31 މެއި 2021
މެޑްރިޑް (31 މެއި) - ރެއާލް މެޑްރިޑްގެ ކޯޗް ކަމުގެ މަގާމު ދޫކޮށްލީ ކްލަބުން އޭނާއަށް އިތުބާރު ނުކުރާކަން އިހްސާސް ވުމުން ކަމަށް، ރެއާލްގެ ކޯޗް ކަމުން މިދިޔަ ހަފުތާގައި އިސްތިއުފާ ދިން ޒައިނުއްދީން ޒިދާން ބުނެފި އެވެ.
މެޑްރިޑް (31 މެއި) - ރެއާލް މެޑްރިޑްގެ ކޯޗް ކަމުގެ މަގާމު ދޫކޮށްލީ ކްލަބުން އޭނާއަށް އިތުބާރު ނުކުރާކަން އިހްސާސް ވުމުން ކަމަށް، ރެއާލްގެ ކޯޗް ކަމުން މިދިޔަ ހަފުތާގައި އިސްތިއުފާ ދިން ޒައިނުއްދީން ޒިދާން ބުނެފި އެވެ.
ރެއާލްގެ ސަޕޯޓަރުންނަށް ފޮނުވާ ސިޓީއެއްގެ ގޮތުގައި ސްޕެއިންގެ ކުޅިވަރު ނޫސް "އޭއެސް" އަށް ޒިދާން ލިޔުނު ލިޔުމުގައި ބުނެފައި ވަނީ، ރެއާލްއަށް ކޯޗްކޮށްދޭން އޭނާ ވަރުބަލި ނުވާނެ ކަމަށެވެ. ނަމަވެސް އޭނާ ކްލަބުގައި ބިނާ ކުރަން މަސައްކަތް ކުރި މެދުރާސްތާ އަދި ދުރު ރާސްތާ ޕްލޭނަށް ކްލަބުން އެއްބާރުލުން ލިބިފައި ނުވާ ކަމަށް ވެސް ޒިދާން ލިޔެފައިވެ އެވެ.
ޒިދާން ބުނީ، ކްލަބުގެ ފަރާތުން އެއްވެސް ބޯނަހެއް އަދި އިނާޔަތެއް ހޯދަން ދުވަހަކު ވެސް އޭނާ އެދިފައި ނުވާނެ ކަމަށެވެ. އޭނާ އެދުނީ ކްލަބު ބީނާ ކުރުމަށް އެހީތެރިކަން ދިނުމަށް ކަމަށް ޒިދާން ބުންޏެވެ. އޭނާ ބުނީ ބޮޑު ކްލަބެއް ދެ އަހަރުވާއިރު ހޭދަ ނުކުރުމުން އެ ކްލަބެއް އެ ލެވަލްގައި އޮންނަން އުނދަގޫ ވާނެ ކަމަށެވެ.
"އަހަންނަކީ ދުނިޔޭގެ އެންމެ މޮޅު ކޯޗެއް ނޫން. ނަމަވެސް ކުޅުންތެރިޔަކަށް ވިޔަސް ކޯޗިން ސްޓާފްގެ މެންބަރަކަށް ވިޔަސް އެމީހެއްގެ މަސައްކަތް އެންމެ ފުރިހަމަ ގޮތުގައި ކުރުމަށް އެއްބާރުލުން ދެވޭނެ ފެންވަރު އަހަރެންގެ ކިބައިގައި އެބަހުރި،" ޒިދާން ލިޔެފައިވެ އެވެ.
ޒިދާން އިސްތިއުފާ ދިނުމުން، ރެއާލްއިން މަސައްކަތް ކުރީ ޔުވެންޓަސްގެ މިހާރުގެ ކޯޗް މެކްސް އެލެގްރީ ގެނައުމަށެވެ. ނަމަވެސް ރެއާލްގެ ހުށަހެޅުމަށް މަޑުނުކޮށް އޭނާ ވަނީ އަލުން ޔުވެންޓަސް އާ ހަވާލު ވެފަ އެވެ. މިހާރު ރެއާލްގެ ޓާގެޓަކީ އިންޓަ މިލާންއަށް ނިމިދިޔަ ސީޒަންގެ ލީގު ހޯދައިން އެންޓޯނިއޯ ކޮންޓޭ ނުވަތަ ޕީއެސްޖީގެ ކޯޗް މައުރީޝިއޯ ޕޮޗެޓިނޯ އެވެ.
ނާކާމިޔާބު ސީޒަނަށް ފަހު ޒިދާން ވަކިވަނީ
އެހެން ކޯޗަކާއެކު ރެއާލް މާ ވަރުގަދަ ވެދާނެ: ޒިދާން
ޕެނަލްޓީ މައްސަލައިގައި ޒިދާން ރުޅިގަދަ ވެއްޖެ
ސީޒަންގެ ދެ މުބާރާތް ވެސް ހޯދޭނެ: ޒިދާން
ޔުވެންޓަސް އިން ޒިދާން އަށް ބޮޑު ހުށަހެޅުމެއް: ރިޕޯޓް
ރޮނާލްޑޯ ރެއާލަށް އައުމުގެ ފުރުސަތު އެބައޮތް: ޒިދާން
ރާމޯސްގެ ސުވާލު ތަކުރާރުކުރާތީ ޒިދާން ހިތްހަމަނުޖެހިއްޖެ
ޒިދާންގެ ރުޅިގަނޑު ފަޅައިގެން ހިނގައްޖެ
ޒިދާނަށް ކޮވިޑް ޖެހިއްޖެ
ލަލީގާގެ ފޭވަރިޓަކީ އެތުލެޓިކޯ: ޒިދާން