިވަޑައިގަތެވެ.
މީގެ އިތުރުން އެ ޕްރޮގްރާމްއާ ގުޅޭ މަސައްކަތްތައް ތަންފީޒުކުރާ އިދާރާއަކީ ޑިފެންސް މިނިސްޓްރީ ކަމަށް ރައީސް މިއަދު ވަނީ ކަނޑައަޅުއްވައިފަ އެވެ.
ދިވެހި ވަތަނީ ހިދުމަތް ނުވަތަ މޯލްޑިވްސް ނެޝަނަލް ސާވިސްއަކީ ގައުމިއްޔަތަށް ލޯބިކުރާ އަދި އިސްލާމް ދީނަށް ފަރުވާތެރި އަދި ޖިސްމާނީ ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ އަދި އަހްލާގު ރަނގަޅު ހަރުދަނާ ޒުވާން ޖީލެއް ބިނާކުރަން ރައީސް އިސް ނަންގަވައިގެން ފެށި މަޝްރޫއުއެކެވެ.
އޭގެ މަގުސަދުތަކުގެ ތެރޭގައި ޒުވާނުންގެ މެދުގައި ގައުމިއްޔަތުގެ ރޫހާއި ފަހުރު ދިރުވައި އާލާކޮށް އަދި އިސްލާމްދީނަށް ލޯބިކުރާ ރައްޔިތުން ބިނާ ކުރުމާއި ރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ގައުމީ ހިދުމަތަށް ކުރިމަތިލާނެ ރައްޔިތުން ބިނާކޮށް ތަރައްގީ ކުރުން ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
ޝަހީދުންގެ އާއިލާތަކަށް އެލަވަންސާއި ބޯހިޔާވަހިކަން
ނަތީޖާ ދަށް ދަރިވަރުން ޕޮލިހާއި ސިފައިންގެއަށް ވައްދަނީ
ދިވެހި ސިފައިން ޑޯނިއާ ނުދުއްވާ ސަބަބު ހާމަކުރަނީ
ސިފައިންގެ އާ ޗީފަކަށް ހިލްމީ، ވައިސް އަކަށް ގިޔާސް
ގިނައީ ތުރުކީން ހިލޭ ހަދިޔާކުރި އާލަތްތައް: ރައީސް
ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ހިލްމީ
އަބްދުއްރަހީމަށް ސިފައިންގޭގައި އެންމެއިސް ދެވަނަ ރޭންކް
ނެޝަނަލް ސާވިސްއަށް 600 އަށްވުރެ ގިނަ މީހުން އެދެފި
ގައުމީ ހިދުމަތުގެ ޕްރޮގްރާމަށް ހާއްސަ އެލަވަންސެއް!
ނޭޝަނަލް ސާވިސް ޕްރޮގްރާމަށް ހުޅުވާލައިފި