Roadha Mihaaru
ސިފައިންގެ ސެންޓްރަލް އޭރިއާއަށް އާ ކޮމާންޑަރެއް

ސިފައިންގެ ސެންޓްރަލް އޭރިއާގެ ކޮމާންޑަރަކަށް ހިލްމީ

26 ޖޫން 2020

އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ކޮމާންޑަރަކަށް ކާނަލް އިބްރާޙީމް ހިލްމީ މިއަދު ހަމަޖައްސައިފި އެވެ.

އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ކޮމާންޑަރަކަށް ކާނަލް އިބްރާޙީމް ހިލްމީ މިއަދު ހަމަޖައްސައިފި އެވެ.

ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި ކާނަލް ހިލްމީއާ މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލެވެ. އެ ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވެސް ބައިވެރިވެވަޑައިގަތެވެ.

އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑަަރަކަށް ހަމަޖެއްސި ކާނަލް އިބްރާހީމް ހިލްމީއާ ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް އަދި ވައިސް ޗީފް އޮފް ޑިފެންސް ދޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: އެމްއެންޑީއެފް

ސެންޓްރަލް އޭރިއާ ކޮމާންޑަރަކަށް ހިލްމީ ހަމަޖެއްސީ އެ މަގާމުގައި މިހާތަނަށް ހުންނެވި ކާނަލް މުހައްމަދު އިބްރާހީމްގެ ޕޯސްޓިން ޑިއުޓީގެ މުއްދަތު ހަމަވުމުންނެވެ. މުހައްމަދު އިބްރާހިމް އެ މަގާމަށް ހަމަޖެއްސީ ފެބްރުއަރީ 1، 2018 ގަ އެވެ.

ރާއްޖެ ހަތަރު ސަރަހައްދަކަށް ބަހާލާފައިވާއިރު، ސެންޓްރަލް އޭރިއާގެ ހެޑްކުއާޓާޒް ހުންނަނީ ލ. ކައްދޫގަ އެވެ.