01 ޖުލައި 2024
ފޭސް ސްލިޕްތަކެއް ފޮނުވައިގެން ފިހާރައަކުން 172،000 އަށް ވުރެ ގިނަ ރުފިޔާގެ މުދާ ހޯދި މީހަކު އެއް އަހަރާއި ފަސް މަހަށް ޖަލަށްލައި، އެ ފައިސާ ދައްކަން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
ފޭސް ސްލިޕްތަކެއް ފޮނުވައިގެން ފިހާރައަކުން 172،000 އަށް ވުރެ ގިނަ ރުފިޔާގެ މުދާ ހޯދި މީހަކު އެއް އަހަރާއި ފަސް މަހަށް ޖަލަށްލައި، އެ ފައިސާ ދައްކަން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލާގައި އެ ހުކުމްކުރީ ސ. ހިތަދޫ، ދާގަނޑުކެކުރިގޭ، ޝަފީއު ޝިހާބް އެވެ. ޝާފިއުގެ މައްޗަށް ދައުވާ ކޮށްފައިވަނީ ޖޫން، 2022 އިން ފެށިގެން އޮކްޓޫބަރު، 2022 އާ ހަމައަށް އެކި ފަހަރުމަތިން ޅ. ހިންނަވަރުގައި ހުންނަ ފިހާރައަކުން 172،000 އަށް ވުރެ ގިނަ ރުފިޔާގެ މުދާ ނެގުމަށްފަހު ފިހާރައިގެ އެކައުންޓަށް ފައިސާ ޓްރާންސްފާ ކޮށްފައިވާ ކަމަށް ބުނެ ފޭކް ސްލިޕްތަކެއް ފޮނުވި މައްސަލާގައި އެވެ.
އެ މައްސަލާގައި އޭނާގެ މައްޗަށް ކުރީ މަކަރާއި ހީލަތް ހެދުމުގެ ދައުވާ އާއި އެނގިހުރެ ސައްހަ ނޫން ލިޔުމެއްގެ ތެދުކަން ދެއްކުމުގެ ކުށުގެ ދައުވާ އެވެ.
އެ މައްސަލާގައި ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އޭނާ ކުށަށް އިއުތިރާފްވެފައިވާތީ މަކަރާއި ހީލަތް ހެދުމުގެ ކުށުގައި 11 މަހާއި 12 ދުވަހަށް އަދި ސައްހަ ނޫން ލިޔުމެއްގެ ތެދުކަން ދެއްކުމުގެ ދައުވާގައި ހަ މަހާއި ހަ ދުވަހަށް ޖަލަށްލާން ހުކުމްކުރާ ކަމަށެވެ.
މީގެ އިތުރުން އެ މައްސަލާގައި ހިމެނޭ 172،000ރ. ދެއްކުމުގެ ގޮތުން މިއަދުން ފެށިގެން ކޮންމެ މަހަކު 34،413ރ. އަށްވުރެ މަދު ނޫން އަދަދެއްގެ ފައިސާ ސިވިލް ކޯޓަށް ދައްކަމުން ގޮސް މި އަހަރުގެ ޑިސެމްބަރުގެ ކުރިން ދައްކައި، ނިންމަން ޖެހޭނެ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
ލޮކްކޯޑް ނުދޭތީ ހިފެހެއްޓި ފޯނު އަނބުރާދޭން އަމުރެއް
މާލޭގައި މީހަކު ރަހީނުކޮށް އިނގިއްޔެއް ބުރިކޮށްލައިފި
މާރާމާރީއެއްގެ ވީޑިއޯ ގެއްލި، އެންމެން ސަލާމަތްވެއްޖެ
ވަގަށް ނެގި އަގުބޮޑު ގަޑިއެއް ވިއްކި މީހަކު ޖަލަށް
މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ފޭރުނު މީހަކު ޖަލަށް
އުނދުނެއްގައި ޑްރަގް ގެންގުޅުމުން 11 އަހަރަށް ޖަލަށް
ފުލުހުންނަށް ނުބައި ނަމެއްދިނުމުން ހަ މަހަށް ގޭ ބަންދު
ފުލުހުންގެ އެންގުމަށް މަޑުނުކުރުމުން ޖޫރިމަނާއެއް
ނުކުރެވޭ ކަންކަން ހޯދައިގެން މީހުން ދޫކުރާތީ ނުރުހުން
މަންމައަށް މަރުގެ އިންޒާރުދިން މީހަކު ހަ މަހަށް ޖަލަށް