މަކަރާއި ހީލަތުގެ މައްސަލައިގައި ތަކުރާރުކޮށް ހައްޔަރުކުރާ މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ ކޯޓުން ޝަރުތުކޮށްފައި ދޫކޮށްލުމާ އެކު އެފަދަ މައްސަލައެއްގައި އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.
21 މެއި 2023
މަކަރާއި ހީލަތުގެ މައްސަލައިގައި ތަކުރާރުކޮށް ހައްޔަރުކުރާ މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ ކޯޓުން ޝަރުތުކޮށްފައި ދޫކޮށްލުމާ އެކު އެފަދަ މައްސަލައެއްގައި އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.
ސ. ހުޅުދޫ، އިރަމާގެ، ހުސައިން ޒައިދާން އަލީ، 23، މިފަހަރު ހައްޔަރުކުރީ މަކަރާއި ހީލަތް ހެދުމާއި ފޯޖަރީ އާއި މަނީ ލޯންޑަރިން އަދި ކައުންޓަފީޓްގެ ތުހުމަތުގަ އެވެ. އަދި ސައްހަ ނޫން ޑޮލަރު ބޭނުންކޮށްގެން ވިޔަފާރިކުރި ކަމުގެ ތުހުމަތު ވެސް އޭނާއަށް ކުރެވެ އެވެ. މިއީ އޭނާ މިދިޔަ އަހަރުން ފެށިގެން ހައްޔަރުކުރި ނުވަ ވަނަ ފަހަރެވެ.
އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ވަރަށް ހެއްކާއި ސީސީޓީވީ ފުޓޭޖާއި ވިކްޓިމްގެ ބަޔާން ހުށަހަޅާފައި ވަތީ ކްރިމިނަލް ކޯޓުން އިއްޔެ އޭނާގެ ބަންދަށް 30 ދުވަސް ވަނީ އިތުރުކޮށްފަ އެވެ.
ކޯޓު އަމުރުގައިވާ ގޮތުން އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މި ބާވަތުގެ އިތުރު ހަތް މައްސަލައެއްގެ ތަހުގީގު ކުރިއަށް އެބަދެ އެވެ. އަދި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މި ބާވަތުގެ ދެ މައްސަލައެއް ޝަރީއަތަށް ހުށަހެޅި މައްސަލަ ކޯޓުގައި ހިނގަމުންދާކަން އެނގޭ ކަމަށް ވެސް ބުނެފައިވެ އެވެ.
ހުސައިން ޒައިދާން މިފަހަރު މަކަރާއި ހީލަތް ހެދީ، މަކަރާއި ހީލަތް ހެދުމުގެ މައްސަލާގައި ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ ކޯޓުން ދޫކޮށްލާފައި ހުއްޓަ އެވެ.
ދިވެހިބަސް ނޭނގޭ ދިވެއްސަކަށް ތަރުޖަމާނެއްގެ އެހީ
ބައްސާމްގެ ޕެންޓްހައުސް ޕޮލިހާ ހަވާލުކުރަން އަންގައިފި
މަނީ ލޯންޑަރިންގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި
ސްކޭމެއްގައި 1.8 މިލިއަން، އަދަބަކީ ޖޫރިމަނާއެއް
ދޮޅުލައްކަ ރުފިޔާގެ މުދާ އޮޅުވާލައިގެން ހޯދުމުން ޖަލަށް
މަނީލޯންޑަރިން ތުހުމަތަށް ހިފެހެއްޓި އެކައުންޓް ދޫކޮށްފި
ފޭކް ކުންފުންޏަކުން އޮޅުވާލައިގެން މުދާ ހޯދާ މީހެއް!
ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއެއް
ޔާމީންގެ ޝަރީއަތެއް ނެތް، އޮތީ އިދާރީ ކަމެއް
ޔާމީނާއި އާޒިމާ ކޯޓަށް ހާޒިރުވާން ޗިޓު ފޮނުވައިފި