Roadha Mihaaru
ޕޯސްޓްމޯޓަމަށްފަހު އުދައްޔުގެ ހަށިގަނޑު ރާއްޖެ ގެނެސްފި

ޕޯސްޓްމޯޓަމަށް ފަހު އުދައްޔުގެ ހަށިގަނޑު ރާއްޖެ ގެނެސްފި

18 ފެބުރުއަރީ 2021

ގއ. މާމެންދޫގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި އަހުމަދު އުދައްޔުގެ ޕޯސްޓްމޯޓަމް ހެދުމަށް ފަހު އޭނާގެ ހަށިގަނޑު ރާއްޖެ ގެނެސްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ގއ. މާމެންދޫގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި އަހުމަދު އުދައްޔުގެ ޕޯސްޓްމޯޓަމް ހެދުމަށް ފަހު އޭނާގެ ހަށިގަނޑު ރާއްޖެ ގެނެސްފި އެވެ.

މިމަހުގެ އަށް ވަނަ ދުވަހުގެ ރޭ މާމެންދޫގައި ހިންގި މާރާމާރީއެއްގައި މަރާލި 17 އަހަރުގެ އުދައްޔުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި އިންޑިއާއަށް ގެންދިއުމަށް ފަހު ރާއްޖެ ގެނައީ މިއަދު ކަމަށް ފުލުހުން ބުންޏެވެ. ޕޯސްޓްމޯޓަމް ހެދީ ޓްރިވެންޑްރަމްގައި ހުންނަ މެޑިކަލް ކޮލެޖުންނެވެ.

ޕޯސްޓްމޯޓަކީ މަރުވުމަށް މެދުވެރިވި އަސްލު ސަބަބު ދެނެގަތުމަށް ހަދާ އެއްޗެކެވެ. އާންމު ގޮތެއްގައި ޕޯސްޓްމޯޓަމް ހަދަނީ ގޮތް ނޭނގޭ މަރުތަކުގަ އެވެ. މިއީ މާރާމާރީއެއްގައި މީހަކު މަރުވި މައްސަލައެއްގައި ޕޯސްޓްމޯޓަމް ހަދަން ފުލުހުން ނިންމި ފުރަތަމަ ފަހަރެވެ. ރާއްޖެއަކު މިހާތަނަށް ޕޯސްޓްމޯޓަމެއް ނެހެދެ އެވެ.

އުދައްޔުގެ މަރާ ގުޅިގެން ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެ މާރާމާރީގައި އޭނާގެ ބޭބެއަށް ވެސް ހަމަލާދިނެވެ. އޭނާގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުންނެވެ.