Roadha Mihaaru
އެމެރިކާގެ ސަމާ ސޭލްއާ އެކު އީ-ޓުކުރިން ޑިސްކައުންޓް

އެމެރިކާގެ ސަމާ ސޭލްއާއެކު އީ-ޓުކުރިން ޑިސްކައުންޓް

01 މާޗް 2021

މޯލްޑިވްސް ޕޯސްޓްގެ އީ ކޮމާސް ޕްލެޓްފޯމު، އީ-ޓުކުރި މެދުވެރިކޮށް އެމެރިކާގެ ފިހާރަތަކުން ގެންނަ ޝިޕްމަންޓުތަކުން ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މޯލްޑިވްސް ޕޯސްޓްގެ އީ ކޮމާސް ޕްލެޓްފޯމު، އީ-ޓުކުރި މެދުވެރިކޮށް އެމެރިކާގެ ފިހާރަތަކުން ގެންނަ ޝިޕްމަންޓުތަކުން ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަން ފަށާފައި ވަނީ އެމެރިކާގެ ފިހާރަތަކުގައި މި ވަގުތު ސަމާ ސޭލް ކުރިއަށްދާތީ އެވެ. މިއީ ގިނަ ބްރޭންޑުތަކުން ބޮޑެތި ޑިސްކައުންޓުތައް ދޭ ސޭލްއެކެވެ. މި ސޭލްގެ ދަށުން ގެންނަ ޝިޕްމަންޓުތަކަށް އީ ޓުކުރިން 15 ޕަސެންޓުގެ ޑިސްކައުންޓެއް ދޭނެ އެވެ.

އެމެރިކާގައި ސަމާ ސޭލް އަޅުވާފައިވާ ބްރޭންޑުތަކުގެ ތެރޭގައި ދިވެހިންގެ މެދުގައި މަގުބޫލު ބްރޭންޑުތައް ކަމަށްވާ، އެޑިޑާސް އާއި ޕުމާ އައި ނައިކް ފަދަ ބްރޭންޑުތަކުގެ އިތުރުން އީބޭ އާއި ބެސްޓް ބައި އާއި ހޯމް ޑިޕޯ އަދި ވޯލްމާޓް އާއި އެމޭޒަން ފަދަ ޕްލެޓްފޯމުތަކުގައި ވެސް ތަކެތި ވަނީ ވަރަށް ބޮޑަށް އަގުހެޔޮ ކޮށްފަ އެވެ. މި ސޭލްގެ ދަށުން ގެންނަ ޝިޕްމަންޓުތަކަށް މި މަހުގެ ނިޔަލަށް އީ-ޓުކުރިން ޑިސްކައުންޓް ލިބޭނެ އެވެ.

މޯލްޑިވްސް ޕޯސްޓުން ބުނީ މިއީ ކުރިއަށް އޮތް ރޯދަ މަހަށް ތަކެތި ގަންނަން ބޭނުންވާ މީހުންނަށް ހުޅުވިގެންދާ ރަނުގެ ފުރުސަތެއް ކަމަށެވެ.

އީ-ޓުކުރި ބޭނުން ކޮށްގެން އެމެރިކާގެ ފިހާރަތަކުން ވިޔަފާރި ކުރަން ބޭނުންވާ މީހުންނަށް ފޭސްބުކް އެކައުންޓު ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ އެވެ. އަދި މިހާރު އީ-ޓުކުރިން ހިންގާ "ޝޮޕް އެންޑް ސޭވް ޕޮރޮމޯޝަން"ގެ ކޯޑު "“SNS2021” ޖެހުމުން ޝިޕިންގެ ޑިސްކައުންޓް ލިބޭނެ އެވެ.

އީ-ޓުކުރި އިންޓަނޭޝަނަލްގައި ރަޖިސްޓްރީވުމުން އެމެރިކާގެ އެޑްރެހެއް ލިބޭނެ އެވެ. އޮންލައިންކޮށް ގަންނަ މުދާ މި އެޑްރެހަށް ފޮނުވުމަށް ފަހު އެ ތަކެތީގެ ބަރުދަން ބަލައި ދައްކަންޖެހޭ ފައިސާ ދެއްކުމުން، މޯލްޑިވްސް ޕޯސްޓް މެދުވެރިކޮށް އެ އެއްޗެއް ރާއްޖެ އަށް ގެނެސްދޭނެ އެވެ. މިފައިސާ ދިވެހި ރުފިޔާއިން ވެސް ދެއްކޭނެ އެވެ.

ރާއްޖެ އަށް ޝިޕް ނުކޮށްދޭ މުދާ ވެސް މި ޕްލެޓްފޯމުގެ ޒަރީއާއިން ގެނެވޭނެ އެވެ. މި ހިދުމަތް ހޯދުމަށް، މަހުފީ ދެއްކުމުގެ ބަދަލުގައި ކޮންމެ ޝިޕިންއަކަށް ފައިސާދެއްކުމުން ހަފްތާއެއްގެ ތެރޭގައި މުދާ ލިބޭނެ ކަމުގެ ޔަގީންކަން ޕޯސްޓުން ދެއެވެ.