22 އޮކްޓޯބަރ 2019
އިސްތަންބޫލް (އޮކްޓޫބަރު 22) - މި ސީޒަނުގައި މިހާތަނަށް ރެއާލް މެޑްރިޑަށް އެންމެ އެދެވޭ ނަތީޖާތަކެއް ނެރެވިފައިވާ ނުވާތީ އެ ޓީމުގެ ކޯޗު ޒިނެދިން ޒިދާނަށް ޕްރެޝަރު ބޮޑުވެފައިވަނިކޮށް އޭނާގެ ދިފާއުގައި ޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސް ވާހަކަ ދައްކައިފި އެވެ.
އިސްތަންބޫލް (އޮކްޓޫބަރު 22) - މި ސީޒަނުގައި މިހާތަނަށް ރެއާލް މެޑްރިޑަށް އެންމެ އެދެވޭ ނަތީޖާތަކެއް ނެރެވިފައިވާ ނުވާތީ އެ ޓީމުގެ ކޯޗު ޒިނެދިން ޒިދާނަށް ޕްރެޝަރު ބޮޑުވެފައިވަނިކޮށް އޭނާގެ ދިފާއުގައި ޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސް ވާހަކަ ދައްކައިފި އެވެ.
ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން މަޔޯކާ އަތުން ބަލިވިއިރު، ޗެމްޕިއަންސް ލީގުގައި މިހާތަނަށް ރެއާލް ކުޅުނު ދެ މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. ރެއާލުގެ ކޯޗެއްގެ ގޮތުގައި ޒިދާނަށް ދެމި ހުރެވޭނެތޯ ސްޕެއިނުގެ މީޑިއާގައި ސުވާލު އުފައްދަމުން އަންނައިރު، މިހާތަނަށް ރެއާލުގެ ބޯޑުން އެކަމާ ބެހޭގޮތުން މީޑިއާގައި އަދި ވާހަކައެއް ނުދައްކަ އެވެ.
ޗެމްޕިއަންސް ލީގުގައި މިރޭ ރަށުންބޭރުގައި ތުރުކީގެ ގަލަސަތަރާއީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރާމޯސް ބުނީ ރެއާލް ކޯޗެއްގެ ގޮތުގައި ޒިދާން ހުންނާނެ ކަމަށް ބުނެ އޭނާ އަށް ސަޕޯޓް ދިނުމަކީ މާ އުނދަގޫ ކަމެއް ނޫން ކަމަށެވެ.
"މި ދެކެވޭ ވާހަކަތަކަށް ނިމުމެއް އަންނާނެ ފަސޭހަ ގޮތަކީ ވެސް އެއީ. ޒިދާން މި ސީޒަން ނިމެންދެން ހުންނާނެއޭ ބުނުމަކީ އެހާ ބޮޑު ކަމަކަށް ވެގެނެއް ނުވާނެ. އޭނާ އަކީ މި ކްލަބްގައި ފެންވަރު ސާބިތުކޮށްދީފައި ހުރި ކޯޗެއް. ކުޅުންތެރިޔެއް،" ރާމޯސް ބުންޏެވެ.
އޭނާ ބުނީ ޒިދާންގެ ވިސްނުމާއި ރޭވުންތެރިކަމަށް ޓީމުގެ ހުރިހާ ކުޅުންތެރިން އެއްބާރުލުންދޭނެ ކަމަށާއި ބަލިވުމަކީ މުޅި ޓީމުގެ ޒިންމާ ނަގަންޖެހޭ ކަމެއް ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ޒިދާން ވާހަކަ ދައްކަނީ. -- ފޮޓޯ: އޭއެފްޕީ
"ކޮންމެ ކަމެއް ވިޔަސް ކުޅުންތެރިން ތިބީ ޒިދާން ފަހަތުގައި. ޒިދާން ވެސް ހުރީ ކަމަކާ ޖެހިލުންވެފައެއް ނޫން. ޒިދާން މި ކްލަބަށް ކޮށްދިން ކަންތައްތަކަށް އިހުތިރާމް ކުރަންޖެހޭ،" ޒިދާނާ ދެކޮޅަށް ދަނޑުގައި އަޑުއުފުލާ ސަޕޯޓަރުންނަށް އިޝާރާތްކޮށް ރާމޯސް ބުންޏެވެ.
ޒިދާން ބުނީ އޭނާއާ ބެހޭގޮތުން ދެކެވޭ ނުރަނގަޅު ވާހަކަތަކުން އޭނާ އަށް އަސަރުކުރި ނަމަވެސް އެކަން ޓީމާ ހަމަށް ފޯރުމުގެ އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށެވެ. އަދި ފުޓްބޯޅައިގައި އަބަދުވެސް ގިނަ ބަޔަކަށް ފެންނާނީ އެ އިރެއްގައި ހިނގާ ކަންތައްތައް ކަމަށް ޒިދާން ބުންޏެވެ.
"ފުޓްބޯޅައިގެ މިއަދުގެ ހަގީގަތަކީ މީހުން ހަނދާން ނެތޭ ކުރިން ވެފައި ހުރި ކަންތައް. މިއީ ޝަކުވާއެއް ނޫން. އަހަރެން ބޭނުމީ ރެއާލް ކުރިން އޮތް މި ކްލަބްގެ ހައްގު މަގާމަށް ގެންގޮސްދޭން." ރެއާލަށް ޖެހިޖެހިގެން ތިން އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީ ފީފާގެ މޮޅު ކޯޗުގެ މަގާމު ހޯދި ޒިދާން ބުންޏެވެ.
ގަލަސަތަރާއި ދަނޑުގައި ރެއާލާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.
ރާމޯސްގެ ސުވާލު ތަކުރާރުކުރާތީ ޒިދާން ހިތްހަމަނުޖެހިއްޖެ
ރާމޯސް އަށް ދައްކާ ރަތްކާޑު: ވިސްނަން ޖެހޭ ކަމެއް
ޕީއެސްޖީ އާއި ރެއާލް މެޗު މިރޭ، ރާމޯސްއަށް ނުކުޅެވޭނެ
ރޮނާލްޑޯގެ ހުށަހެޅުމަށް ރެއާލުން އިޖާބަ ނުދިން
ރާމޯސްގެ ވަކިވުން: 117 އަހަރުވީ ރެކޯޑެއް ނިމުން
ކްލަބު ދޫކޮށްލީ އިތުބާރުނެތްކަމަށް އިހްސާސްވާތީ: ޒިދާން
ނާކާމިޔާބު ސީޒަނަށް ފަހު ޒިދާން ވަކިވަނީ
އެހެން ކޯޗަކާއެކު ރެއާލް މާ ވަރުގަދަ ވެދާނެ: ޒިދާން
ޕެނަލްޓީ މައްސަލައިގައި ޒިދާން ރުޅިގަދަ ވެއްޖެ
ސީޒަންގެ ދެ މުބާރާތް ވެސް ހޯދޭނެ: ޒިދާން