ގައުމުގެ އަމާންކަން ނަގާލަން ބަޔަކު ރާވަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ފޭސްބުކްގައި ލިޔުއްވީ ޒިންމާދާރުކަން ކުޑަ ގޮތެއްގައި ކަމަށް ބުނެ އެ މައްސަލަ ބެލުމަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ އަށް ޑިފެންސް މިނިސްޓަރު ހާޒިރުކޮށްދޭން މިއަދު އެދިއްޖެ އެވެ.
06 އޯގަސްޓް 2018
ގައުމުގެ އަމާންކަން ނަގާލަން ބަޔަކު ރާވަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ފޭސްބުކްގައި ލިޔުއްވީ ޒިންމާދާރުކަން ކުޑަ ގޮތެއްގައި ކަމަށް ބުނެ އެ މައްސަލަ ބެލުމަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ އަށް ޑިފެންސް މިނިސްޓަރު ހާޒިރުކޮށްދޭން މިއަދު އެދިއްޖެ އެވެ.
އެ ކޮމެޓީގެ މުގައްރިރް ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފަށް ފޮނުއްވި ސިޓީީއެއްގައި ވިދާޅުވެފައިވަނީ، ރާއްޖޭގެ އަމާންކަން ނަގާލަން ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިވަޑައިގަތުމުން، ޑިފެންސް މިނިސްޓަރަކަށް ހުންނަވާ ބޭފުޅަކު ފޭސްބުކް ޕޭޖްގައި ލިޔުއްވުމަކީ ވަރަށް ޒިންމާދާރު ކަން ކުޑަ އަމަލެއްކަމަށެވެ.
އެހެންވެ ރާއްޖޭގައި އުޅޭ ހުރިހާ އެންމެންނަށް އަމާންކަމާއިި މިނިވަންކަމާ އެކު އުޅެވޭނެ މަގު ފަހިކޮށްދިނުމަކީ ޑިފެންސް މިނިސްޓަރެއްގެ މައްޗަށް ލާޒިމްވެފައިވާ ކަމެއް ކަމަށް ވާތީ، ސަލާމަތާ ބެހޭ ކޮމެޓީއަށް އާދަމް ޝަރީފް ހާޒިރުކޮށްދިނުމަށް އެދިވަޑައިގަތީ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ އާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް އަދި ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ އެވެ.
"ގާނޫނުގައި ބުނާ ގޮތުން ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރު ޖަވާބުދާރީވާންވާނެ ކަމަށް ބަޔާންކޮށްފައިވާ ހިނދު މިފަދަ ޒިންމާދާރުކަން ކުޑަ އަމަލެއް އެމަނިކުފާނު ކުރައްވާފައިވާތީ މަޖިލިސް ގަވާއިދުގެ 123 ވަނަ މާއްދާގެ ދަށުން، ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީއަށް ޑިފެންސް މިނިސްޓަރު ހާޒިރުކޮށް، ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީގެ ބައްދަލުވުމެއް ބާއްވައިދެއްވުން އެދެމެވެ،" ސިޓީގައިވެ އެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އާދަމް ޝަރީފް އޭނާގެ ފޭސްބުކް ޕޭޖްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ އަމާންކަން ނަގާލަން ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައި ވާތީ ސިފައިންނާއި ފުލުހުން ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ދިފާއީ ބާރުގެ ވެރިންގެ އިތުބާރާ މެދު ސުވާލު އުފެދިދާނެ
ސިފައިންނަށް ނޭނގި އިންޑިއާ ހެލިކޮޕްޓަރު ދަތުރެއް ކުރި
"މަޖިލިސް މެމްބަރުން ފާރުމަތިން އުކުން މާޒީވެއްޖެ"
ޔޫޓީއެފް މައްސަލާގައި ޑިފެންސުން ޔާމީނަށް ރައްދު ދީފި
އިންޑިއާގެ އެއްބަސްވުންތައް ނުދައްކާ ކަމުގެ ޝަކުވާ
އުތުރު ތިލަފަޅުގެ އެއްބަސްވުން ހޯދަން މަޖިލީހުން އެދެނީ
ގައުމީ ސަލާމަތް ބޮޑު ނުރައްކަލަކާ ދިމާއަށް!
ނަޝީދު ފޮނުއްވި އިމްތިޔާޒާ ގުޅޭ މައްސަލަ ބޭރުކޮށްލައިފި
ވަކިވަކި ސިފައިން މަޖިލިހަށް ޖަވާބުދާރީއެއް ނުވާނެ
"މިހާރު" ގައި ލިޔުނު ރިޕޯޓްގެ މައްސަލަ ބަލަނީ