12 މާޗް 2021
ސްމާޓްފޯންގެ ދެވަނަ އަށް އެންމެ ބޮޑު މާކެޓެއް އޮތް އިންޑިއާގައި އައިފޯން 12 އުފެއްދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެޕަލް އިން ބުނެފި އެވެ
ސްމާޓްފޯންގެ ދެވަނަ އަށް އެންމެ ބޮޑު މާކެޓެއް އޮތް އިންޑިއާގައި އައިފޯން 12 އުފެއްދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެޕަލް އިން ބުނެފި އެވެ
އެ ކުންފުނިން މިކަން ބުރާސްފަތި ދުވަހު އިއުލާންކޮށް ބުނެފައި "އިންޑިއާގެ ކަސްޓަމަރުންނަށް ހާއްސަކޮށްގެން އައިފޯން 12 އެ ގައުމުގައި އުފައްދަން ފަށަނީ ވަރަށް އުފަލާ އެކީގައި" ކަމަށެވެ ނަމަވެސް މި މަސައްކަތް ކުރިއަށް ގެންދަނީ ކޮން ކުންފުންޏަކާ ގުޅިގެން ކަމެއް އެޕަލް އިން ހާމައެއް ނުކުރެ އެވެ.
ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި އެ މަސައްކަތް ކުރަނީ އެޕަލް ޓައިވާންގެ ކޮންޓްރެކްޓަރު ފޮކްސްއިންނެވެ.
އެ ކުންފުނިން މިދިޔަ އަހަރު އިންޑިއާގައި އައިފޯން 11 އުފެއްދުމުގެ މަސައްކަތް ވެސް ފަށާފައިވެ އެވެ. އައިފޯންގެ މަސައްކަތް އެންމެ ފުރަތަމަ އެޕަލް އިންޑިއާގައި ފެށީ 2017 ގަ އެވެ.
ފޮކްސްކޮންގެ އިންޑިއާގެ ޕްލާންޓް ހިންގަނީ ޓަމިލް ނާޑޫ ސްޓޭޓްގެ ދެކުނުގަ އެވެ.
އައިފޯން 12 އިންޑިއާގައި އުފައްދަން ފެށުމާ ގުޅިގެން އެކަމަށް މަރުހަބާ ވިދާޅުވެ އިންޑިއާގެ އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓަރު ރަވީ ޝަންކަރް ޕްރަސާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މޮބައިލް ފޯނު އުފެއްދުމުގެ ހަބަކަށް އިންޑިއާ ހަދަން ކުރާ މަސައްކަތަށް ބައިނަލްއަގްވާމީ ސަމާލުކަން ލިބުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މީގެ ސަބަބުން އެ ގައުމުގައި އެތަކެއް ވަޒީފާތަކެއް އުފެދިގެން ދާނެ ކަމަށް ވިދާޅުވި އެވެ.
Nice to see our efforts to make India a big hub of mobile and components manufacturing is attracting global attention. This will create jobs in large numbers. pic.twitter.com/1GCyTK1Phm
— Ravi Shankar Prasad (@rsprasad) March 11, 2021
އައިފޯން 12 އަކީ އެޕަލް އިން އެންމެ ފަހުން ނެރުނު މޮޑެލެވެ. މި ސީރީޒްގައި ހިމެނީ އައިފޯން 12، އައިފޯން 12 މިނީ، އައިފޯން 12 ޕްރޯ އަދި އައިފޯން 12 ޕްރޯ މެކްސް އެވެ.
މި ސީރީޒްގެ ފޯނު ވެސް އިންޑިއާގައި އުފައްދަނީ ފޮކްސްކޮން އިން ކަމަށް މީޑިއާތަކުން ބުންޏަކަސް އެކަމާ ބެހޭ ގޮތުން އެ ކުންފުނިން މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެ އެވެ.
އައިފޯން އުފެއްދުމުގެ މަސައްކަތް އެޕަލް އިން އިންޑިއާގައި ފަށާފައި މި ވަނީ ކުރިން އެ މަސައްކަތް އެންމެ ފުޅާކޮށް ކުރަމުން ދިޔަ ޗައިނާ އާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ނުތަނަސްވަސްކަމާ ހެދި ވިޔަފާރީގެ ގުޅުންތައް ވަރަށް ބޮޑަށް ހީނަރުވެފައިވާތީ އެވެ. އެހެންވެ މިހާރު އެޕަލްގެ އަމާޒަކީ ޗައިނާ އަށް ބަރޯސާވުން ވީހާ ވެސް ބޮޑަށް ކުޑަކުރުމެވެ.
ބައެއް ރިޕޯޓްތައް ބުނާގޮތުން ޗައިނާގައި ފޮކްސްކޮން އިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އައިޕެޑާއި މެކްބުކް އުދެއްދުން ވެސް މިދިޔަ ނޮވެމްބަރު ވަނީ ވިއެޓްނާމަށް ބަދަލުކޮށްފަ އެވެ. އަދި ވަރަށް އަވަހަށް އިންޑިއާގައި އައިޕެޑް އުފެއްދުމުގެ މަސައްކަތް ވެސް ފަށާނެ ކަމަށް މީޑިއާތަކުން ބުނެފައިވެ އެވެ.
މުޅިން ބިއްލޫރިން ހުންނަ އައިފޯން އެޕަލްއިން ނެރެފާނެ
އެޕަލް އިން "ސެލްފް-ސާވިސް ރިޕެއާ" ޕްރޮގްރާމެއް
އައިޕެޑް މަދުކޮށް، އައިފޯން އުފެއްދުން އިތުރުކޮށްފި
އެޕަލް އިން 19 ޑޮލަރުގެ ފޮތިކޮޅެއް
އައިފޯން 13 ލިބުން ދަތިވެދާނެ
އާ އައިފޯނުގެ ސްޓޮރޭޖްގައި 1 ޓެރަބައިޓް؟
އައިފޯން 13 ކުރީގެ ފޯނުތަކަށް ވުރެ މާ އަގު ބޮޑުވެދާނެ
އެޕަލްގެ ޑިވައިސްތަކުގައި ގޯސް ފޮޓޯ ހުރިތޯ ސްކޭންކުރަނީ
އެޕަލްގެ ފޭސް އައިޑީ ހުރިހާ އުފެއްދުމަކަށް
އައިފޯން 12 އަށް މެގްސޭފް ބެޓެރިއެއް ނެރެފި