އޮންލައިން ވިޔަފާރި ފްލެޓްފޯމް، ޓެމޫގެ ނަމުގައި އޮންލައިން ސްކޭމްތައް ހިންގުން އިތުރުވަމުން ދާތީ، އެކަމަށް ސަމާލުވުމަށް ފުލުހުން މިއަދު އިލްތިމާސްކޮށްފި އެވެ.
11 އެޕްރީލް 2025
އޮންލައިން ވިޔަފާރި ފްލެޓްފޯމް، ޓެމޫގެ ނަމުގައި އޮންލައިން ސްކޭމްތައް ހިންގުން އިތުރުވަމުން ދާތީ، އެކަމަށް ސަމާލުވުމަށް ފުލުހުން މިއަދު އިލްތިމާސްކޮށްފި އެވެ.
ފުލުހުން ބުނީ ޓެމޫގެ ނަމުގައި ހިންގާ ސްކޭމްތަކުގެ އަދަދު އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މި ސްކޭމްތަކުގައި ހިމެނެނީ ސައްހަ ނޫން ވެބްސައިޓްތައް ހެދުމާއި ސްކޭމް މެސެޖްތައް ފޮނުވުން އަދި މި ލިންކްތައް މެދުވެރިކޮށް ޕޭމަންޓް މައުލޫމާތު ހޯދުން ފަދަ ކަންކަން ކަމަށް ފުލުހުން ބުންޏެވެ.
- ފިޝިން މެސެޖްތަކާއި އީ-މެއިލްތައް: މިއީ ޓެމޫ ނުވަތަ ކުރިއާ ސާވިސްތަކުން ފޮނުވާ މެސެޖްތަކެއް ކަމަށް ދައްކުވައިދޭ ސައްހަ ނޫން މެސެޖުތަކެއް. މި މެސެޖުތަކުގައި އާންމުކޮށް ހިމެނެނީ އޯޑާގައި މައްސަލައެއް ހުރި ކަމަށް ނުވަތަ އިތުރު ޗާޖެއް ދައްކަން ޖެހޭ ކަމަށް ބުނެ، ޒާތީ ނުވަތަ މާލީ މައުލޫމާތު ހޯދުމަށް އެދޭ ލިންކުތައް.
- ކްރެޑިޓް ކާޑު ސްކޭމްތައް: މި ކަހަލަ ސްކޭމްތަކުގައި ސައްހަ ނޫން ވެބްސައިޓްތަކުގައި ނުވަތަ ފިޝިން އީ-މެއިލްތަކާއި އިޝްތިހާރުތަކުގައި ފައިސާ ދެއްކުމުގައި މައްސަލައެއް އުޅޭ ކަމަށް ބުނެ އޮޅުވާލައި، ކްރެޑިޓް ކާޑު މައުލޫމާތު ހޯދާ.
- 2-ޑީ ކާޑު ސްކޭމްތައް: 2-ޑީ ކާޑުތަކަށް އިތުރު އޮތެންޓިކޭޝަން ބޭނުންނުވާތީ، މަކަރުވެރިންނަށް މި ކާޑުތައް ފަސޭހައިން އަމާޒުކުރެވޭ. ނޭނގި ފިޝިން ސައިޓެއްގައި ކާޑުގެ މައުލޫމާތު ފުރުމުން، މަކަރުވެރިންނަށް މި މައުލޫމާތު އިތުރު ވެރިފިކޭޝަނެއް ނެތި އޮންލައިން ޕޭމަންޓް ހެދުމަށް ބޭނުންކުރެވޭ.
މި ސްކޭމްތަކުން ރައްކާތެރިވުމަށް ނޭނގޭ ނުވަތަ ޝައްކުވާ ފޯނު ނަންބަރުތަކުން އަންނަ މެސެޖުތަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފައިވެ އެވެ.
ޓެމޫގެ ރަސްމީ ސައިޓަށް ނުދާ ލިންކްތަކަށް ސަމާލުވުމަށާއި "ޕާރުސަލް ލިބިފައި ނުވޭ" ނުވަތަ "ޑެލިވަރީ އެޑްރެސް ރަނގަޅު ނޫން" ނުވަތަ "ވަގުތުން ފިޔަވަޅު އަޅަން ޖެހޭ" ފަދަ ބަސްތަކަށް ސަމާލުވުމަށް ވެސް ފުލުހުން އިލްތިމާސްކުރެ އެވެ.
ރީތިކޮށް ފަރުމާކޮށްފައި ނުހުންނަ ވެބްސައިޓްތަކަށް ސަމާލުވުމަށާއި ވަރުގަދަ ޕާސްވޯޑަކާއި ޓޫ-ފެކްޓާ އޮތެންޓިކޭޝަން (2FA) ބޭނުންކުރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ސްކޭމްގެ ޝިކާރައަކަށް ވެއްޖެ ނަމަ، ވަގުތުން އީމެއިލް އަދި ގުޅުންހުރި އެކައުންޓްތަކުގެ ޕާސްވޯޑު ބަދަލުކުރުމަށާއި ޝައްކުކުރެވޭ ކަންތައްތައް ބޭންކް ނުވަތަ ކާޑު ދޫކުރި ފަރާތަށް ރިޕޯޓުކޮށް ބްލޮކްކުރުމަށް އަދި ހުރިހާ މުއާމަލާތުގެ ތަފްސީލާއެކު، އެ އެޕްލިކޭޝަނަށް ނުވަތަ ޕްލެތްފޯމަށް ރިޕޯޓުކުރުމަށް ވެސް ފުލުހުން އިރުޝާދު ދީފައިވެ އެވެ.
ފުލުހުން ބުނީ ސްކޭމްގެ ޝިކާރައަކަށް ވެއްޖެ ނަމަ، ލަސްނުކޮށް އެ މައްސަލަ އެ އިދާރާ އާއި ކަމާބެހޭ އެހެން އިދާރާތަކަށް ރިޕޯޓުކުރަން ވާނެ ކަމަށާއި އަދި އެހެން މީހުން ސަމާލުކުރުވުމަށް ތަޖުރިބާ ހިއްސާކުރަން ވާނެ ކަމަށެވެ.
- އޮންލައިން ޝޮޕިން އަށް ވަކި އީ-މެއިލް އެޑްރެހެއް ބޭނުންކުރުން.
- ކްރެޑިޓް ކާޑު ނުވަތަ ވާޗުއަލް ކާޑު ކަހަލަ ރައްކާތެރި ފައިސާ ދެއްކުމުގެ ގޮތްތައް ބޭނުންކުރުން.
- އެޕްލިކޭޝަންތައް ގޫގުލް ޕްލޭ ސްޓޯރާއި އެޕަލް އެޕް ސްޓޯރު ކަހަލަ އިތުބާރު ހުރި ތަންތަނުން އެކަނި ޑައުންލޯޑް ކުރުން.
- އިތުރު ރައްކާތެރިކަމަށް އެންޓި-ފިޝިން ސޮފްޓްވެއާއެއް ބޭނުންކުރުން.
ޗައިނާގެ އެންމެ މަޝްހޫރު އެއް އޮންލައިން ޝޮޕިން ޕްލެޓްފޯމް "ޓެމޫ"އިން ރާއްޖެއަށް ޝިޕިންގެ ހިދުމަތް މި މަހު ވަނީ ފަށައިފަ އެވެ. ޓެމޫގެ ހިދުމަތްތައް ރާއްޖޭގެ ކަންކޮޅުތަކަށް ހަލުވިކަމާއެކު ފޯރުކޮށްދިނުމަށް، އެ ކުންފުނިން ވަނީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑާ ގުޅިގެން، ޕޯސްޓުގެ ނޭޝަންވައިޑް ޑެލިވަރީ ނެޓްވޯކް ޓެމޫގައި ބޭނުންކުރަން ފަށައިފަ އެވެ.
އެމްއައިބީގެ ފޭކް ސްލިޕް ފޮނުވާތީ ސަމާލުވާން އެދެފި
އެއް އެކައުންޓުން އިތުރު ބައެއް ސްކޭމްގައި ނުޖެއްސޭނެ
އަހަރެން މީ ކާކުކަން އެނގޭތަ؟
"ކެލާ އަހައްމަދު" އިތުރު ބަަޔަކަށް ލަނޑުދިންތޯ ބަލަނީ
ދިވެހިބަސް ނޭނގޭ ދިވެއްސަކަށް ތަރުޖަމާނެއްގެ އެހީ
މަޝްއަރު ޓުއާސްގެ ވެރިންނަށް ދައުވާކުރަން ފޮނުވައިފި
ނިންމުން ބަދަލުކޮށް ބައްސާމްގެ އެޕާޓްމަންޓް އަތުލަނީ
ދުވަސްވީ މީހުންގެ އަތުން ފޭރޭ މައްސަލަތައް އިތުރުވަނީ
ބައްސާމްގެ ޕެންޓްހައުސް ޕޮލިހާ ހަވާލުކުރަން އަންގައިފި
ވަގު ސްލިޕް ހަދަން ހާއްސަ އެޕެއް، ސަމާލުވާން އެދެފި