02 އޮކްޓޯބަރ 2018
އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ވެރިކަން ބަދަލު ކުރުމުގެ މަރުހަލާގައި ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ސަލާމަތީ ޚިދުމަތްތަކުން މިއަދުވެސް ދީފައިވާ ކަމަށް އިބޫގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ވެރިކަން ބަދަލު ކުރުމުގެ މަރުހަލާގައި ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ސަލާމަތީ ޚިދުމަތްތަކުން މިއަދުވެސް ދީފައިވާ ކަމަށް އިބޫގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ސިލްސިލާކޮށް ނޫސްވެރިންގެ ބައްދަލުވުމުގައި މިއަދު މާރިޔާ ވިދާޅުވީ އިންތިގާލީ ސެކިއުރިޓީ ކޮމެޓީން މިއަދު ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާ ބައްދަލުކޮށްފައިވާ ކަމަށާއި އެ ބައްދަލު ކުރެއްވުމުގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހައިރާއި ޕާމަނަންޓް ސެކެޓަރީ އަހުމަދު ޝާން މަންސޫރު ބައިވެރިވެ ވަޑައިގެންނެވި ކަމަށެވެ.
ރައްޔިތުންގެ ނިންމުން ތަންފީޒުކުރާނެ ކަމުގެ ޔަގީންކަން އެބޭފުޅުން މިއަދުވެސް ދެއްވާފައިވާ ކަމަށް މާރިޔާ ވިދާޅުވި އެވެ.
"މިނިސްޓާ އޮފް ޑިފެންސް[އާދަމް ޝަރީފް] ވަނީ ޔަގީންކަން ދެއްވާފައި ދިވެހި ރައްޔިތުންގެ ނިންމުން ވަރަށް ސާފު ކަމާއި ރައްޔިތުންގެ ނިންމުމަށް އެބޭފުޅުން އިހުތިރާމް ކުރައްވާ ކަމަށް. އަދި ރައްޔިތުންގެ ނިންމުމާ އެކީގައި މިނިސްޓްރީ އޮފް ޑިފެންސްއިން ކަންކަން. ވެރިކަން ބަދަލު ކުރުމުގެ މަރުހަލާގައި މިއޮތްގޮތަށް ކަންތައް ކުރިއަށް ގެންގޮސް ދެއްވާނެ ކަމަށް،" މާރިޔާ ވިދާޅުވި އެވެ.
ސިފައިންނާ ގުޅިގެން ކުރިއަށް ގެންދަން ޖެހޭ ކަންތައްތަކަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ސިފައިންގެ ފަރާތުން ލިބިފައިވާ ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު އިބޫ ވަނީ ޗީފް އޮފް ޑިފެންސް ފޯސް، އަހުމަދު ސިޔާމާ ބައްދަލު ކުރައްވައިފަ އެވެ. އަދި އިއްޔެއާ ހަމައަށް ފުލުހުންގެ އެކްޓިން ކޮމިޝަނަރަކަށް ހުންނެވި އަބްދުﷲ ނަވާޒާ ވެސް އިބޫ ބައްދަލު ކުރެއްވި އެވެ.
ރިޔާސީ އިންތިހާބު ސައްހަ ނޫން ކަމަށް ބުނެ ޕީޕީއެމުން ދައްކާ ވާހަކަތަކަށް މާރިޔާ ވަނީ ރައްދު ދެއްވައިފަ އެވެ. މާރިޔާ ވިދާޅުވީ އިންތިހާބުގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ ބައެއް އަމަލުތަކާމެދު އެބޭފުޅުން ކަން ބޮޑުވުން ފާޅުކުރި އިރު ޕީޕީއެމުން "ކަހާތަން ހިރުވާ ވެސް ނުލި" ކަމަށެވެ. އަދި ބޮޑު ތަފާތަކުން އިންތިހާބު ނާކާމިޔާބުވުމާއެކު ޕީޕީއެމުން މިއަދު އެ ވާހަކަ ދައްކަނީ ގައުމު ހަލަބޮލިކުރަން ކަމަށް މާރިޔާ ވިދާޅުވި އެވެ.
އިބޫ ވެސް މިއަދު ވަނީ، އިންތިޚާބުން ނާކާމިިޔާބުވެވަޑައިގަތުމުން، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައިގެން، ރައްޔިތުންގެ ނިންމުމާ ދެކޮޅު ހައްދަވައި، ގައުމު ހަލަބޮލިނުކުރުމަށް ރައީސް ޔާމީނަށް ގޮވާލައްވައިފަ އެވެ.
Ibu Raees ah: gaumu halabolinukoh fahathah jehivadaigannavaa
The most trusted news source in the Maldives
Mihaaru
ގައުމު ހަލަބޮލި ނުކުރެއްވުމަށް އިބޫ ގޮވާލެއްވުން
"އަޅުގަނޑު ވަރަށް އިޚްލާސްތެރިކަމާ އެކު ރައީސް ޔާމީނަށް ދަންނަވާލަން ބޭނުން ވަނީ، އެ މަނިކުފާނު އިސްވެ ހުންނަވައިގެން މާހައުލު ހަލަބޮލިކުރަން މަސައްކަތްޕުޅު ނުކުރައްވާށޭ. އެއަކަށް އަޅުގަނޑުމެން އަދި ރައްޔިތުން ވެސް ތިބީ ތަން ދޭކަށެއް ނޫނޭ،" އިބޫ ވިދާޅުވި އެވެ.
ނަތީޖާ ގަބޫލުނުކޮށް ރައީސް ޔާމީން ކަންކުރައްވާ ގޮތާ ހިތްހަމަނުޖެހޭކަން އެމަނިކުފާނަށް ވޯޓު ދެއްވި އެތައް ބަޔަކުވެސް މިހާރު ހިއްސާކުރަމުން އަންނަ ކަމަށް މާރިޔާ ވިދާޅުވި އެވެ.
މާރިޔާގެ ތާއީދު ރައީސަށް، އެދުނީ ސިފައިން ސިޔާސީނުވާން
މާރިޔާ ވިދާޅުވީ ފާޑުކިޔަނީ އަންހެނެއް ވީމަ ކަމަށް
ޔޫޓީއެފް މައްސަލާގައި ޑިފެންސުން ޔާމީނަށް ރައްދު ދީފި
ދިފާއީ ބާރުގެ ވެރިންގެ އިތުބާރާ މެދު ސުވާލު އުފެދިދާނެ
"ޔޫޓީއެފް މައްސަލައަށް ސިފައިން ވެއްދުމަކީ ގޯހެއް"
ލެފްޓިނެންޓް ކާނަލް މަގާމަށް އަންހެން އޮފިސަރުން
މިނިސްޓަރަށް ނުގުޅައި ނިޒާމުން ޚިދުމަތް ލިބޭނެ: މާރިޔާ
ގައުމުގެ މަސްލަހަތު ދިފާއު ކުރުމުގަ ސިފައިން ދެމިތިބޭނެ
ޑިފެންސް މިނިސްޓަރު ކޮމިޓީއަށް ހާޒިރުކުރަން އެދެފި
އިބޫގެ ދަތުރަށް ހިމާޔަތް ދޭން މާރިޔާ ގޮވާލައްވައިފި