Roadha Mihaaru

ޓެރިފާ ހެދި 25 ގައުމަކުން އެމެރިކާއަށް ޕޯސްޓަލް ހިދުމަތް މެދުކަނޑާލައިފި: އދ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އެކި ގައުމުތަކުގެ މުދަލުން ބޮޑެތި ރޭޓްތަކުގައި ޓެރިފް ނެގުމާއި ޕޯސްޓުން އަންނަ ތަކެތިން ވެސް ޓެކްސް ނަގަން ނިންމަވާފައި ވާތީ މިހާތަނަށް 25 ގައުމަކުން އެމެރިކާއަށް ޕެކޭޖް ޑެލިވަރީގެ ހިދުމަތް މެދުކަނޑާލާފައިވާ ކަމަށް އދ.ގެ ޕޯސްޓަލް އެޖެންސީން އިއްޔެ ބުނެފި އެވެ.

އެމެރިކާއަށް 25 ގައުމަކުން ޕޯސްޓް މެދުކަނޑާލައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އެކި ގައުމުތަކުގެ މުދަލުން ބޮޑެތި ރޭޓްތަކުގައި ޓެރިފް ނެގުމާއި ޕޯސްޓުން އަންނަ ތަކެތިން ވެސް ޓެކްސް ނަގަން ނިންމަވާފައި ވާތީ މިހާތަނަށް 25 ގައުމަކުން އެމެރިކާއަށް ޕެކޭޖް ޑެލިވަރީގެ ހިދުމަތް މެދުކަނޑާލާފައިވާ ކަމަށް އދ.ގެ ޕޯސްޓަލް އެޖެންސީން އިއްޔެ ބުނެފި އެވެ.

އެމެރިކާއިން ވަނީ އެ ގައުމަށް އެތެރެވާ ޕެކޭޖްތަކުގެ ތެރެއިން ކުދި ޕެކޭޖްތަކަށް ޓެކްސް މާފުކުރުން މި މަހުގެ 29 ވަނަ ދުވަހުން ފެށިގެން ނިމުމަކަށް އަންނާނެ ކަމަށް ބުނެފަ އެވެ.

މި ނިންމުމާ ގުޅިގެން ފްރާންސް، ޖަރުމަނު، އިންޑިއާ، އޮސްޓްރޭލިއާ އަދި އެހެން ބައެއް ގައުމުތަކުގެ ޕޯސްޓުގެ ހިދުމަތްތަކުން ވަނީ އެމެރިކާއަށް ފޮނުވަންޖެހޭ ގިނަ ޕެކޭޖުތައް މިހާރު ބަލައިނުގަންނަން ނިންމާފައިވާ ކަމަށް ބުނެފަ އެވެ.

އދ.ގެ ޔުނިވާސަލް ޕޯސްޓަލް ޔޫނިއަންއިން ބުނީ މެމްބަރު 25 ގައުމެއްގެ ޕޯސްޓަލް އޮޕަރޭޓަރުން، އެމެރިކާއަށް ފޮނުވާ ޕޯސްޓުގެ ހިދުމަތް މެދުކަނޑާލާފައިވާކަން އެ ފަރާތްތަކަށް އަންގާފައިވާ ކަމަށާއި ވަކިން ހާއްސަކޮށް ޓްރާންސިޓް ހިދުމަތާ ގުޅޭ ގޮތުން އުފެދިފައިވާ ނުތަނަވަސްކަން ބޮޑު ކަމަށެވެ.

"އެމެރިކާގެ ކަމާބެހޭ އިދާރާތަކުން އިއުލާނުކޮށްފައިވާ ފިޔަވަޅުތައް ތަންފީޒުކުރާނެ ގޮތާއި އޮޕަރޭޝަނަލް ގޮތުން ގެންނަން ޖެހޭ ބަދަލުތައް ތަންފީޒުކުރާނެ ގޮތުގެ އިތުރު މައުލޫމާތު ސާފުވަންދެން މި ސަސްޕެންޝަންތައް ދެމިއޮންނާނެ،" އެ އިދާރާއިން ނެރުނު ބަޔާނުގައިވެ އެވެ.