Roadha Mihaaru
މަހެއް ތެރޭ ދެ ވަނަ ފަހަރަށް ތެޔޮ އަގުބޮޑުކޮށްފި

މަހެއް ތެރޭ ދެ ވަނަ ފަހަރަށް ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފި

16 މާޗް 2021

މަހެއް ތެރޭ ދެ ވަނަ ފަހަރަށް އެސްޓީއޯއިން ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފި އެވެ. މި ބަދަލު މި ގެނައީ ދުނިޔޭގެ ބާޒާރުގައި ވެސް ތެލުގެ އަގު މައްޗަަށް ދިއުމާ ގުޅިގެންނެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މަހެއް ތެރޭ ދެ ވަނަ ފަހަރަށް އެސްޓީއޯއިން ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފި އެވެ. މި ބަދަލު މި ގެނައީ ދުނިޔޭގެ ބާޒާރުގައި ވެސް ތެލުގެ އަގު މައްޗަަށް ދިއުމާ ގުޅިގެންނެވެ.

މި ގެނައި ބަދަލުތަކާ އެކު ކުރިން 9.19ރ. އަށް ލިބުނު ޑީސަލް ލީޓަރެއް މިހާރު ލިބޭނީ 9.79ރ. އަށެވެ. އަދި ކުރިން 8.44ރ. އަށް ވިއްކި ޕެޓްރޯލް ލީޓަރެއްގެ މިހާރުގެ އަގަކީ 8.85ރ. އެވެ.

އެންމެ ފަހުން އެ ކުންފުނިން ތެލުގެ އަގަށް ބަދަލު ގެނެސްފައިވަނީ މިދިޔަ މަހުގެ 21ގަ އެވެ.

އެސްޓީއޯ އިން ނެރުނު ބަޔާނެއްގައި ބުނީ ޕެޓްރޯލާއި ޑީސަލުގެ އަގު އުފުލުނީ ދުނިޔޭގެ ބާޒާރުގައި ވެސް ތެލުގެ އަގު މިހާރު މައްޗަށް ދިއުމާ ގުޅިގެން ކަމަށެވެ. ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ހުރީ 70 ޑޮލަރަށް އަރައިފަ އެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެން ފެށީ އެންމެ ގިނައިން ތެޔޮ އެކްސްޕޯޓު ކުރާ ސައުދީ އަރަބިއްޔާ ދުވާލަކު އުފައްދާ ތެލުން އެއް މިލިއަން ފީފާ މަދުކުރުމުންނެވެ. މިއީ އޯޕެކްގެ ގައުމުތަކާ އެކު ސައުދީން ސޮއިކުރި އެއްބަސްވުމުގެ ދަށުން ގެނައި ބަދަލުތަކެކެވެ.