މަކަރާއި ހީލަތުން އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލައެއްގައި ތުހުމަތު ކުރެވޭ ދިވެއްސަކަށް ދިވެހި ބަސް ރަނގަޅަށް ނޭނގޭތީ، ކޯޓުގައި ތަރުޖަމާނެއްގެ އެހީތެރިކަން ހޯދައިފި އެވެ.
28 ޖެނުއަރީ 2025
މަކަރާއި ހީލަތުން އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލައެއްގައި ތުހުމަތު ކުރެވޭ ދިވެއްސަކަށް ދިވެހި ބަސް ރަނގަޅަށް ނޭނގޭތީ، ކޯޓުގައި ތަރުޖަމާނެއްގެ އެހީތެރިކަން ހޯދައިފި އެވެ.
މި މައްސަލާގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 13 ވަނަ ދުވަހު އެވެ. ކޯޓުން އޭނާގެ ބަންދަށް ފުރަތަމަ ޖެހި ހަތް ދުވަސް ހަމަވުމުން، ބަންދު މުއްދަތު އިތުރު ކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް އިތުރު 15 ދުވަސް ވަނީ ޖަހައިފަ އެވެ.
އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހާއަށް ދިވެހި ބަސް ފަހުމު ނުވާތީ އިއްޔެގެ އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ ތަރުޖަމާނެއްގެ އެހީގައި ކަމަށް ބަންދު އަމުރުގައިވެ އެވެ.
އެ މީހާއަކީ ދިވެހި ބަސް ރަނގަޅަށް ފަހުމް ނުވާ މީހަކަށް ވާތީ، އެކަމުގައި އޭނާ ބައިވެރިނުވާކަން ހާމަވާ ކަމަށް މީގެ ކުރިން ވެސް ދިފާއުން ކޯޓުގައި ވަނީ ބުނެފަ އެވެ.
ފުލުހުން އިއްޔެ ކޯޓުގައި ބުނެފައިވާ ގޮތުގައި މަކަރާއި ހީލަތުން ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ އެ މީހާގެ އެކައުންޓަށް ޖަމާކޮށްފައިވެ އެވެ. އަދި، ފައިސާ ޖަމާވުމުން އެހެން ބަޔަކަށް އެ މީހާ ފައިސާ ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އެ މައްސަލާގައި ތުހުމަތު ކުރެވޭ އިތުރު މީހެއްގެ އަތުން އޭނާގެ ކޭޝްކާޑު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
ކޯޓުގައި އޭނާ ބުނިގޮތުގައި އެ މައްސަލާގައި ދެން ހިމެނޭ މީހުންނަކީ އޭނާ ދަންނަ ބައެއް ނޫނެވެ. އޭނާ ބުނި ގޮތުގައި އެއީ ބަޔަކު ބިރުދައްކައިގެން އޭނާ ލައްވައި ކުރުވި ކަމެކެވެ. އަދި އެ މައްސަލަ އޭނާ ފުލުހުންނަށް ރިޕޯޓު ނުކުރީ އޭނާ މަރާލާނެ ކަމަށް ބިރު ދައްކައި އިންޒާރު ދީފައިވާތީ ކަމަށް ބުނެފައިވެ އެވެ. މިދިޔަ އަހަރު އެހެން މައްސަލައެއްގައި ހައްޔަރުކުރި ދިވެއްސަކަށް ވެސް ބަސް ނޭނގޭ ކަމަށް ކޯޓުގައި ބުނުމުން އެ މީހާއަށް ތަރުޖަމާނަކު ހަމަޖައްސަން ކްރިމިނަލް ކޯޓުން އެންގި އެވެ.
ސްކޭމެއްގައި ބައިވެރިކުރުވީ ބިރުދައްކައިގެން ކަމަށްބުނެފި
ނިންމުން ބަދަލުކޮށް ބައްސާމްގެ އެޕާޓްމަންޓް އަތުލަނީ
ވަގު ސްލިޕް ހަދަން ހާއްސަ އެޕެއް، ސަމާލުވާން އެދެފި
ސްކޭމެއްގައި 1.8 މިލިއަން، އަދަބަކީ ޖޫރިމަނާއެއް
ސްކޭމްގެ ތުހުމަތެއްގައި މީހަކާ ދެކޮޅަށް އަޑުއުފުލަނީ
ދޮޅުލައްކަ ރުފިޔާގެ މުދާ އޮޅުވާލައިގެން ހޯދުމުން ޖަލަށް
ބައި މިލިއަންގެ ސްކޭމެއް، 22 ފޯނު އަތުލައިގެންފި
އެކައުންޓަށް ޖަމާވި ފައިސާތަކެއް ބޭނުންކުރުމުން ޖަލަށް
އެޕާޓްމަންޓުތަކުން ސްކޭމް ހިންގި ހުނައިން ޖަލަށްލައިފި
މަކަރާއިހީލަތް ހަދައިގެން އަހަރުތެރޭ 9 ފަހަރު ހައްޔަރު