ފޭކް ސްލިޕްތަކެއް "ފުޑީސް ޑެލިވަރީ" އަށް ފޮނުވައިގެން ކާއެއްޗެހި އޯޑަރުކުރި މައްސަލައިގައި ހައްޔަރުކޮށްފައިވާ ޒައިދާން މުހައްމަދު ހާޝިމް 9،000 އަށް ވުރެ ގިނަ ރުފިޔާގެ ކާބޯތަކެތި އޯޑަރުކުރި ކަމަށް އެތަނުން ބުނެފި އެވެ.
26 މެއި 2025
ފޭކް ސްލިޕްތަކެއް "ފުޑީސް ޑެލިވަރީ" އަށް ފޮނުވައިގެން ކާއެއްޗެހި އޯޑަރުކުރި މައްސަލައިގައި ހައްޔަރުކޮށްފައިވާ ޒައިދާން މުހައްމަދު ހާޝިމް 9،000 އަށް ވުރެ ގިނަ ރުފިޔާގެ ކާބޯތަކެތި އޯޑަރުކުރި ކަމަށް އެތަނުން ބުނެފި އެވެ.
ފުޑީސްގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި، މަކަރާއި ހީލަތް ހެދުމުގެ ކުށުގެ އެތައް ރެކޯޑެއް އޮންނަ ޒައިދާން 30 ފަހަރަކު ވަނީ ކާއެއްޗެހި އޯޑަރުކޮށް އޭގެ އަގު އަދާކުރިކަން ދެއްކުމުގެ ގޮތުން ފޭކް ސްލިޕު ފޮނުވައިފަ އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި އެއިން ކޮންމެ ފަހަރަކު ވެސް 400 އެއްހާ ރުފިޔާގެ ކާއެއްޗިއްސަށް އޯޑަރުކޮށްފައި އެބަ ހުއްޓެވެ. މި މައްސަލަ ފާހަގަވީ ފުޑީސްގެ ޓީމުން ޓްރާންސްފާ ސްލިޕްތައް ބެލުމުގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ޓީމުން ޓްރާންސްފާ ސްލިޕްތައް ވެރިފައި ކުރާނެ. އެގޮތަށް ބަލަމުންދިޔައިރު އެކައުންޓްސް އަށް މި ނޯޓިސްވީ އެމްއައިބީ ސްލިޕްތަކެއްގައި މައްސަލަ އުޅޭކަން،" އޭނާ ވިދާޅުވި އެވެ.
ޒައިދާން ފޮނުވި ފޭކް ޓްރާންސްފާ ސްލިޕްތައް ހަދާފައި ހުރީ ހުސެއިން ނާޒިމް ކިޔާ މީހެއްގެ އެކައުންޓުން ފުޑީސް އަށް ޓްރާންސްފާކުރި ކަމަށެވެ.
ފުޑީސް އިން "މިހާރު" އަށް ހިއްސާކުރި ސްލިޕެއްގައި މިދިޔަ މާޗު މަހު އޯޑަރަކަށް 520ރ. ދެއްކި ކަމަށް އޮތެވެ. އެ ސްލިޕް ވެސް އޮތީ ހުސެއިން ނާޒިމްގެ ނަމުގަ އެވެ.
ފޭކް ސްލިޕް ފޮނުވައިގެން ކާއެއްޗެހި އޯޑަރުކުރި މައްސަލައިގައި ޒައިދާން ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން މިހާރު ވަނީ ބަންދަށް 15 ދުވަސް ދީފަ އެވެ.
ފޭކް ކުންފުންޏެއްގެ ނަމުގައި އޮޅުވާލައިގެން ވިޔަފާރީގެ ނަމުގައި މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ނެގި މައްސަލައެއްގައި 2022 ވަނަ އަހަރު ވެސް ޒައިދާން ހައްޔަރުކުރި އެވެ. އަދި އޭގެ ފަހުން ހީލަތުގެ އެކި މައްސަލަތަކުގައި ތުހުމަތުވެ އޭނާ ހޯދަން ފުލުހުން އިއުލާނު ވެސް ކުރި އެވެ.
މިދިޔަ މަހު 136 ސްކޭމް، 1.4 މިލިއަން ގެއްލުނު
ޒައިދާންގެ ޝަރީއަތް ނުފެށި 1،000 ދުވަސް
ޓެމޫގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވަނީ
އެއް އެކައުންޓުން އިތުރު ބައެއް ސްކޭމްގައި ނުޖެއްސޭނެ
އަހަރެން މީ ކާކުކަން އެނގޭތަ؟
"ކެލާ އަހައްމަދު" އިތުރު ބަަޔަކަށް ލަނޑުދިންތޯ ބަލަނީ
ދިވެހިބަސް ނޭނގޭ ދިވެއްސަކަށް ތަރުޖަމާނެއްގެ އެހީ
މަޝްއަރު ޓުއާސްގެ ވެރިންނަށް ދައުވާކުރަން ފޮނުވައިފި
ނިންމުން ބަދަލުކޮށް ބައްސާމްގެ އެޕާޓްމަންޓް އަތުލަނީ
ދުވަސްވީ މީހުންގެ އަތުން ފޭރޭ މައްސަލަތައް އިތުރުވަނީ