01 މާޗް 2021
މެޑްރިޑް (މާޗް 1) - ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް އެ ކްލަބުން އަންނަ ސީޒަނުގައި ވެސް ފެންނާނެތޯ ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރާތީ އެކަމާ ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ހިތްހަމަނުޖެހިއްޖެ އެވެ.
މެޑްރިޑް (މާޗް 1) - ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް އެ ކްލަބުން އަންނަ ސީޒަނުގައި ވެސް ފެންނާނެތޯ ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރާތީ އެކަމާ ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ހިތްހަމަނުޖެހިއްޖެ އެވެ.
އުމުރުން 34 އަހަރުގެ ރާމޯސް ރެއާލާ އެކު ހަދާފައިވާ އެއްބަސްވުން ޖޫން 30 ގެ ނިޔަލަށް ހަމަވާނެ އެވެ. މިހާތަނަށް ރާމޯސްގެ އެއްބަސްވުން އާ ކުރަން ރެއާލުން ކުރި މަސައްކަތް ކާމިޔާބުވެފައިނުވާއިރު، ރާމޯސް ހޯދުމުގެ މަސައްކަތް ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އާއި އިންގްލެންޑްގެ މެންޗެސްޓާ ޔުނައިޓެޑުން އަންނަނީ ކުރަމުންނެވެ.
މި ސީޒަނުގައި މިހާތަނަށް ނޫސްވެރިންގެ ބައްދަލުވުންތަކުގައި ޒިދާން ވަނީ އެކި ފަހަރު މަތިން ރާމޯސްގެ މުސްތަގުބަލާ ބެހޭގޮތުން ނޫސްވެރިން ކުރާ ސުވާލުތަކަށް ޖަވާބުދީފަ އެވެ. އެކަމަކު އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަނެއްކާ ވެސް ރާމޯސްގެ މުސްތަގުބަލާ ގުޅޭގޮތުން އެއް ސުވާލުތަކެއް ނޫސްވެރިން ތަކުރާރުކުރަން ފެށުމުން ޒިދާން ވަނީ އެއް ވާހަކަ ތަކެއް އަބަދު ދައްކަން ފަސޭހައެއް ނޫން ކަމަށް ބުނެފަ އެވެ.
"ތި މީހުން (ނޫސްވެރިން) ތި ކުރަނީ އެއް ސުވާލުތަކެއް. އަހަރެން މީގެ ކުރިން ވެސް ބުނިހެން މި ކްލަބްގެ އެހެން އެންމެން ވެސް ބޭނުންވާ ގޮތަށް އަހަރެން ވެސް އެދެނީ އޭނަ (ރާމޯސް)ގެ ކޮންޓްރެކްޓް ކަންތައްތައް ވީ އެންމެ އަވަހަށް ހައްލުވާން. ދެން އަހަރެން ނޫސްވެރިން ކިބައިން އެދެން އެއް ސުވާލުތަކެއް ތަކުރާރުނުކޮށް މެޗުތަކަށް ހާއްސަކޮށް ބޭއްވޭ ނޫސްވެރިންގެ ބައްދަލުވުންތަކުގައި އެކަމަށް ހާއްސަ ވާހަކަ ދައްކަން،" ޒިދާން ބުންޏެވެ.
ރިޕޯޓްތައް ބުނާ ގޮތުން ދާދި ފަހުން ރެއާލުން ވަނީ ރާމޯސް އަށް އެއްބަސްވުން އާ ކުރަން ދެ ގޮތެއް ހުށަހަޅައިފަ އެވެ. ފުރަތަމަ ގޮތަކީ މިހާރު ލިބޭ މުސާރަ އަށް އިތުރު އެއް އަހަރަށް އާ ކުރުމަށެވެ. ދެ ވަނަ ގޮތަކީ މިހާރު ލިބޭ މުސާރަ އަށް ވުރެން 10 ޕަސެންޓް މަދުކޮށް އިތުރު ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރުމެވެ. ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ރާމޯސްގެ ވިސްނުން މިހާރު ހުރީ ރެއާލްގައި މަޑުކުރުމަށެވެ.
ކަކުލަށް ލިބިފައިވާ އަނިޔާ އިން ރަނގަޅުވެ މި މަހު ރާމޯސް ކުޅުމަށް އެނބުރި އަންނާނެ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އެ ގޮތުން ރާމޯސްގެ ޓާގެޓަކީ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި އެޓަލަންޓާއާ ދެކޮޅަށް ކުޅޭ މެޗަށް ފިޓްވުމެވެ. އެ މެޗު އޮންނާނީ މި މަހު 16 ވަނަ ދުވަހު އެެވެ.
ޒިދާންގެ ދިފާއުގައި ރާމޯސް ވާހަކަދައްކައިފި
ރާމޯސް އަށް ދައްކާ ރަތްކާޑު: ވިސްނަން ޖެހޭ ކަމެއް
ޕީއެސްޖީ އާއި ރެއާލް މެޗު މިރޭ، ރާމޯސްއަށް ނުކުޅެވޭނެ
ރޮނާލްޑޯގެ ހުށަހެޅުމަށް ރެއާލުން އިޖާބަ ނުދިން
ރާމޯސްގެ ވަކިވުން: 117 އަހަރުވީ ރެކޯޑެއް ނިމުން
ކްލަބު ދޫކޮށްލީ އިތުބާރުނެތްކަމަށް އިހްސާސްވާތީ: ޒިދާން
ނާކާމިޔާބު ސީޒަނަށް ފަހު ޒިދާން ވަކިވަނީ
އެހެން ކޯޗަކާއެކު ރެއާލް މާ ވަރުގަދަ ވެދާނެ: ޒިދާން
ޕެނަލްޓީ މައްސަލައިގައި ޒިދާން ރުޅިގަދަ ވެއްޖެ
ސީޒަންގެ ދެ މުބާރާތް ވެސް ހޯދޭނެ: ޒިދާން