21 ނޮވެމްބަރ 2024
ނިއު ޔޯކް (ނޮވެމްބަރު 21) – ޣައްޒާގެ ހަނގުރާމަ ޝަރުތެއް ނެތި ދާއިމަށް ހުއްޓާލުމަށް އަންގައި އދ.ގެ ސަލާމަތީ މަޖިޅިހުން ފާސްކުރަން މަސައްކަތްކުރި ގަރާރު އެމެރިކާއިން ވީޓޯކޮށްފި އެވެ.
ނިއު ޔޯކް (ނޮވެމްބަރު 21) – ޣައްޒާގެ ހަނގުރާމަ ޝަރުތެއް ނެތި ދާއިމަށް ހުއްޓާލުމަށް އަންގައި އދ.ގެ ސަލާމަތީ މަޖިޅިހުން ފާސްކުރަން މަސައްކަތްކުރި ގަރާރު އެމެރިކާއިން ވީޓޯކޮށްފި އެވެ.
ސަލާމަތީ މަޖިލީހުގެ އިންތިހާބީ މެންބަރުންގެ ގޮތުގައި ހިމެނޭ އަލްޖީރިއާ، އެކުއަޑޯ، ގަޔާނާ، މާލްޓާ، މޮޒަމްބީކް، ދެކުނު ކޮރެއާ، ސިއެރަ-ލިއޯން، ސްލޮވީނިއާ އަދި ސްވިޒަލޭންޑުން ހުށަހެޅި ގަރާރު ފާސް ކުރުމަށް 14 ވޯޓް ލިބުނެވެ.
އެކަމަކު އެ މަޖިލީހުގެ ދާއިމީ މެންބަރު އެމެރިކާއިން އެ ގާރާރު ފާހެއް ނުވި އެވެ.
ރަހީނުކޮށްފައިވާ މީހުން އެއްވެސް ޝަރުތަކާ ނުލައި ދޫކޮށްލުމަށާއި ދެ ފަރާތުން ވެސް ހަނގުރާމަ ހުއްޓާލުމަށް އަންގުމަށާއި މި ގާރަރު ތަންފީޒު ކުރުމަށް އދ. އިން ކުރަން ޖެހޭ މަސައްކަތް ކުރުމަށް ގަރާރުގައި ހިމަނާފައިވެ އެވެ.
ޣައްޒާގައި ބަނޑުހައި ހޫނުކަމުގެ ހާލަތުގައި ތިބި ހާލުގައި ޖެހިފައިވާ މީހުންނަށް ކާނާ ފޯރުކޮށް ދިނުމުގެ ފުރުސަތު ވަގުތުން ފަހިކޮށް ދިނުމަށް ވެސް ގަރާރުގައިވެ އެވެ.
އެމެރިކާއިން އެ ގަރާރު ވީޓޯ ކުރުމުން ޣައްޒާ އަށް ކާނާ އާއި އިންސާނީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ ދޮރު ހުޅުވޭނެ ގޮތެއް ނެތެވެ. އިޒްރޭލުން ހުރަސް އަޅަމުންދާތީ މިހާރު ވެސް އެފަދަ އެހީތައް ޣައްޒާގެ އެތެރެއަށް ވެއްދޭނެ ގޮތެއް ނެތެވެ.
އދ.ގައި އޮތީ އިޒްރޭލު ހިމާޔަތްކުރާ މަޖިލީހެއް
ޣައްޒާގެ ހަމަލާތައް ހުއްޓާލަން ގޮވާލުމާ އެމެރިކާ ދެކޮޅު
ހޫތީންގެ ހަމަލާތައް "ވަގުތުން ހުއްޓާލަން" ގަރާރެއް
ހަމަލާތައް މެދުކަނޑައިލުމުގެ ގަރާރަކަށް ވޯޓު ނަގަނީ
ޣައްޒާގެ ގަތުލުއާންމު ހުއްޓައިލަން ދުނިޔެ ގޮވާލައިފި
އެމިރޭޓްސްގެ ގަރާރު ވެސް އެމެރިކާ އިން ވީޓޯކޮށްފި
އިޒްރޭލުގެ އުދުވާން ހުއްޓުވުމަށް ގުޓަރޭސް ގޮވާލައްވައިފި
ހަނގުރާމަ ހުއްޓުވޭތޯ ގަތަރުގެ ވަފުދެއް އިޒްރޭލަށް
ގާޒާ އަށް އެހީ ފޮނުވުމުގެ ގަރާރު އެމެރިކާ ވީޓޯކޮށްފި
އެމެރިކާގެ ގަރާރަށް ލިބުނީ އެމެރިކާގެ ވޯޓު އެކަނި