Roadha Mihaaru
އުދައްޔުގެ މަރު: ހަތަރު މީހެއްގެ މައްސަލަ ޕީޖީއަށް

އުދައްޔުގެ މަރު: ތިން މީހަކާއި ކުޑަކުއްޖެއްގެ މައްސަލަ ޕީޖީ އަށް

18 މާޗް 2021

ގއ. މާމެންދޫގައި ހިންގި ގްރޫޕް މާރާމާރީއެއްގައި އަހުމަދު އުދައްޔު މަރައިލި މައްސަަލައިގައި ތިން މީހަކާއި ކުޑަކުއްޖަކަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ގއ. މާމެންދޫގައި ހިންގި ގްރޫޕް މާރާމާރީއެއްގައި އަހުމަދު އުދައްޔު މަރައިލި މައްސަަލައިގައި ތިން މީހަކާއި ކުޑަކުއްޖަކަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

މިދިޔަ މަހުގެ އަށް ވަނަ ދުވަހު މާމެންދޫގައި ހިންގި މާރާމާރީގައި އުމުރުން 17 އަހަރުގެ އުދައްޔު އަށް ދިން ހަމަލާތަކުގެ ސަބަބުން އޭނާ މަރުވި މައްސަލައިގައި އޭރު ހައްޔަރުކުރީ 18 އަހަރުން މަތީގެ ތިން މީހެކެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގު ނިންމައި، މި މަހުގެ އަށް ވަނަ ދުވަހު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އެ މައްސަލައިގައި ދައުވާކުރަން އެދުނީ ތިން މީހަކާއި 18 އަހަރުން ދަށުގެ ކުއްޖަކަށް ކަމަށް ފުލުހުން ބުންޏެވެ.

އުދައްޔުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ރާއްޖެ އިން ބޭރުން ވަނީ ހަދައިފަ އެވެ. އެ މާރާމާރީގައި އުދައްޔުގެ ބޭބެ އަށް ވެސް ހަމަލާދިނެވެ. އޭނާގެ ހާލު މިހާރު ރަނގަޅެވެ.